Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުން

ޖަމާއަތުގައި ނަމާދު ކުރަން ފަށާނީ މަޣްރިބް ނަމާދުން ފެށިގެން: މިނިސްޓްރީ

30 ޖޫން 2020 | އަންގާރަ 18:19

ސިޓީ ކައުންސިލުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ވަނީ އާއްމުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖޫން 2020 | އަންގާރަ 18:19
މިސްކިތުގައި ތިބޭއިރު މާސްކު އަޅަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައި

މިސްކިތުގައި ތިބޭއިރު މާސްކު އަޅަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައި

ބުދަ ދުވަހު މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނީ މަޣްރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތައް ހުޅުވާލާއިރު މާލޭ ސީޓީ ކައުންސިލުން ސަމާލުކަން ދޭން ޖެހޭ ކަންްތަކުގެ އިތުރުން މިސްކިތަށްދާ މީހުންގެ އިތުރުން އިމާމުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހިމަނައި ސާކިއުލާއެއް އާއްމުކޮށްފައެވެ.

ސިޓީ ކައުންސިލުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން އަދި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުމާއި އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުންވެސް ހިމެނެއެވެ.

މިސްކިތަށް ނަމާދަށް ދާ އެންމެންވެސް މިސްކިތުގައި ތިބޭއިރު މާސްކު އަޅައިގެން ތިބުމަށާއި، އަމިއްލަ މުސަލައެއް ގެންދިޔުމާއި، އަމިއްލަ މުސައްލަމަތީ ނޫން ގޮތަކަށް ނަމާދު ނުކުރަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުންޏެވެ.

ކޮވިޑު ބަލީގެ ރިސްކް ކެޓަގަރީ ނުވަތަ ބަލީގެ ނުރައްކާ އެންމެ ބޮޑުވާ މީހުންނާއި ކޮވިޑުގެ އަލާމަތްތައް ހުންނަ މީހުން، ޖަމާއަތުގައި ނަމާދުކުރަން ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އިމާމުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ބަންގި އަށް ފަހު ފަސް މިނިޓް ތެރޭ ގަމަށްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނިޓަށް ދިގު ނުކުރުމެެވެ.

މާލޭގެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

ގއ. ވިލިނގިލީ އާ މިސްކިތުގައި ނަމާދުކުރަން ފެށުމަށް ފުލުހުން ހުރަސްއަޅައިފި

21 ސެޕްޓެމްބަރު 2017
ގއ. ވިލިނގިލީ އާ މިސްކިތުގައި ނަމާދުކުރަން ފެށުމަށް ފުލުހުން ހުރަސްއަޅައިފި
06 ޖުލައި 2017

މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު

06 ޖުލައި 2017
މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު
25 ޖޫން 2017

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި

25 ޖޫން 2017
މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި
25 ޖޫން 2017

މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

25 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
20 ޖޫން 2017

މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

20 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
16 ޖޫން 2017

މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

16 ޖޫން 2017
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
26 މާރިޗު 2017

މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި

26 މާރިޗު 2017
މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި
15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް