Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިޓީ ސަސްޕެންޑް ކުރި މައްސަލަ

ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ގޮތެއް ނިންމުން ހޯމަ ދުވަހު

ޔުއެފާއިން ވަނީ ކުރިޔަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ޖުލައި 2020 | ހޮނިހިރު 11:41
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް: ޔުއެފާއިން ވަނީ ސިޓީ ދެ ސީޒަނަށް ސަސްޕެންޑް ކޮށްފައި

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް: ޔުއެފާއިން ވަނީ ސިޓީ ދެ ސީޒަނަށް ސަސްޕެންޑް ކޮށްފައި

ޔުއެފާއިން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާއިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފަ އެވެ. ޔުއެފާއިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި މި މައްސަލައިގައި މީގެ ކުރިން ޔުއެފާގެ ކްލަބު ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ) އިން ވަނީ މި މައްސަލައިގައި ސިޓީން ފުރިހަމަ އެއްބާރުލުން ދީފައި ނުވާ ކަމަށްވެސް ބުނެފަ އެވެ.

މި މައްސަލައިގެ އަޑު އެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖޫން މަހުގެ އަށްވަނަ ދުވަހު ފެށިއިރު، މައްސަލައިގެ އަޑު އެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި މައްސަލައިގައި ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހުކުރު ދުވަހު ވާހަކަދައްކާފައެވެ. އޭނާ ބުނީ މި މައްސަލަ ސިޓީއާ އެއްކޮޅަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.

ގާޑިއޯލާގެ އިތުރުން އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންވެސް ވަނީ މި މައްސަލައިގައި ވާހަކަ ދައްކާފައެވެ. އެގޮތުން މިޑްފިލްޑަރު ކެވިން ޑި ބްރައިނާ ބުނީ ސިޓީން މި މައްސަލަ ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޓީމުގެ ބޯޑުން އަރުވާފައިވާ ކަމަށާއި، މި މައްސަލަ ސިޓީއާ އެއްކޮޅަށް ނިމިއްޖެނަމަ، އޭނާ އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

އެފްއެފްޕީ ގަވާއިދާ ޚިލާފުވުމުން ޔުއެފާއިން ސިޓީއަށް އަދަބު ދިންއިރު، އިނގިރޭސި އެފްއޭ އިންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. އަދި އެފްއޭއިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު