Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލާގައި އިމިގްރޭޝަންގެ ކުރީގެ ވެރިންގެ މައްޗަށް ތަހުގީގު ހިންގުމަށް ކުރީގެ ޕީޖީ ގޮވާލައްވައިފި

ޤަވާއިދާ އެއްގޮތަށް 150،000 ބިދޭސީން، ޤަވާއިދާ ޚިލާފަށް 63،000، ޖުމުލަ: 213،000 ބިދޭސީން ރާއްޖޭގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 ޖުލައި 2020 | އާދީއްތަ 08:40
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު (ވ): އިމިގްރޭޝަންގެ ކުރީގެ އިސްވެރިން ބިދޭސީންގެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމަށް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު (ވ): އިމިގްރޭޝަންގެ ކުރީގެ އިސްވެރިން ބިދޭސީންގެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމަށް

ބިދޭސީންގެ ކަންތަކުގައި އެންމެބޮޑަށް އިހުމާލުވީ، ކުރީގެ ސަރުކާރުން ކަމަށާއި، އިމިގްރޭޝަންގެ ކުރީގެ ވެރިންގެ މައްޗަށް ތަހުގީގު ހިންގުމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ގާނޫނުއަސާސީގެ ދަށުން އެންމެ އުފައްދާފައިވާ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވި، ތަޖުރިބާކާރު ގާނޫނީ ވަކީލު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަަނީ، ބިދޭސީންގެ ކަންތަކުގައި އެންމެބޮޑަށް އިހުމާލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ހިނގާކަމެއް ނޭނގޭ ކަމަށާއި، އިމިގްރޭޝަންގެ ކުރީގެ ވެރިންގެ ތަހުގީގު ހިންގަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒު މިގޮތަށް ޓްވީޓް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި، އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ، ބޮޑުފިނޮޅުގައި 200 ވަރަކަށް ބިދޭސީން ވެގެން، ދިވެހިންތަކެއް ރަހީންކުރި މައްސަލައާއި، އެ ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނާ މައްސަލާގައި، ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ފެންނަމުން މިދަނީ ތަންފީޒީ މުއައްސަސާތަކުގެ ހުރުމަތް ކެނޑުމުން ގާނޫނުގެ ބާރު ނުހިނގާ މަންޒަރު ކަމަށެވެ. އަދި ސަރުކާރު ބޭނުންވާ މީހުންގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި، ނަމަވެސް ސަރުކާރު ބޭނުން ނުވާ މީހަކަށް އިންސާފު ލިބޭނެ ކަމަށް އާންމުން ގަބޫލެއް ނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

ބިދޭސީން ރާއްޖޭގައި އުޅޭ އަދަދެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގެއެވެ. އެންމެ ފަހުގެ ލަފާކުރުންތަކަށް ބަލާއިރު މި އަދަދު ލައްކައަކާ ގާތްކުރާ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި ރަސްމީ ލިޔެކިޔުމެއްނެތް ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، އެކަން އެގޮތަށް މެދުވެރިވާ އެއް ސަބަބަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެ، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުމުން ލިބޭ ޢާމްދަނީ އިތުރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.

މި ރިޕޯޓުގައި، އިމިގްރޭޝަނަށް، ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު ކަނޑައެޅިގެން ބުނެދެވިފައިނުވާކަން ހާމަވެފައިވެއެވެ. އެގޮތުން އިމިގްރޭޝަނުން މިދިއަ އަހަރުގެ ސެޕްޓެންބަރުގެ މަހުގެ ނިޔަލަށް ކޮމެޓީއަށް ދީފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މިރިޕޯޓުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އުޅެމުންދާކަމަށް އަންދާޒާކުރެވޭ ބިދޭސީންގެ ޢަދަދަކީ 179،122 ކަމަށެވެ.

ނަމަވެސް 2019 އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ވަރކް ވިޒާގައި، ޤަވާއިދާ އެއްގޮތަށް ގާތްގަނޑަކަށް 150،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުވާލެއްގެ މައްޗަށް މަސައްކަތް ކުރުމަށްޓަކައި އެވްރެޖްކޮށް، 115 ބިދޭސީން މުޅިން އަލަށް ރާއްޖެ އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި އަންދާޒާ ކުރެވޭގޮތުގައި ރަސްމީ ލިޔެކިޔުންނެތި ރާއްޖޭގައި އެޅެމުންދަނީ ގާތްގަނޑަކަށް 63،000 ބިދޭސީން ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތު ތަކަށްބަލާއިރު، ޤަވާއިދާ އެއްގޮތަށް 150،000 ބިދޭސީން ރާއްޖޭގައި އުޅޭއިރު، ރަސްމީ ލިޔެކިޔުމެއްނެތި 63،000 ބިދޭސީން އުޅޭކަމަށް ލަފާކުރާއިރު، ރާއްޖޭގައި 213،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި އާބާދީގެ ތެރެއިން މިދިއަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭކަމަށް ބުނެފައިވަނީ 269،562 މީހުންނަށެވެ. އެއީ ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އާބާދީއެވެ. އަދި އަންހެނުންނާއި ފިރިހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކުގައެވެ.

ރާއްޖޭގައި އުޅޭ 213،000 ބިދޭސީންނަކީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ވެސް ގިނަވާނީ ޒުވާން ފިރިހެނުންނެވެ.

ބިދޭސީންގެ މައްސަލާގައި އިހުމާލުވިކަމަށް ތުހުމަތު ކުރެވޭ، އިމިގްރޭޝަންގެ ކުރީގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދުވެސް އިމިގްރޭޝަންގެ ވަޒީފާގައި ތިބިކަމަށާއި، އިމިގްރޭޝަންގެ ތެރެއިން މި "ޖަރީމާ" ހިންގި މީހުންގެ މައްޗަށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު، ކުދިކުދި ކުށްތަކުން ފެށިގެން ސީރިއަސް އަދި ރޭވިގެން ހިންގާ ކުށްތަކުގައި ޝާމިލުވެއެވެ. އެގޮތުން، މާރާމާރީ އާއި ވައްކަމާއި، ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި، ސައިބަރ ކްރައިމް އާއި މިނޫން ވެސް މިފަދަ ނުރައްކާތެރި ކުށްތައް ކުރުމުގައި މުޖުތަމަޢު ޖެހިލުންވާފަދަ ދަރަޖައަކަށް ގޮސްފައިވާކަން ވެސް ދިރާސާ ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު