Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓޫރިޒަމް މިނިސްޓްރީ

ސިޔާސީ ވެރިންގެ ބިރަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ

ބޭ އަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވާކަން ވަނީ ފާހަގަ ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 12 ޖުލައި 2020 | އާދީއްތަ 12:52
ވެލާނާގެ، ޓޫރިޒަމް މިނިސްޓްރީ ހުންނަނީ މި އިމާރާތުގެ 5 ވަނަ ފަންގިފިލާގައި

ވެލާނާގެ، ޓޫރިޒަމް މިނިސްޓްރީ ހުންނަނީ މި އިމާރާތުގެ 5 ވަނަ ފަންގިފިލާގައި

ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންތަކެއް ބިރުދައްކާ ކަމަށް ބުނެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެއެވެ.

ވަޒީފާއިން ވަކިވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މުވައްޒަފެކެވެ. އެ މުވައްޒަފު ވަޒީފާއިން ވަކިވުމަށް އެދި، ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެ.އެމްވީއަށް ވަނީ ލިބިފައިވެއެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި އެ މުވައްޒަފު ބުނީ، އޭނާއާ މެދު ދުވަހަކުވެސް އަހުލާގީ ނުވަތަ އެނޫން ވެސް މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ ބިއުރޯގެ މަސައްކަތްތައް ކުރަމުންދިޔަ ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގައި މިނިސްޓްރީން އެކުލަވާލި ޓާސްކް ފޯހުގައި ފެށުނީއްސުރެ މެދުކެނޑުމެއްނެތި ވޮލެންޓިއަރ ކޮށްދީފައިވާނެ ކަމަށެވެ. އެދުވަސްވަރު މިނިސްޓްރީގެ ސިޔާސީ މަގާމުގައި ތިބި ފަރާތްތަކުން އެކި ކަހަލަ ފުރައްސާރަ އޭނާއަށް ކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައި މިދިޔަ އަހަރު އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި 3 (ތިނެއް) މުވައްޒަފަކަށް ސްކޮލަރޝިޕް ދެއްވާފައިވާއިރު، ސްކޮލާޝިޕްގައި އެންމެ މަތިން މާރކްސް ހޯދުމަށްފަހު މިއަހަރު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ތައްޔާރުވަމުން ދާކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ ސިޓީގައި ބުނީ، މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނިކޮށް، ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންގގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެންނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެ މުވައްޒަފުގެ ސިޓީ ނިންމާލަމުން ބުނެފައިވަނީ މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަންކުރާނެ ކަމަށެވެ.

ވަޒީފާގެ މާހައުލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދެއްވާ އެމުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވާ، ބޭއިންސާފު އަމަލު ކޮށްފައިވާ ފަރާތްތަކަށް އިސްނާސް ހޯދައިދެއްވާ އަދި މުވައްޒަފުންގެ ހައްގުތައް ރައްކައުތެރި ކޮށްދެއްވުމަށް އެދި މި މައްސަލަ ބަލައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ވެސް އޭނާ ވަނީ ސިޓީ ފޮނުވާފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރެވުނު ހިސާބުން ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ފުރަބަންދުގެ ހާލަތުގައި މިނިސްޓްރީގެ މުވައްޒަފުން ތިބި މާގިރި ހޮޓެލުގެ ތެރޭގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ބައެއް ކަންކަމުގައި މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު