Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮންލައިންކޮށް ޝަރީއަތްތައް ހިންގުން

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގަން ފެށުމުން، އިންސާފު ލިބުމުގެ ދިގު ރާސްތާ ކުރުވާނެ: ބަންޑާރަ ނައިބު

މިހާރު ވެސް ކޯޓުތަކުން އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދޭ، އެހެންނަމަވެސް ގާނޫނުން މިވަނީ ތަފްސީލުކޮށް ބަޔާންކޮށް، އެފުރުސަތު ފަހިކޮށްދީފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖުލައި 2020 | ބުދަ 05:44
ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު

ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު

ޖިނާއީ ޢަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވޯޑިއޯ ކޮންފަރެންސިންގ ޒަރިއްޔާއިން ޝަރީއަތް ހިންގަން ފެށުމުން އިންސާފުގެ ދިގު ރާސްތާ ކުރުވެއްޖެ ކަމަށް އެޓަރނީ ޖެނެރަލް (ދައުލަތުގެ ބަންޑާރަ ނައިބު) އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އެޓާރނީ ޖެނެރަލް ރިފްއަތު ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ، ޖިނާއީ އަދުލްގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގގެ ޒަރިއްޔާއިން ޝަރީއަތްތައް ހިންގުމާއި، އަދި އޮންލައިންކޮށް، ދައުވާ އުފުލުމާއި، ދައުވާއާ ގުޅޭ ލިޔެކިޔުންތައް ނުވަތަ ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޮންލައިންކޮށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ، އަދުލްއިންސާފުގެ ދިގު ރާސްތާ ކުރުވެ، އަދުލްއިންސާފު ގާއިމު ކުރުމަށް ނުވަތަ އަދުލްއިންސާފުގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އެޓާރނީ ޖެނެރަލް މިހެން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

މި އިސްލާހަކީ ޖޫން މަހުގެ 29 ވީ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާކެހެކެެވެ.

‏ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހާއްސަ ހާލަތްތަކުގައި ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

އެގޮތުން، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުމާއި، ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއް ކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒު ނުކުރާނަމައެވެ.

އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 30 ވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް އެ ބިލުގައި ހިމަނާފައިވެއެވެ.

މި ބލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެގެޒެޓުގައިޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު