Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީގައި ގާއިމްކުރާ ފެން ޕްލާންޓް

ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެއް ހޯރަފުށީގައި ގާއިމު ކުރަނީ

ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިގަންނާނީ މި މަހުގެ 10 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޖުލައި 2020 | ބުރާސްފަތި 14:17
ހއ. ހޯރަފުށި؛ މި ރަށުގައި ގާއިމްކުރާ ބޮޓެލިންގ ޕްލާންޓުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ

ހއ. ހޯރަފުށި؛ މި ރަށުގައި ގާއިމްކުރާ ބޮޓެލިންގ ޕްލާންޓުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ

ބިއްލޫރި ފުޅީގައި ބޯފެން ބަންދު ކުރާ ބޮޓެލިންގ ޕްލާންޓް ހއ. ހޯރަފުށީގައި ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ފެނަކަ ކޯޕަރޭޝަނާއި ހޯރަފުށީ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. އަދި ހޯރަފުށި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓްވެންޗާ އުސޫލުން ބޯފެން އުފައްދާ ފުޅީގައި ބަންދު ކުރާ ޕްލާންޓެއް ގާއިމު ކުރެއްވުން ކަމަށެވެ.

އެގޮތުން މި ޕްލާންޓުގެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ އިރު، ކުރިއަށް އޮތް 6 މަހާއި 8 މަސް ދުވަހާ ދެމެދު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައީދު ވިދާޅުއެވެ. ސައީދު ވިދާޅުވީ މި ސިނާއަތަށް އަލަށް ވަންނަ ކުންފުންޏަކަށް ވުމުން ފެން ވިއްކާނީ ވީހާ ވެސް ހެޔޮ އަގެއްގައި ކަމަށާއި، އަމާޒަކީ ބޮޑުތިލަދުންމައްޗާއި، އަދި ކައިރި އަތޮޅުތަކުގެ ރަށްރަށަށް ވެސް ފެން ފޯރުކޮށްދިނުން ކަމަށެވެ.

ސައީދު ވިދާޅުވީ އެ ސަރަހައްދުގައި ހިމެނޭ ރިސޯޓުތަކަށް ވެސް ފެން ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށާއި، ރިސޯޓުތަކުން އެދިލައްވާ ނަމަ ފެން ފުޅީގައި އެ ރިސޯޓެއްގައި ނަން ނުވަތަ ލޭބަލް ކުރެވޭ ގޮތަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސައީދު ވިދާޅުވީ ފެން ޕްލާންޓަކީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ފެން އުފައްދާނެ ޕްލާންޓެއް ކަމަށާއި، އެގޮތުން 70 އިންސައްތަ ކަރަންޓް އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށާއި، ފެން ބަންދު ކުރާނީ ބިއްލޫރި ފުޅީގައި ކަމަށެވެ.

އެގޮތުން މަސައްކަތް ފަށައިގަންނަ އިރު ދުވާލެއްގެ މައްޗަށް 10،000އާއި 12،000އާ ދެމެދުގެ އަދަދަކަށް ފެން ފުޅި ބަންދު ކުރައްވާނެ ކަމަށާއި، ޑިމާންޑަށް ބެލުމަށްފަހު ކެޕޭސިޓީ އިތުރު ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާއިރު ހޯރަފުށީގެ ކޮންމެ ގެއެއްގައި ވޯޓަރ ޑިސްޕެންސަރ އެއް ހަރުކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ކައުންސިލުން 8 މިލިއަން ރުފިޔާ ޕްރޮޖެކްޓަށް ކައުންސިލުން ހޭދަކުރާނެ ކަމަށެވެ. އަދި މި 8 މިލިއަން ރުފިޔާ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ރަށުގައި ބޮޓެލިން ޕްލާންޓެއް ގާއިމު ކުރަން ލިބިފައިވާ ފައިސާ ކަމަށާއި، މަސައްކަތަށް ބޭނުންވާ އެހެނިހެން ފައިނޭންސްތައް ހަމަޖައްސާ އަދި މަސައްކަތް ނިމުމުން އޮޕަރޭޓް ކުރާނީ ވެސް ފެނަކައިން ކަމަށެވެ.

ވަހީދު ވިދާޅުވީ ޕްލާންޓް ހިންގަން ފެށުމުން ލިބޭ ފައިދާގެ 40 އިންސައްތަ ވަންނާނީ ކައުންސިލަށް ކަމަށާއި، 60 އިންސައްތަ ފައިދާ ދާނީ ފެނަކައަށް ކަމަށެވެ. މީގެ އިތުރުން ބޮޓެލިންގ ޕްލާންޓުގެ މަސައްކަތް ފެށޭ ހިސާބުން 20 ވަރަކަށް ވަޒީފާ ރަށުގައި އުފެދިގެން ދާނެ ކަމަށާއި، ވަޒީފާ ދިނުމުގައި އިސްކަން ދޭނީ ރަށު މީހުންނަށް ކަމަށެވެ.

ފެނަކައާއި ހޯރަފުށީ ކައުންސިލާއި ގުޅިގެން ގާއިމު ކުރާ ބޯ ފެން އުފައްދާ ޕްލާންޓަކީ ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ ގާއިމު ކުރާ ބިއްލޫރު ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެވެ. ހޯރަފުށީގައި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކައިން ބުނެފައި ވަނީ ފެން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ފެންފަށަލައިން ފެންނަ ނަގައިގެން ކަމަށެވެ. ފެނަކައިން މިހާރު ވެސް އަންނަނީ ހޯރަފުއްޓަށް ފެނުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު