Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ- ޗައިނާ

ރައީސް ނަޝީދަށް، ޗައިނާ ސަފީރު ރައްދު ދެއްވައިފި

13 ޖުލައި 2020 | ހޯމަ 03:23

ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކުރުމުގާއި ގުޅޭގޮތުން ދަނީ މަޝްވަރާކުރެވެމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ޖުލައި 2020 | ހޯމަ 03:23
ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު ޒަންގް ލިޖޮންގް

ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު ޒަންގް ލިޖޮންގް

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް ރާއްޖޭގެ 12 ރަށެއް ކުއްޔަށް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެ ވާހަކަތަކަށް ޗައިނާ ސަފީރު ޒަންގް ލިޖޮންގް ރައްދު ދެއްވައިފިއެވެ.

ބޭރުގެ ކޮލަމިސްޓަކު ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ އާދިއްތަ ދުވަހު ސިޓީއެއް އާއްމު ކުރައްވާފައެވެ.

އެ ސިޓީގައި އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ އިސްތިގްލާލު ވިއްކައި، ޗައިނާގެ ދައުލަތުގެ ކުންފުނިތަކަށް 12 ރަށެއް ކުއްޔަށް ދީފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ޗައިނާ އަށް ދަރައި ދައްކަން ޖެހޭ ފައިސާ ވެސް ނުދެއްކޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަތަކަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޗައިނާ ސަފީރު ވިދާޅުވީ، ރައީސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ވެރިޔަކު އެފަދަ ވާހަކަ ދައްކެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ޗައިނާ ސަފީރު ވިދާޅުވީ، ޖީ-20 ގައުމުތަކުން އިސްނަގައިގެން ގައުމުތަކަށް ދީފައިވާ ލޯނުތައް ފަސްކުރުމާއި ގުޅޭ ގޮތުން ކުރެވެމުންދާ މަޝްވަރާތަކުގައި ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކުރުމުގާއި ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

ޗައިނާގެ ލޯނުތަކާއި ގުޅޭ ގޮތުން ޗައިނާ ސަފީރާ، ރައީސް ނަޝީދާ ދެބޭފުޅުން ދެމެދު ދަނީ ދޭތެރެ ދޭތެރެއިން ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންނެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ޗައިނާ އިން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް ޗައިނާ ސަފީރާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް