Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެރިކް ޑަޔާ ސަސްޕެންޑް ކުރުން

އެރިކް ޑަޔާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި

ޑަޔާ ސަސްޕެންޑް ކުރީ އެފްއޭ ކަޕްގެ މެޗަކަށްފަހު ސަޕޯޓަރަކާ ދެމެދު ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖުލައި 2020 | ބުރާސްފަތި 14:13
ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން

ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން

ސަޕޯޓަރަކާ މެދު ހަމަނުޖެހުން ހިންގި މައްސަލައިގައި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު އެރިކް ޑަޔާ ހަތަރު މެޗަށް ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.

އެރިކް ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ހަމަނުޖެހުން ހިނގީ މާޗު މަހުގެ ފަސްވަނަ ދުވަހު އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ނޯވިޗް ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން ޓޮޓެންހަމް ބަލިވި މެޗަށްފަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަމިއްލަ ދަނޑުގައި ނޯވިޗް އަތުން ޓޮޓެންހަމް ބަލިވި މެޗަށް ފަހު ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ހަމަނުޖެހުން ހިނގީ، އެ ސަޕޯޓަރު ޑަޔާގެ އާއިލީ މެމްބަރުންތަކެއް ތިއްބާ އޭނާއަށް ފުރައްސާކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ އެފްއޭ އިން ބެލުމަށްފަހު ނިންމާފައިވަނީ ޑަޔާގެ އަމަލަކީ ކުޅުންތެރިން އަމަލުކުރަން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު އަމަލެއް ކަމުން އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށެވެ. އޭގެ އިތުރަށް އެފްއޭއިން ވަނީ ޑަޔާ 40،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ޑަޔާ ސަސްޕެންޑް ކުރަން އެފްއޭއިން ނިންމިއިރު، މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ޑަޔާގެ އެ އަމަލަކީ ޕްރޮފެޝަނަލް ކުޅުންތެރިން ކަންތައް ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށާއި އެކަމަކު އެއީ ކޮންމެ މީހަކަށް ވެސް އެފަދަ ވަގުތެއްގައި އަމަލުކުރެވޭނެ ގޮތް ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު