Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަފަރިން މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުން

ކުޑަފަރިން މާލެ ގެނައިތަނުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހާ ފުރަތަމަ ގެންދިޔައީ މަނަދުއަށް

12 ޖުލައި 2020 | އާދީއްތަ 08:44

މަނަދޫއިން 16 މީހަކު މިހާތަނަށް އައިއިރު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2020 | އާދީއްތަ 08:44
ނ. ކުޑަފަރި: އެ ރަށުން ބޭސްފަރުވާއަށް މާލެ ގެނައިތަނުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހާ ފުރަތަމަ ގެންދިޔައީ އެއަތޮޅު މަނަދުއަށް

ނ. ކުޑަފަރި: އެ ރަށުން ބޭސްފަރުވާއަށް މާލެ ގެނައިތަނުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހާ ފުރަތަމަ ގެންދިޔައީ އެއަތޮޅު މަނަދުއަށް

ނ. ކުޑަފަރިން ބޭސްފަރުވާއަށް މާލެ ގެނައިތަނުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހާ ފުރަތަމަ ގެންދިޔައީ އެއަތޮޅު މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ކަމަށް ކުޑަފަރީ ކައުންސިލުން ބުނެފިއެވެ.

އުމުރުން 92 އަހަރުގެ މިފިރިހެން މީހާ މަނަދުއަށް ގެންދިޔައީ ހުކުރު ދުވަހުގެ ރޭ ކަމަށް ކުޑަފަރީ ކައުންސިލުގެ ނައިބު ރައީސް ޖަޒުލާން އާދަމް "ރާއްޖެ.އެމްވީ" އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އެމީހާ މަނަދުއަށް ގެންދިޔައީ ފާހާނާއަށް ވެއްޓިގެން ކަމަށާއި މަނަދޫއަށް ގެންގޮސްފައިވަނީ ސީ އެމްބިއުލަންސްގައި ކަމަށް ޖަޒްލާން ވިދާޅުވިއެވެ. އެމީހާ ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ ހޮނިހިރު ދުވަހުގެރެއެވެ.

Advertisement - newsAdvertisement

މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކުޑަފަރި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިމީހާއާ ކޮންޓެކްޓްވެފައި ތިބި މީހުން ބަލަމުންދާ ކަމަށާއި މިހާތަނަށް އައިއިރު 30 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޖަޒްލާން ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ކަރަންޓީނު ކުރެވި، ހޯމް ކަރަންޓީނުގައި ތިބިއިރު، ހަތަރު މީހަކު ތިބީ ކައުންސިލުން ހަމަޖައްސައިގެން ގެސްޓް ހައުސްއެއްގައި ކަމަށް ޖަޒްލާން ވިދާޅުވިއެވެ.

ޖަޒްލާން ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވަނީ އެ މީހާއަކީ ފާހަނައަށް ވެއްޓިގެން މަނަދުއަށް ގެންދަން މަސައްކަތް ކުރި މީހަކަށްވާތީ، އޭނާ ގެންދިޔުމުގައި އެކި ގޮތްގޮތުން މީހުން ހަރަކާތްތެރި ވެފައިވާތީ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތުދެމުން ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެމީހާ ގެނައީ ފައިގައި ރެނދެއް ލާފައިވުމުން ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެއަށް ސީ އެމްބިއުލަންސްގައި ފޮނުވާލިއިރު، މިހާތަނަށް އައިއިރު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 16 މީހަކު ފާހަގަވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. މީގެތެރެއިން 13 މީހުންނަކީ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުން ކަމަށާއި، މީގެތެރެއިން 10 މީހުންނަކީ ނަރުހުން ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި މީހުންނަށް މިހާރު ގޭގައި ތިބުމަށް އަންގާފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ނ. މަނަދޫއިން މީގެ ކުރިން ވަނީ 10 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. އެތަނުން 9 މީހުންނަކީ އެރަށުން މާލެ ގެނެވުނު އުމުރުން ދުވަސްވީ ބަލިމީހަކާ ކޮންޓެކްޓްވި މީހުންނެވެ. އެމީހާ ކޮވިޑް-19ން ރަނގަޅުވުމަށްފަހު ވަނީ ސިއްހީ އެހެން މައްސަލަތަކެއްގައި ނިޔާވެފައެވެ.

މަނަދޫން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށްވެސް ގެނައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް