Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދީބުގެ ޝަރީއަތުގެ އަޑުއެހުން

އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 10:30 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖުލައި 2020 | ހޮނިހިރު 08:03
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: އެމްއެމްޕީއާރުގެ ހިޔާނާތުގެ މައްސަލާގައި 7 ދައުވާއެއް އުފުލާފައިވޭ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: އެމްއެމްޕީއާރުގެ ހިޔާނާތުގެ މައްސަލާގައި 7 ދައުވާއެއް އުފުލާފައިވޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފަައިވަނީ، އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށެވެ. މި އަޑުއެހުންތައް ތާވަލު ކޮށްފައި ވަނީ ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކޮށްފައިވާ އަަޑުއެހުންތައް ކެންސަލް ކުރުމަށް ފަހުއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ އޮފީސް ޑިސްއިންފެކްޓް ކުރުމަށް ނިންމާފައިވާތީ، އެ ދުވަހުގެ އަޑުއެހުންތަކުގައި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުންނަށް އެޝަރީއަތުގައި ބައިވެރިވުމަށް ދަތިތަކާ ކުރިމަތިވުމާއި ގުޅިގެން، ޕީޖީ އޮފީހުން އެދިގެންނެވެ. އެ ދުވަހުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި އޮތީ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން އިބްތިދާއީ އަޑުއެހުން ބާއްވާފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއެއް ވަނީ އިއްވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއެއް ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިމައްސަލަތަކާއި ގުޅިގެން އަދީބު ވަނީ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ. އިއުތިރާފުގެ އެއްބަސްވުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމެކެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ، ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަންވާނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ހަމަ އެ މާއްދާގެ (ށ) ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށް ވުރެ ކުޑަ ނުވާނެ އަދަބެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު