Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއެފްސީ

އައިއެފްސީއިން ބީއެމްއެލް އަށް 50 މިލިއަން ޑޮލަރާ ހަމައަށް ލޯނުދެނީ

1 ޖުލައި 2020 | ބުދަ 07:49

ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖުލައި 2020 | ބުދަ 07:49
ބޭންކް އޮފް މޯލްޑިވްސް ބޭރުން ނަގާފައިވާ ފޮޓޯއެއް

ބޭންކް އޮފް މޯލްޑިވްސް ބޭރުން ނަގާފައިވާ ފޮޓޯއެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީފޯރުކޮށް ދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން އެ ފަރާތްތަކަށް ނަފާ ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ މުޅިން ކަށަވަރު ނުކުރެވުކަމުގައި ވިޔަސް، އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އަށް ދޫކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމުގެ ޖީޑީޕީގެ 3/2 ހިއްސާކުރެއެވެ. އަދި ހަމައެހެންމެ އެ ދާއިރާއިން ރާއްޖޭގެ އެކްސްޕޯޓްގެ 80 އިންސައްތަ އާއި ގައުމަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ވެސް ހިއްސާކުރެއެވެ. އަދި ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް ގައުމަށް މިވޭތުވެދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައި ވެސް ވަނީ ހަމަ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުމާއެކު ފަތުރުވެރިކަން މުޅިންހެން މަޑުޖެހިގެން ދިޔުމާއެކުދެކުނު އޭޝިއާގެގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށް ކަމަށްވެފައި، ލަފާކުރުންތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 13 އިންސައްތައިގެ މިންވަރަކަށް ވެއްޓޭނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށް ވާން ފެށި، މާރޗް މަހު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެ ރާއްޖޭގެ ބޯޑަރު މާރޗު މަހު ތެރޭގައި ބަންދުކުރުމާއެކު 'ސުމަކަށް' ވެއްޓިފައެވެ. ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތިންބައި ކުޅައެއްބައި އަދި އަންހެންނުންގެ ހަތަރުބައި ކުޅައެއްބައި މީހުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތުގައި ބައިވެރިވާ ކަމަށް ލަފާކުރެވެއެވެ. ދާދި ފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށް ވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ލިބިފައެވެ.

އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް