Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯޓަށް ހުށައަޅައިގެން ކުންފުނި އުވާލުން

ކޯޓަށް ހުށައަޅައިގެން 1017 ކުންފުންޏެއް އުވާލަނީ، އޭގެ ތެރޭގައި ބިދޭސީން ގެންނަ ކުންފުނިތައް ވެސް ހިމެނޭ

އަހަރީ ފީ ދައްކާފައިނުވާ 6050 ކުންފުނި ރެކޯޑު ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖުލައި 2020 | ހުކުރު 03:18
މާލޭ މަގުމަތީގައި ގިނަ ބިދޭސީންތަކެއް ތޮއްޖެހިފައި- އުވާލާ ކުންފުނިތަކުގެ ތެރޭގައި ބިދޭސީން ގެނެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައިނުވާ ކުންފުނިތައް ހިމެނޭ

މާލޭ މަގުމަތީގައި ގިނަ ބިދޭސީންތަކެއް ތޮއްޖެހިފައި- އުވާލާ ކުންފުނިތަކުގެ ތެރޭގައި ބިދޭސީން ގެނެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައިނުވާ ކުންފުނިތައް ހިމެނޭ

ކޯޓަށް ހުށައަޅައިގެން 1017 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން، އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979ން 2018 ގެ ނިޔަލަށް ޖުމްލަ 6050 ކުންފުންޏެއް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެ ކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީއަށް އެންގުމަށް އިއުލާނު ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިނިސްޓްރީން ކުރި އިޢުލާނުތަކާއި ގުޅިގެން، ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާ ކަމަށް އެ ކުންފުނިތަކުން އަންގާފައިވެއެވެ.

މިނިސްޓްރީން ބުނީ، އެ 6050 ކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ ކަމާގުޅޭ ތަފްޞީލު މިނިސްޓްރީ އަށް ފޮނުވުމަށް ވެސް މުޙުލަތުތަކެއް ދެވިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާ ގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި، އެކި ޚިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުޢީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭއިރު، މި ހުރިހާ ކުންފުނިތަކެއް އުވާލުމަށް ކޯޓަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި ރެޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން އުވާލާފައިވާކަން މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

ކުންފުންޏާ ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (3) ގައި ބަޔާން ކޮށްފައިވާ ގޮތުން، ކުންފުނި އުވާލުމަށް ރެޖިސްޓްރާ ކަނޑައަޅައި، ކުންފުނީގެ ދަރަންޏާއި ދައުވާގެ ތަފްސީލު ހޯދުމަށް އިއުލާނު ކުރުމުން އެފަދަ ކަމެއް ހުށައެޅިއްޖެނަމަ އެ ކުންފުނިތައް އުވާލެވޭނީ ކޯޓަށް ހުށައަޅައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު