Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯއަށް ސާރީ ތައުރީފުކުރުން

ރޮނާލްޑޯ އަކީ ޗެމްޕިއަނުންގެ ވިސްނުން ހުރި މީހެއް: ސާރީ

"ރޮނާލްޑޯހާ ފަސޭހައިން ޕްރެޝަރު ހެންޑަލް ކުރާ ކުޅުންތެރިއެއް ނުދެކެން"

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 12 ޖުލައި 2020 | އާދީއްތަ 11:52
ކްރިސްޓިއާނޯ ރޮނާލްޑޯ: އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައި

ކްރިސްޓިއާނޯ ރޮނާލްޑޯ: އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައި

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއާ އެއްވަރަށް ޕްރެޝަރު ބޮޑު ދަނޑިވަޅުތަކުގައި ލަނޑު ޖަހާ ކުޅުންތެރިން މަދުވާނެ ކަމަށް ޔުވެންޓަސްގެ ކޯޗު މުރީސިއޯ ސާރީ ބުނެފިއެވެ.

ސާރީ މިހެން ބުނީ ހޮނިހިރު ދުވަހުގެރޭ ޔުވެންޓަސް އަދި އެޓަލެންޓާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޕްރެޝަރު ބޮޑު ދަނޑިވަޅުގައި ފަސޭހަކަމާއެކު ކާމިޔާބުކުރި ދެ ޕެނަލްޓީއަށް އިޝާރާތް ކޮށެވެ. މި މެޗުން ޔުވެންޓަސް ބަލިވާން ދަނިކޮށް އެ ޓީމު ސަލާމަތްވީ ފަހު މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ރޮނާލްޑޯއަށް ތައުރީފު ކުރަމުން ސާރީ ބުނީ ރޮނާލްޑޯއަކީ މެޗުގެ ނަތީޖާ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ބަދަލުކޮށްލާނެ ކުޅުންތެރިއެއް ކަމަށާއި، މެޗެއްގައި ޓީމު ކިތަންމެ ޕްރެޝަރަށް ވެއްޓުނު ކަމުގައިވިޔަސް އޭނާއަށް ޕްރެޝަރު ބޮޑުވާތަން ނުފެންނަ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ކުޅޭ ކޮންމެ މެޗަކުންވެސް ޓީމު މޮޅުކޮށްދިނުމަށް ކަމަށްވެސް ބުންޏެވެ.

ސާރީ އިތުރަށް ބުނީ އެޓަލެންޓާ މެޗުން ޔުވެންޓަސްއަށް ޕޮއިންޓެއް ހައްގު ކަމަށާއި ކުޅުންތެރިން އެ މެޗުން މޮޅުވާން މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ. އަދި އެ މެޗު އެއްވަރުވުން އެއީ މައްސަލައެއް ނޫން ކަމަށް ސާރީ ބުންޏެވެ. އަދި މެޗުން ލިބުނު ޕޮއިންޓުގެ ސަބަބުން މިލާން އަތުން ޔުވެންޓަސް ވި ބަލީގެ އަސަރު ކުޑަވެފައިވާ ކަމަށާއި ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމަކީ ޔުވެންޓަސްގެ އަމާޒު ކަމަށްވެސް ސާރީ ބުންޏެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެޓީމަށް ކުޅުނު 32 މެޗުން ލިބުނު 76 ޕޮއިންޓު ލިބިފައިވާއިރު، ލީގު ތާވަލުގެ ދެވަނައިގައި އޮތް ލާޒިއޯއަށް 32 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު