Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފަޅު މަޝްރޫޢު

ގުޅިފަޅުން ހިއްކާ ބިމުގައި 6000 ހައުސިންގ ޔުނިޓް އެޅުމަށް ބިން ކަނޑައަޅަން ފާސްކޮށްފި

މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 ޖޫން 2020 | އަންގާރަ 12:18
ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން

ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން

ރާއްޖޭގެ މައި ޕޯޓް ހެދުމަށް ކ. ގުޅިފަޅުން ހިންގާ ބިމުގައި، މަދުވެގެން 6000 ހައުސިން ޔުނިޓު އަޅަން ބިން ކަނޑައަޅަން، ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ކ. ގުޅިފަޅު ޕޯޓް މަޝްރޫޢުއަށް ބިން ހިއްކަން ފެށުމުން އެކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ދިރާސާ ކޮށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފަ އެވެ. މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުންނެވެ.

މިމައްސަލައަކީ ކ. ގުޅިފަޅުގައި ބައިނަލްއަގްވާމީ ކޮމަރޝަލް ބަނދަރެއް ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ބިން އުފެއްދުމަށް އެފަޅު ހިއްކަން ފެށުމާއެކު، އެސަރަހައްދުގެ މޫދުގެ ވެއްޓަށް އަސަރު ކުރަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަން ފެށުމުން އެކަން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަމާލުކަމަށް ގެނެސް އެކޮމިޓީން އިސްނަގައިގެން ބަލަންފެށި މައްސަލައެކެވެ. އެގޮތުން 01 ޖޫންގައި މިމައްސަލަ ކޮމިޓީން ބަލާ ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި މިހާރުން މިހާރަށް 9 ކަމެއް ކުރުމަށް ލަފާދީފައިވެ އެވެ.

އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިމަޝްރޫޢަކީ ތިމާވެއްޓަށް އިއާދަ ނުކުރެވޭފަދަ ބަދަލެއް އަންނާނެ މަޝްރޫޢަކަށް ވެފައި، އެކަމުގެ ސަބަބުން ހަގީގީ އެންވަޔަރަންމަންޓަލް ކޮސްޓް ބޮޑުވާނެކަމަށް ބެލިފައިވުމާއެކު، މަޝްރޫޢުގެ އެންވަޔަރަންމަންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައި ކުރުމުގައި މަޝްރޫޢުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިޔުމަކީ މުހިންމު ކަމެއްކަމުގައި ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވެފައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ގޮތެއްގައި އޮތް ސަރަހައްދަކަށް ގުޅިފަޅު ވުމާއެކު ހަމައެކަނި އިގްތިޞާދީ މަސައްކަތްތަކަށް އެ ސަރަހައްދު ޚާއްސަ ކުރުމުގެ ބަދަލުގައި ދިރިއުޅުމުގެ ބޭނުމަށް ހިއްކާ ބިމުގެ 15 އިންސައްތަ ހަމަޖައްސައި، މީގެތެރެއިން ސޯޝަލް ހައުސިންގ އަށް މަދުވެގެން 6000 ހައުސިންގ ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުމަށެވެ.

ކޮމިޓީގެ މިހުށަހެޅުމަށް މަޖިލީހުގެ ތަޅުމުގައި ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމް ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅިފަޅުން ހިއްކާ ބިމުން މަދުވެގެން 30 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ހަމަޖައްސައި، އެ ބިމުގައި ރެޒިޑެންޝަލް ޒޯނެއް ކަނޑައެޅުމަށާއި، އެ ޒޯނަށް ކަނޑައަޅާ ބިމުގެ ތެރެއިންް މަދުވެގެން 8000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ސޯޝަލް ހައުސިން އަށް އެކަށައެޅުމަށެވެ. ނަމަވެސް އުޝާމް ހުށަހެޅުއްވި މިއިސްލާހު ފާސްވެފައެއްނުވެ އެވެ. މިއިސްލާހު ފާސްކުރުމަށް ފެންނަކަމަށް 6 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި އެވެ.

ކޮމިޓީ ރިޕޯޓްގައި ލަފާދީފައިވާ އެހެން ކަންކަމަށް ބަލާލާއިރު ގުޅިފަޅު ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް އީއައިއޭ ރިޕޯޓްގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި، އޭގެއިތުރުންވެސް އެހާލަތަކާއި ގުޅޭގޮތުން އީޕީއޭއިން އަޅަންޖެހޭ ކަމަށް އަންގާ ފިޔަވަޅުތައް ފުރިހަމައަށް މަޝްރޫޢުގެ ވެރިފަރާތުން އަޅަމުން ގެންދިޔުމަށް ވަނީ ލަފާދީފަ އެވެ. އަދި މަޝްރޫޢުގެ ތިމާވެއްޓާ ގުޅޭ މަސައްކަތްތައް ވިލަރެސްކުރުން ޚަރުދަނާ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި މަޝްރޫޢުގެ އީއައިއޭ ކޮންސަލްޓަންޓާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ހިމެނޭ ގޮތުން ވަގުތީ ކޮމިޓީއެއް އުފައްދާ ހަފްތާއަކު އެއްފަހަރު ބައްދަލުވުމެއް ބާއްވައި ކުރެވެމުންދާ މަސައްކަތްތަކާއި ދިމާވާ މައްސަލަތައް މަޝްވަރާކޮށް ކަންކަން ހައްލުކުރަމުން ގެންދިޔުމަށް ވަނީ ލަފާދީފަ އެވެ.

މީގެއިތުރުން ވިލިގިނލި ފަރާއި، ހެންހާސް ޕްލޭސް މޮނިޓަރކުރުން ޚަރުދަނާކޮށް ކޮންމެ ދުވަހަކު އެއްފަހަރު ކިސަޑުގެ އަސަރު އެސަރަހައްދުތަކަށް ކުރަމުންދާ ގޮތް ބަލާ، ފޮޓޯ، ވީޑިއޯ އާންމު ކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާބެހޭ ޚުލާސާ ރިޕޯޓެއް ހަފްތާއަކު އެއްފަހަރު އީޕީއޭއިން ތައްޔާރުކޮށް އެރިޕޯޓް އާންމުކުރުމާއި އެރިޕޯޓް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ ލަފާދީފަ އެވެ.

މަޝްރޫޢުގެ ފުޓް ޕްރިންޓުގައި ހުރި ދިރޭ މުރަކަ ރައްކާތެރި އެހެން ސަރަހައްދަކަށް ގެންދިޔުމަށް ކުރާ މަސައްކަތް ޚަރުދަނާ ކުރުމާއި އެކަމުގެ މައުލޫމާތު އާންމުންނަށް ހާމަކުރަމުން ގެންދިޔުމަށް ހުށަހަޅާފައިވާއިރު ބޮޑު ދިޔައިގައި އަދި މޫސުން ގޯސް ވަގިތުތަކުގައި ހިއްކުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށްވެސް ކޮމިޓީން ވަނީ ލަފާދީފަ އެވެ. މީގެއިތުރުން ސެޑިމެންޓް ކޮންޓްރޯލްކުރުމަށް ޖަހާފައިވާ ބަންޑުގެ އުސްމިން، ބޮޑު ދިޔައިގައި ފެނުން މައްޗަށް ހުންނަ މިންވަރަށްވުރެ އުސްކުރުމަށްފަހު ނޫނީ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް ވަނީ ލަފާދީފަ އެވެ.

މަޝްރޫޢާ ބެހޭ މައުލޫމާތު މީޑިޔާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމަށް ލަފާދީފައިވާއިރު މަޝްރޫޢާ ގުޅޭ ކަންބޮޑުވުމެއް އޮތްނަމަ އެކަން ހުށަހެޅޭނެ ފަސޭހަގޮތެއް ޕްލޭނިންގ މިނިސްޓްރީ އާއި އީޕީއޭއިން ކަނޑައަޅާ އެކަންކަމަށް އަވަހަށް ޖަވާބުދާރީ ވެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ވަނީ ލަފާދީފަ އެވެ.

މީގެއިތުރުން ކޮމިޓީން ވަނީ ކޮނުމާއި ބިން ހިއްކުމުގައި ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރަންމަންޓަލް ގަވަރނަންސް ޚަރުދަނާކުރުމުގެ ގޮތުން އެޅުމަށް ފެންނަ ފިޔަވަޅުތަކެއްވެސް ކަނޑައަޅާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: ޝިފާ

ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: ޝިފާ

29 އޯގަސްޓު 2017
ޕީޕީއެމުން އައްޑޫގައި ބާއްވާ އިވެންޓަކަށް ދިއުމަށް ހައުސިންގެ މުއައްޒަފުންނަށް މަޖުބޫރުކުރުވަނީ!

ޕީޕީއެމުން އައްޑޫގައި ބާއްވާ އިވެންޓަކަށް ދިއުމަށް ހައުސިންގެ މުއައްޒަފުންނަށް މަޖުބޫރުކުރުވަނީ!

12 އޯގަސްޓު 2017
މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!

މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!

22 ޖޫން 2017
އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު