Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ޝަރީއަތް

5 މިލިއަން ޑޮލަރު ލިބުނު، ބަލާ ދިޔައީ އަދީބާއި ޝައިނީ: ރައީސް ޔާމީން

ގއ. ވޮޑުމުލާ ކިޔާ ރަށެއް އޮންނަކަން އެނގުނީވެސް މަނީ ލޯންޑަރިންގ މިޝަރީއަތުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖުލައި 2020 | ބުދަ 13:12
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހިޔާނާތާއި ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހިޔާނާތާއި ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ބަލައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށުގައި ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެ، 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ރުފިޔާއިން ރައީސް ޔާމީން ޖޫރިމަނާ ކުރި މައްސަލަ، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފު ކޮށްފައިވާ މައްސަލާގައި ބުދަ ދުވަހު ބޭއްވި އަޑުއެހުުގައި، ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންނެވުމުން، އެ ފުރުސަތު ފަނޑިޔާރު ދެއްވުމުން، ރައީސް ޔާމީން ވިދާޅުވީ، އަދީބު އަތުގައި އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިލެއްވި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށެވެ.

އެގޮތުން، ފަސް މިލިއަން ޑޮލަރު އަދީބު އަތުގައި ހުންނާނެ ކަމަށާއި، އެ ފައިސާ ބަލާ ދިޔައީ، އަދީބާއި ޝައިނީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ 5 މިލިއަން ޑޮލަރު ލިބިލެއްވި ގޮތެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނެއް ފާސްކޮށް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލަން ނިންމި، ނިންމުގެ އެޑްވާންސް ފައިސާ ކަމަށް ބުނާ 15 މިލިއަން ޑޮލަރު ދިންކަމާއި، އެ ފައިސާ ބަލާ ވަޑައިގެންނެވީ، އަދީބާއި ޝައިނީ ކަމަށް އޭރު އެވާހަކަތައް ދެކެވިފައިވެއެވެ. މިކަމެއް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް އެ ފައިސާ ހުރީ އަދީބުގެ އަތުގައި ކަމަށާއި، އަދީބަށް ގުޅުއްވީ އެ ފައިސާ ހޯއްދަވަން ކަމަށެވެ. އަދި ދައުލަތުގެ ފައިސާއެއް ހޯއްދަވަން އަދީބަށް ގުޅުއްވާފައި ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ގއ. ވޮޑުމުލާ ކިޔާ ރަށެއް އޮންނަކަން އެނގުނީވެސް، މަނީ ލޯންޑަރިންގެ މި ޝަރީއަތުން ކަމަށާއި، އޭގެ ކުރިން އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއި ވޮޑުމުލާއާ ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގއ. ވޮޑުމުލާ އަކީ އަދީބުގެ ވަރަށް ގާތް ބަޔަކަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރު އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާވުމުގެ ކުރިން ވެސް އެކުންފުނީގެ އެކައުންޓްގައި ނުވަ ލައްކައަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. އެހެންކަމުން، އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށާއި އަދި އެކަމުގައި ދައުލަތަށް އެއްވެސް ހެއްކެއް ދެއްކިފައި ވެސް ނުވާ ކަމަށެވެ.

އޮޑިޓް އޮފީހުގައިވާ، ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރަކީ އަދީބު ދިން ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ނުކުތާއަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް މާލީ ބަޔާނުގައި ބަޔާންކުރީ އަދީބު އެހެން ވިދާޅުވަމުންދާތީ ކަމަށެވެ. އެ ފައިސާއާމެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތް ކަމަށާއި އެއީ އެމަނިކުފާނަށް އަދީބު ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު