Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ކުއްލި މައްސަލަ

ޤާނޫނުން ކުރަން އޮންނަ ކަމެއް ނުކުރާ ވަޒީރަކު ވަކިކުރަން ޖެހިއްޖެނަމަ އެކަން ކުރާނަން: އާޒިމް

7 ޖުލައި 2020 | އަންގާރަ 11:38

"ވަޒީރަކު ވަކިކޮށް އައު ވަޒީރަކު ލުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކަންބޮޑުވާ ކަމެއް ނޫން"

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 7 ޖުލައި 2020 | އަންގާރަ 11:38
ކުޅިވަރު ފައިލް ޕްރޮގްރާމުގައި މެންބަރު އަލީ އާޒިމް

ކުޅިވަރު ފައިލް ޕްރޮގްރާމުގައި މެންބަރު އަލީ އާޒިމް

ޤާނޫނުން ކަނޑައެޅިގެން ކުރަން ލާޒިމުކުރާ ކަންކަން ނުކުރާ ކަމަށް ވަނީނަމަ އެ ވާހަކަ މަޖިލީހުގައި ދައްކާނެ ކަމަށާއި، އެ ވަޒީރަކާ މެދު ފިޔަވަޅުއަޅައި ވަކި ކުރަން ޖެހޭ ހިސާބުން ވަކި ކުރާނެ ކަމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާ މެދު ކުޑަވެސް ޝައްކެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އަދި އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން ނުކުރާނަމަ، ވަޒީރަކު ވަކިކޮށް އައު ވަޒީރަކު ލުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ އެމައްސަލައަށް ބަހުސްކޮށް މައްސަލަ މިހާރު އިޖުތިމާޢީ ކޮމިޓީން ބަލަމުންދާއިރު، އާޒިމް ވިދާޅުވީ މައްސަލައިގައި އެފްއޭއެމްގެ ވާހަކަ އެކަނި އޮތުމުން މުޅިން ފުރިހަމަނުވާ ކަމަށާއި ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ ވާހަކަވެސް މި މައްސަލައިގައި އަންނަން ޖެހޭ ކަމަށެވެ.

2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ކުޅިވަރުގެ ޤާނޫނެއް ވުޖޫދަށް އައިރު، އެ ޤާނޫނުގައި ވަރަށް ސާފުކޮށް ކްލަބުތަކާއި، ޖަމިއްޔާތައް އަދި އެސޯސިއޭޝަންތައް ދިވެހިރާއްޖޭގައި ހިންގަންވީގޮތުގެ ވާހަކަ ލިޔެފައިވަނިކޮށް، އެއްވެސް ބަޔަކަށް އޭގެ ބޭރުން ނޫޅެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އަދީލް ޖަލީލް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަޔަށް ކޮންމެ އަހަރަކުވެސް އެ އެސޯސިއޭޝަން ހިންގަމުން ދަނީ ޤާނޫނާއި އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށާއި، އެހެން ނަމަވެސް އެކަންކަން ބަލަން ހަވާލުވެފައިވާ ފަރާތް ކަމަށްވާ ކުޅިވަރާ ބެހޭ ވުޒާރާއިން އެކަންކަން ބަލާފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނަށް އެކަން ނުކުރެވެނީ ކީއްވެތޯ ސުވާލު ކުރަންޖެހޭ ކަމަށާއި، އެކަން ނުވަނީ ކެޕޭސިޓީ ނެތިގެންތޯ ނޫނީ ކައިރީގައިތިބި މީހުންގެ ގާބިލުކަން ނެތިގެންތޯ ނޫނީ ވަޒީރެއްގެ ހައިސިއްޔަތުން އެކަންކުރަން ނޭނގިގެންތޯ އަމިއްލައަށް ވަޒީރު ސުވާލުކޮށްލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަން ކުރި ނަމަވެސް އެ އިދާރާއިން ނިކުތް ހިސާބުން ފެށިގެން އެފްއޭއެމަށް ދިޔުމުގެ ވިސްނުން އެއްވެސް އިރަކު ނުގެންގުޅޭ ކަމަށާއި، މިއަދު މި ވާހަކަ ދައްކަނީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫންކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ އެ ވާހަކަ ދައްކަނީ ޤާނޫނާއި ޚިލާފަށް ކަންކަން ކުރަމުންދާތީ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމުގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރާއި މަޝްވަރާކޮށް ސިޓީވެސް ފޮނުވި ކަމަށާއި، އެހެން ނަމަވެސް އެ ބައްދަލުވުން ވެސް ދިޔައީ އެތައް ބަޔަކަށް އިނގޭ ކަމެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ދައުލަތުން ކުޅިވަރަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، ސަރުކާރަށް ބަސް ބުނުމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި ކުޅިވަރަށް ސިޔާސީ ނުފޫޒު ފޯރުވުން މިއަދުވެސް ޤަބޫލުނުކުރާއިރު، މަޖިލީހަށް މައްސަލައެއް ހުށަހަޅަން ޖެހުނީ ޤާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކުން އެކަންނުކޮށް ޤާނޫނީ ބާރު ނެތިގެންދާތަން ބަލަން ނުހުރެވިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ކުޅިވަރުގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ ގިނަ މެންބަރުން ތިބިއިރު، ކުޅީވަރާ ބެހޭ ވަޒީރާއި ސްޕޯޓްސް ކޮމިޝަނަރަށް ޤާނޫން ކުރަން ލާޒިމުކުރާ އެތައް ކަމެއް ނުކޮށް ހުރިއިރު، އެތަން ބަލަން ތިބެއްޖެނަމަ، ދިވެހި ކުޅިވަރު އެކީއެކަށް ހަލާކުވެގެންދާނެ ކަމަށާއި، މި ވާހަކަ މިއަދު ދައްކަމުން ދަނީ ކުޅިވަރު ހަލާކުވެގެންދާތަން ދެކެން ބޭނުނުން ނުވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް