Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސާ މޮޅުވިއިރު، މެސީއަށް އިތުރު ރިކޯޑެއް

12 ޖުލައި 2020 | އާދީއްތަ 07:45

ވަޔަޑޮލިޑް އަތުން ބާސާ މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖުލައި 2020 | އާދީއްތަ 07:45
ވަޔަޑޮލިޑް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން

ވަޔަޑޮލިޑް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން

ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑް އަތުން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އިތުރު ރިކޯޑެއް ހަދައިފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލްއެވެ.

މިއާއެކު މެސީ ވަނީ މިފަހަރުގެ ލީގުގައި 20 ވަނަ ފަހަރަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ލީގުގައި މިހާތަނަށް 22 ލަނޑު ޖަހާފައެވެ. އެއާއެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި 20 ލަނޑު ޖަހައި 20 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

އަދި މެސީ ވަނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މީގެ ކުރިން އެއް ސީޒަނެއްގައި 20 ލަނޑު ޖަހައި 20 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެން އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހަދާފައިވާ ރިކޯޑާ އެއްވަރުކޮށްފައެވެ. އޮންރީ އެކަން ހާސިލުކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ 2002-2003 ވަނަ އަހަރުގެ ސީޒަނުގައި 24 ލަނޑު ޖަހައި 20 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.

މީގެ އިތުރުން މެސީ ވަނީ އެއް ސީޒަނެއްގެ ސްޕެނިޝް ލީގުގައި ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދީގެން ބާސާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑާވެސް އެއްވަރުކޮށްފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަޔަޑޮލިޑްގެ މައްޗަށް 1-0 ން ބާސާ ކުރިހޯދިއިރު، މި މޮޅާއެކު ބާސާ ވަނީ ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. ރެއާލް އެއްވަނައިގައި އޮތީ 35 މެޗުން 80 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބާސާ އޮތީ 36 މެޗުން 79 ޕޮއިންޓާއެކުއެވެ.

އެހެންކަމުން ލީގުގައި ހޯމަ ދުވަހުގެރޭ ގްރަނާޑާ އަތުން މޮޅުވެގެން ހަތަރު ޕޮއިންޓަށް އަނެއްކާ ވެސް ލީޑު ފުޅާކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް