Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު ވަގުތު ރޮނާލްޑޯ ޔުވެންޓަސް ސަލާމަތް ކޮށްދީފި

ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖުލައި 2020 | އާދީއްތަ 08:06
ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ފަހު ވަގުތު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ލަނޑާއެކު އެޓަލާންޓާ އަތުން ޔުވެންޓަސް ސަލާމަތް ވެއްޖެއެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ތާވަލުގެ ދެވަނައިގައި އޮތް ލާޒިއޯ ހޮނިހިރު ދުވަހުގެރޭ ސަސުއޯލޯ އަތުން 2-1 ން ބަލިވުމުން، މި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ޔުވެންޓަސްއަށް އޮތެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭގެ މެޗު އެއްވަރުވުމުން ޔުވެންޓަސް އެއްވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ޔުވެންޓަސްއަށް 32 މެޗުން 76 ޕޮއިންޓު ލިބިފައިވާއިރު، ލާޒިއޯ ދެވަނައިގައި އޮތީ 32 މެޗުން 68 ޕޮއިންޓާއެކުއެވެ. ޔުވެންޓަސްއާ އެއްވަރުވި އެޓަލާންޓާ އޮތީ ތިންވަނައިގައި 32 މެޗުން 67 ޕޮއިންޓާއެކުއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓަލާންޓާއިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޒަޕާޓާއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި އެޓަލާންޓާއިން އަލުން ލީޑު ނެގީ 80 ވަނަ މިނެޓުގައި ރުސްލާން މަލިނޯސްކީ ޖެހި ލަނޑުންނެވެ. މި މެޗުން ޔުވެންޓަސް ސަލާމަތްވީ ފަހު މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

އެޓަލާންޓާއާ އެއްވަރުވި ނަމަވެސް، ޔުވެންޓަސް ވަނީ ލީގު ޗެމްޕިއަންކަން ދިފާއުކުރުމާ ގާތަށް ޖެހިލާފައެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ރޯމާ ވަނީ ރަށުން ބޭރުގައި ބްރެޝިއާ އަތުން 3-0 ން މޮޅުވެފައެވެ. މި މޮޅާއެކު އެ ޓީމު އޮތީ 32 މެޗުން 54 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު