Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުފޮން އާއި ކިއެލީނީ އެއްބަސްވުން އާކުރުން

ޔުވެންޓަސްގެ އެއްބަސްވުން ބުފޮން އާއި ކިއެލީނީ އާކޮށްފި

ދެ ކުޅުންތެރިން އެއްބަސްވުން އާކުރީ އިތުރު އެއް އަހަރަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖޫން 2020 | އަންގާރަ 08:53
ޖިއަންލުއިޖީ ބުފޮން އާއި ޖިއޯޖިއޯ ކިއަލީނީ އެކުގައި

ޖިއަންލުއިޖީ ބުފޮން އާއި ޖިއޯޖިއޯ ކިއަލީނީ އެކުގައި

ޔުވެންޓަސް އާއެކު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ކެޕްޓަން ޖިއޯޖިއޯ ކިއަލީނީ ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފިއެވެ.

އެއްބަސްވުން އާކުރުމަށް ފަހު ބުފޮން ބުނީ އޭނާ އާއި ކިއަލީނީ އުންމީދުކުރި ގޮތަށް، ދެމީހުން ވަކިނުވެ އަނެއްކާވެސް ގުޅިގެން ކުރިން ކުޅުނު ގޮތަށް ކުޅެވޭނޭ ކަމަށެވެ. އަދި އެ ދެ މީހުންގެ ގުޅުން ކެނޑުމަށް ދުނިޔެވެސް އެއްބަސްނުވާ ކަމަށް ބުފޮން ބުންޏެވެ.

ޔުވެންޓަސްގެ އެއްބަސްވުން އިތުބާރު ޑިފެންޑަރު ކިއެލީނީ އާކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ފަރިތަކުރުންތަކުގެ ތެރެއިން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކޮށްފައެވެ. އެ އަނިޔާއާ ގުޅިގެން ހަ މަސް ދުވަހު ކުޅުމާ ދުރުގައި ކިއަލީނީ ހުންނަށް ޖެހުނުއިރު، އޭނާގެ ކުޅުމުގެ ތެރެއަށް އައީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އުމުރުން 35 އަހަރުގެ ކިއެލީނީ ދާދި ފަހުން ވަނީ ކުޅުން ހުއްޓާލަން ބޭނުންނުވާ ކަމަށާއި، އަންނަ އަހަރަށް ފަސްކުރި ޔޫރޯގައިވެސް ކުޅެން ގަސްތުކުރާ ކަމަށް ބުނެފައެވެ.

އުމުރުން މިހާރު 42 އަހަރުގެ ބުފޮން ވަނީ ޔުވެންޓަސްގައި 17 އަހަރު ހޭދަކުރުމަށްފަހު 2018 ވަނަ އަހަރު އެ ކްލަބު ދޫކޮށްލުމަށްފަހު ޕީއެސްޖީއަށް ބަދަލުވެފައެވެ. އެކަމަކު މިދިޔަ އަހަރު އޭނާ އެނބުރި ޔުވެންޓަސްއާ ގުޅުނުއިރު، މި ސީޒަނުގައި ބުފޮން ވަނީ މިހާތަނަށް 13 މެޗު ކުޅެދީފައެވެ. އަދި މިހާތަނަށް ޔުވެންޓަސްއަށް ޖުމްލަ 669 މެޗު ކުޅެދީފައިވާ ބުފޮން ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު ނުވަ ފަހަރު ހޯދާފައެވެ.

މީގެ އިތުރުން ލިވޯނޯއިން މީގެ 20 އަހަރު ކުރިން ކެރިއަރު ފަށައި ރޯމާ އާއި ފިއޮރެންޓީނާއަށްވެސް ކުޅުނު ކިއެލީނީ އަކީ 2005ން ފެށިގެން ޔުވެންޓަސްގެ މުހިންމު ކުޅުންތެރިޔެކެވެ. އަދި ފަބިއޯ ކަނަވާރޯ ކުޅުން ހުއްޓާލި ހިސާބުން ފެށިގެން، އޭނާއަކީ އިޓަލީގެ އެންމެ އިތުބާރު ޑިފެންޑަރެވެ. ޔުވަންޓަސްއަށް މިހާތަނަށް 509 މެޗު ކުޅެދީފައިވާ ކިއެލީނީ ވަނީ ގައުމީ ޓީމަށް 2004ން ފެށިގެން 103 މެޗު ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު