Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯއާ އެއްވަރުވެ ބާސާއަށް އިތުރު ހާސްކަން

ބާސާ އާއި އެތުލެޓިކޯ އެއްވަރުވީ 2-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 07:33
ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާ އެއްވަރުވެ ލީގު ޗެމްޕިއަންކަން ދިފާއުކުރުމަށް ބާސެލޯނާއަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ނަގައިދިން ކޯނަރު ގޯލަށް ވަނީ އެތުލެޓިކޯގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށެވެ.

އެކަމަކު އޭގެ އަށް މިނެޓު ފަހުން އެތުލެޓިކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ސައުލް ނިގޭޒްއެވެ. މިއީ އެތުލެޓިކޯގެ ޔަނިކް ކަރަސްކޯއަށް ބާސާގެ އާޓޫރޯ ވިޑާލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ކޮސްޓާ ޖެހި ޕެނަލްޓީ ބާސާގެ ގޯލްކީޕަރު ޓާ ސްޓެގެން މަތަކުރި ނަމަވެސް، އޭނާ އެ ބޯޅަ ހުއްޓުވީ ގޯލު ރޮނގަށްވުރެ ކުރިއަށް ޖެހިގެން ހުރެ ކަމަށް ބަލައި އަލުން ޕެނަލްޓީ ޖަހަން ދިނުމުން، ސައުލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ބާސާއިން މި މެޗުގައި އަލުން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. އެތުލެޓިކޯގެ ފިލިއްޕޭ ބާސާގެ ޑިފެންޑަރު ނެލްސަން ސެމޭޑޯއަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ މެސީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ލަނޑެވެ.

އެތުލެޓިކޯ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީވެސް ޕެނަލްޓީ އަކުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި މި ޕެނަލްޓީ އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ސައުލްއެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން އެތުލެޓިކޯގެ ކަރަސްކޯއަށް ސެމޭޑޯ ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.

މި މެޗުން ބާސާ އެއްވަރުވުމުން، ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކުރަން ރެއާލް މެޑްރިޑަށް ވަނީ ފުރުސަތު ލިބިފައެވެ. ރެއާލް މި ވަގުތު އެއްވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބާސާ އޮތީ 33 މެޗުން 70 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯއަށް 33 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު