Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަރު އެއާޕޯރޓުގެ ޕީސީއާރް ލެބް

މާފަރު އެއާޕޯރޓުގެ ޕީސީއާރް ލެބް، އޮޕަރޭޝަނަށް ތައްޔާރު!

އެކަމަށް ބޭނުންވާ ތަކެތި މާލެ ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖުލައި 2020 | ހޯމަ 14:09
މާފަރު އެއާޕޯރޓުގެ ޕީސީއާރް ލެބް - މި ލެބް ޤާއިމުކޮށްފައިވަނީ 30 ދުވަހުން ކަމަށް އޭޑީކޭއިން ބުނޭ

މާފަރު އެއާޕޯރޓުގެ ޕީސީއާރް ލެބް - މި ލެބް ޤާއިމުކޮށްފައިވަނީ 30 ދުވަހުން ކަމަށް އޭޑީކޭއިން ބުނޭ

ނ. މަފަރު އިންޓަނޭޝަނަލް އެއާޕޯރޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޕީސީއާރް ލެބޯޓަރީ އޮޕަރޭޝަނަށް ތައްޔާރުކޮށްފިއެވެ.

ހޯމަ ދުވަހު އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ކުރި ޓްވީޓެއްގައި ބުނީ، މާފަރު އެއާޕޯރޓުގައި ތައްޔާރު ކުރަމުންދިޔަ ޕީސީއާރް ލެބޯޓަރީގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ލެބޯޓަރީގެ އޮޕަރޭޝަންތައް މިހާރު ފެށުމަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަށް ބެނުންވާ ސާމާނު ގެނައުމާއި، ތަނުގެ އިންފްރާސްޓްރަކްޗަރގެ އިތުރުން، އެތަކެތި އިންސްޓޯލްކޮށް ސެޓަޕް ހެދުމަށް 30 ދުވަސް ހޭދަވެފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.

Advertisement - newsAdvertisement

މާފަރު އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ލެބެއް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ތަކެތި މާލެ ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން ލެބްގާއިމް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޕީސީއާރު މެޝިން އަދި އެހެނިހެންވެސް އިކުއިޕްމަންޓް ގެނައުމަށްޓަކައި އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުންކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

މާފަރުގައި ލެބެއް ޤާއިމް ކޮށްފައިވާއިރު، މާލޭގެ އިތުރުން ކޮވިޑް-19 އަށް މިފަދައިން ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވަނީ ހަމައެކަނި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2018

ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް އިފްތިތާހުކޮށްފި

23 ޖުލައި 2018
ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް އިފްތިތާހުކޮށްފި
11 ޖޫން 2018

މާފަރު ޕަވަރ ހައުސްގައި ހުރި ބެޓަރިއެއް ގޮވައިފި

11 ޖޫން 2018
މާފަރު ޕަވަރ ހައުސްގައި ހުރި ބެޓަރިއެއް ގޮވައިފި
27 ފެބުރުއަރީ 2018

ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާންކޮށްފި

27 ފެބުރުއަރީ 2018
ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާންކޮށްފި
24 ޑިސެމްބަރު 2017

މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް

24 ޑިސެމްބަރު 2017
މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް
24 ޑިސެމްބަރު 2017

މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް، އަޅައިދެނީ ޔޫއޭއީ އިން: ރައީސް ޔާމީން

24 ޑިސެމްބަރު 2017
މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް، އަޅައިދެނީ ޔޫއޭއީ އިން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު