Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިނޭންސް މިނިސްޓްރީގެ އައު އިމާރާތުގެ މަސައްކަތް

މަސައްކަތް ކުރަމުން އަންނަނީ ގެއްލުން ކުޑަވާނެ ގޮތަކަށް ފިނޭންސް އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިއުމަށް: އެޗްޑީސީ

ކުންފުންޏަށް މަސައްކަތް ބަދަލުކުރެވުނުއިރު 30 (ތިރީސް) މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް ހުށަހެޅުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 ޖުލައި 2020 | ބުދަ 07:31
އެޗްޑީސީ

އެޗްޑީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ، ޑަބްލިއުޒެޑްއާރް ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގްރޫޕް އިން، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެކޮޅަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ އަށް ހުށައެޅި މައްސަލަ އެކުންފުނިން ކާމިޔާބުކުރުމާއި ގުޅިގެން، މަސައްކަތް ކުރަމުން އަންނަނީ ގެއްލުން ކުޑަވާނެ ގޮތަކަށް އެ ކުންފުންޏާ އެކު މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އެޗްޑީސީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް ޑަބްލިއުޒެޑްއާރްއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކުންފުނިން ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދޭތީވެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފައިސާ ނުލިބޭތާ ދެ އަހަރު ވަނީ ވެފައެވެ. ކުންފުނިން އިންވޮއިސް ފޮނުވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުއެވެ.

Advertisement - newsAdvertisement

މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޖުލައި މަހުގެ ފަސްވަނަ ދުވަހު އާބިޓްރޭޝަނުން އެ މައްސަލަ ނިންމީ 2018 ވަނަ އަހަރުގެ މެއި މަހު އެ ކުންފުނިން އެޗްޑީސީ އަށް ފޮނުވި އިންވޮއިސް އަށް ވާ، 22,823,432.68 (ބާވީސް މިލިއަން އަށްލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ ތިރީސް ދެ) ޑޮލަރު ހަތް ދުވަސް ތެރޭގައި ދެއްކުމަށެވެ. ފައިސާ ދައްކަން އަމުރުކޮށްފައިވަނީ އަހަރެއްގެ މައްޗަށް އިންޓްރެސްޓް ރޭޓަށް އަރާ 6.5 އިންސައްތައާ އެކުއެވެ.

22 މިލިއަން ޑޮލަރު ދައްކަންޖެހޭގޮތަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ނިންމި ނިންމުމައި ގުޅިގެން އެޗްޑީސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު މަޝްރޫޢުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 122.7 (ސަތޭކަ ސާވިސް ޕޮއިންޓް ހަތެއް) މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށްވާ އެންމެހައި އިލްތިޒާމްތައް 2017 މާރިޗް 7 ވަނަ ދުވަހު އެޗްޑީސީއަށް ބަދަލުކުރެވުނުކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ މައްޗަށް އެއްބަސްވުން ބަދަލުކުރެވުނުއިރު މި މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިނުވާކަމަމަށެވެ. އަދި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ އަގު 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުވެގެންދިޔަކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މަޝްރޫޢަކީ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލިގޮތަކަށް ކުރަންޖެހުނު ކަމަކަށްވެފައި، 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން އެމެރިކާ ޑޮލަރަށް މަޝްރޫޢުގެ އަގު ބޮޑުވެގެން ދިއުމަކީ ކުންފުނީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނެއްކަމަށްވެފައި، ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމެއްކަމަށެވެ. އަދި ކުންފުންޏަށް މަސައްކަތް ބަދަލުކުރެވުނުއިރު 30 (ތިރީސް) މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް މި ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި ކޯޕަރޭޝަނާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގުކުޑަކުރެވިފައިވާކަމަށެވެ. އަދި ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެގޮތުގައި 22.8 (ބާވިސް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ނިންމަވާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

2020 ޖުލައި 5 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޖުޑިކޭޓަރ ނިންމަވާފައިވަނީ، ކޮންޓްރެކްޓަރ ކުރި މަސައްކަތްތަކަށް ކަމުގައިކަން ފާހަގަކޮށް، އެޗްޑީސީން ބުނީ އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާކަމަކަށް ކޯޕަރޭޝަނަށް ނުފެންނާތީއާއި، އިޢާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، މަޝްރޫޢުކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންގެންދާކަމަށެވެ. އެގޮތުން، މި މަޝްރޫޢު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި ކޯޕަރޭޝަނަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓަރމްސް އާއެކު މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކުރެވެމުންދާކަމަށް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު