Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާ: ދުނިޔޭގެ އާބާދީގެ 4 އިންސައްތަ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ 25 އިންސައްތަ!

ބަލިޖެހިފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށްވުރެ މައްޗަށް އަރާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖުލައި 2020 | ބުރާސްފަތި 02:53
އެމެރިކާ ދިދަ. ވައިރަސް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީއެއް ހޯދިފައެއް ނުވޭ

އެމެރިކާ ދިދަ. ވައިރަސް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީއެއް ހޯދިފައެއް ނުވޭ

އެމެރިކާއަކީ ދުނިޔޭގައި އެންމެ ބޮޑު ބާރުގެ ގޮތުގައި ފާހަގަވެފައިވާ ގައުމެވެ. ގިނަ ކަންކަމުގައި ދުނިޔޭގައި ވިކެނީ އެމެރިކާގެ ބަހެވެ. ދުނިޔޭގެ އިގްތިޞާދާއި، ހަމަޖެހުމާއި މިހުރިހާ ކަމެއް ގުޅިފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާ ބޭނުންވެއްޖެ ކޮންމެ ކަމެއް އެއީ ގައުމަކާ ދެކޮޅަށް ކަމަށްވިޔަސް އެކަމެއް ފަސޭހަކަމާއެކު ހާސިލްވެއެވެ.

އެހެންނަމަވެސް 20 ވަނަ ގަރުނުގައި ދުނިޔެ ތަޖުރިބާ ކުރަމުންމިދާ އެންމެ ބޮޑު ބަލި މަޑުކަން ކަމުގައިވާ ކޮވިޑް-19ގައި އެމެރިކާއިން ފެންނަނީ މުޅިން އެހެން މަންޒަރެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރު މިވަނީ ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމުގައި ވަރަށް ވެސް ފަހަތުގައެވެ.

އެކަމުގެ ސަބަބުން އެގައުމަށް ދިމާވަމުންދާ އިގްތިޞާދީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ހިތަށް ނުގަނެވެއެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް އަދި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވަން މަސައްކަތްކުރައްވާ ޑޮނަލްޑް ޓްރަމްޕަށް މިކަން ވެގެން ގޮސްފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ.

އެމެރިކާއަކީ އަދިވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ އެންމެ ގިނަ މީހުންނަށް ޖެހި، އެ ބަލީގައި އެންމެ ގިނަ މީހުން މަރުވަމުންދާ އަދި މަރުވެފައިވާ ގައުމެވެ. ބަލިޖެހިފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. މަރުވެފައިވާ މީހުންގެ އަދަދު 130،000ށް ވުރެ މައްޗެވެ.

ވައިރަސް ފެތުރޭ މިންވަރު ކޮންމެސް ވަރަކަށް ކޮންޓްރޯލްކުރެވި ސްޓޭޓްތައް ހުޅުވާލުމުގެ މަސައްކަތް ފެށިތަނާ، ވައިރަސްގެ ދެ ވަނަ ރާޅެއް މިވަނީ ގައުމަށް ބިންދާލާފައެވެ. މިއީ ފުރަތަމަ ރާޅުގެ އަސަރުތަކުން ހިންދެމި ނުލެވިގެން އުޅެނިކޮށް، ދިމާވީ އިތުރު ހުރަހެކެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ގައުމުގެ އަދަދުތަކަށްވުރެ ދެ ގުނަ އިތުރެވެ. އެމެރިކާގައި ކޮވިޑް-19 ޖެހިގެން 130,390 މީހުން މަރުވެފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ބްރެޒިލްއިން މަރުވެފައިވަނީ 60,194 މީހުންނެވެ.

އެމެރިކާ އާއި ބްރެޒިލްއަކީ މިވަގުތު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ދެ ގައުމަށްވާއިރު، ދެ ގައުމުގެ ލީޑަރުންގެ ފަރާތުންވެސް ވައިރަސް ކޮންޓްރޯލްކުރުމުގައި އޮތްގޮތް ކަންތައްތަކެއް އަންނަނީ ފެންނަމުންނެވެ.

އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާންމު ތަންތަނުގައި މާސްކު އަޅުއްވައިގެން އުޅުއްވުމަށް ދެކޮޅު ހައްދަވާ ތަކުރާރުކޮށް ސިއްހީ އޮފިޝަލުން ދެއްވަމުން ގެންދެވި އިރުޝާދުތަކާއި ޚިލާފަށް ވިޔަފާރިތައް ހުޅުވާލާ ގައުމު ހުޅުވާލުމަށް ބާރު އަޅުއްވާ އެމަގުން ކަންކަން ކުރައްވާފައެވެ.

ބްރެޒިލްގެ ރައީސް ޖައީރް ބޮލްސޮނާރޯ ވެސް ވަނީ ކޮވިޑް-19އަކީ އާދައިގެ ފްލޫއެއް ކަމަށް ވިދާޅުވެ އިގްތިޞާދީ ހަރަކާތްތައް ހުއްޓާލުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި މާސްކު ނާޅުއްވާ އެއްވުންތަކުގައި ބައިވެރިވެވަޑައިގެން ސިއްހީ އޮފިޝަލުން ދެއްވަމުން ގެންދެވި އިރުޝާދުތަކަށް ފާޅުގައި ގޮންޖެއްސެވިއެވެ.

މުޅި ދުނިޔޭގެ އާބާދީގެ 4 އިންސައްތަ އެމެރިކާއިން ހިއްސާކުރާއިރު، 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ވައިރަސް ޖެހުނު މީހުންގެ 25 އިންސައްތަ ހިއްސާކުރަނީ އެމެރިކާއެވެ.

އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް މައްޗަށް ދާންޖެހުނު ގިނަ ސަބަބުތަކެއް ހުރިކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. ވަކިން ޚާއްސަކޮށް ވައިރަސް ފެތުރުނުތާ ކުރީކޮޅު ވައިރަސް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމުގައި ލަސްވުމާއި، ވައިރަހަށް ޓެސްޓް ކުރުމުގެ ސްޕީޑް ލަސްކަން ފާހަގަކުރެއެވެ.

ފެބްރުއަރީ މަހަކީ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެމެރިކާއިން އަޅަންޖެހޭ މަހެއްގެ ގޮތުގައި ސިއްހީ ގިނަ އޮފިޝަލުން ފާހަގަކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް އެ މަސް ހޭދަކުރެއްވީ ވައިރަހަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ނޫންކަމާއި ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމުގެ ވާހަކަތައް ދެއްކެވުމުގައެވެ.

އެހެންކަމުން އެމެރިކާއަށް ވައިރަސް ކޮންޓްރޯލްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އެގޮތުން އެމެރިކާގެ ހެލްތު އެންޑް ހިޔުމަން ސަރވިސަސްގެ ސެކެޓްރީ އެލެކްސް އަޒަރް ވަނީ ދާދިފަހުން އެމޭރެމުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހާ ފެބްރުއަރީ މަހު މަރުވި ފަހުން މިހާތަނަށް އައިއިރު، އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 1039 މަރު ވަނީ ރިޕޯޓް ކުރެވިފައެވެ. ވައިރަސް ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދުތައް މައްޗަށް ދާނެ ފެށީ މެއި މަހުގެ ތެރޭގައެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުން ހާމަކުރާގޮތުގައި ވައިރަސް ޖެހިގެން ހާލު ދެރަވަމުންދަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ވައިރަސް ޖެހިގެން އެމެރިކާގައި މަރުވާ މީހުންގެ %78.9 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. %58 މީހުންނަކީ 75 އަހަރުން މަތީގެ މީހުންނެވެ. މަރުވާ މީހުންގެ %3 އަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.

އެހެންނަމަވެސް ވައިރަސްގެ ދެވަނަ ރާޅު ފެތުރެމުންދާ ފްލޮރިޑާ އާއި ޓެކްސަސް ފަދަ ތަންތަނުގައި ވައިރަސްޖެހޭ މީހުންގެ ތެރޭގައި އެކި އުމުރުފުރައިގެ މީހުން ހިމެނޭކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ބުނެއެވެ. އެގޮތުން މިހާރު ވައިރަސް ޖެހޭ މީހުންގެ %18 ހިއްސާކުރަނީ އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވަމުންދާ މީހުންގެ އަދަދު އެމެރިކާއިން މިހާތަނަށް ކުރި ބޮޑެތި ހަނގުރާމަތަކުގައި މަރުވި މީހުންނަށް ވުރެވެސް ގިނައެވެ.

އެގޮތުން ވިއެޓްނާމް ހަނގުރާމައިގައި މަރުވެފައިވަނީ 58،000 އެމެރިކާ މީހުންނެވެ. ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އުޅެނީ އެއަށް ވުރެ ދެގުނަ މަތީގައެވެ. ކޮރެއާ ހަނގުރާމައިގައި 37،000 އެމެރިކާ މީހުން މަރުވި އެވެ. ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އުޅެނީ އެއަށް ވުރެ ތިންގުނަ މަތީގަ އެވެ.

އިރާގު ހަނގުރާމައިގައި 4431 މީހުން މަރުވިއެވެ. ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އެޅިނީ މިއަދަދާ އަޅާބަލާއިރު 28 ގުނަ މަތީގައެވެ. އަދި އަފްޣާނިސްތާން ހަނގުރާމައިގައި މަރުވެފައިވަނީ 2445 މީހުންނެވެ. މިއީ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދަށް ވުރެ 51 ގުނަ މައްޗެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާ މީހުންނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި 116،515 އެމެރިކާ މީހުން މަރުވިއެވެ.

ކޮވިޑް-19ގެ ބަލި މަޑުކަމާއެކު އެތައް ބަޔެއްގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ. އެމެރިކާއަށް ބަލާލާއިރު ޖޫން މަހާ ހަމައަށް، ވަޒީފާ ގެއްލިފައިވާ މީހުންގެ އެލަވަންސް ހޯދުމަށް 47 މިލިއަން މީހުން ވަނީ އެދިފައެވެ. އަދި މިއީ ވަޒީފާ ގެއްލުނު ހުރިހާ މީހުން ނޫންކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ އިގްތިޞާދަށް މިހާރު ވަމުންދާ ގެއްލުންވުމަކީ އެމެރިކާގެ ތާރީޚުގައިވެސް ފާހަގަ ކޮށްލެވޭފަދަ ބޮޑު ގެއްލުމެކެވެ.

މެއި މަހު ނެރެފައިވާ އެމެރިކާގެ އެކޮނޮމިކް އެނަލިސިސް ރިޕޯޓުން ހާމަވާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއަރޓަގައި އެގައުމުގެ ޖީޑީޕީ ވަނީ %4.8 ދަށަށްގޮސްފައެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އިގްތިޞާދު ދަށަށްދިޔަ ފަހުން މިމިންވަރަށް އެގައުމުގެ އިގްތިޞާދު ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އަދި 2008 ވަނަ އަހަރުގެ ހަތަރު ވަނަ ކުއަރޓަރ ގައި އެގައުމުގެ އިގްތިޞާދު ދަށަށްދިޔަ ފަހުން އެންމެ ބޮޑަށް އިގްތިޞާދު ދަށަށްދިޔަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު