Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުން

ކްރިމިނަލް ކޯޓުގެ ގާޒީ ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަަޅަން ނިންމައިފި

ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޖަލްސާއެއްގައި ނަޖީބު ވާހަ ދައްކަވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ޖުލައި 2020 | ބުރާސްފަތި 07:27
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު (ކ): ގއ. ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އިރުއާއި، ކްރިމިނަލް ކޯޓުގައި ހުންނެވިއިރުވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެފައިވޭ، އަދި ބޮޑެތި ތުހުމަތުތައް ކުރެވިފައިވ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށާއި، އަދި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުމުގައި ގާޒީ ހަސަން ނަޖީބު ބައިވެރިވިކަމާއި އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެންޑިޑޭޓްގެ ކެންޑިޑެސީ ބާޠިލް ކުރުމަށް ގާސީ ހަސަަން ނަޖީބު މަސައްކަތް ކުރެއްވި ކަމަށެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކަވާފައިވާ ކަމަށާއި، އަދި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައަޅާފައިވާ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ހަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ގާޒީ ހަސަން ނަޖީބުގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަމްބަރާއި 10 ވަނަ ނަމްބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9، 7.1 އަދި 7.2 ވަނަ ނަމްބަރާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރުގެ ދަށުން ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ މިބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖޭއެސްސީން ވަނީ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ، ގާޒީ ހަސަން ނަޖީބު، މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ވެސް ކޮށްފައެވެ. މި މައްސަލާގައި، ޖޭއެސްސީން ބުނެފައިވަނީ، ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަން ކުރެއްވި ގާޒީއެކެވެ.

ހަސަން ނަޖީބަކީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ގާތް ބޭފުޅެކެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރެއްވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަޖީބާއި ޝުޖާއު އުސްމާނަކީ ރައީސް ޔާމީންގެ ކެމްޕެއިންގައާއި ޕީޕީއެމް ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވޭ ދެ ފަނޑިޔާރުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު