Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދާ އުފުލާ ގަޑިތަކަށް ބަދަލުތަކެއް

މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް އާންމުކޮށްފި

350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ދުއްވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖުލައި 2020 | ބުދަ 03:52
މާލޭގެ ބާޒާރުމަތީ ފިހާރައަކަށް ޕިކަޕަކުން މުދާ ބާލަނީ

މާލޭގެ ބާޒާރުމަތީ ފިހާރައަކަށް ޕިކަޕަކުން މުދާ ބާލަނީ

ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދިނުމާއެކު ބުދަ ދުވަހުން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް އާންމުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 1 ޖުލައި 2020 ން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ބުރިޖު މަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމަށްވެސް ވަކި ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭ ގައި މުދާ އުފުލަށް ހުއްދަ ދީފައިވާ ގޮތްތަކަށް ބަލާއިރު 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖައްސާފައިވެއެވެ. އެގޮތުގެ މަތިން ހެނދުނު 9:00ން ހެނދުނު 11:30ށް އަދި މެންދުރު 1:30ން ހެނދުނު 06:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހެނދުނު 11:30ން މެންދުރު 1:30ށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ. އަދި ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސިނަމާލެ ބުރިޖު މަތިން މުދާ އުފުލުމަށް ހަމަޖެހިފައިވާ ގޮތްތަކަކީ، ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭ ގޮތަށް ހަމަޖެއްސުމާއި، އަދި މިފަދަ އުޅަނދު ދަތުރު ކުރަން ވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ބުނެފައެވެ. އަދި 2 ޓަނުން މަތީގެ އުޅަނދު ބުރިޖު މަތިން ހަވީރު 6:00ން ހެނދުނު 6:00ށް މުދާ އުފުލޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭނީ މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތް ކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00ން ހެނދުނު 6:00ށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު