Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކައުންސިލް

ޖިންސީ ގޯނާ ލިބިފައިވާ ފަރާތަކާމެދު ހިންގި އަމަލު ތަފްސީލުކޮށް ރިޕޯޓު ނުކުރުމަށް އެމްއެމްސީން އިލްތިމާސް ކޮށްފި

30 ޖޫން 2020 | އަންގާރަ 06:14

އޭނާގެ ހާލަތު ގޯސްވެދާނެ ފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު އާންމު ނުކުރުމަށްވެސް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 ޖޫން 2020 | އަންގާރަ 06:14
ޖިންސީ އަނިޔާ ރިޕްރެޒެންޓޭޝަނަލް ފޮޓޯ

ޖިންސީ އަނިޔާ ރިޕްރެޒެންޓޭޝަނަލް ފޮޓޯ

ޖިންސީ ޝިކާރައަކަށްވެފައިވާ ފަރާތްތައް ނޫނީ ފަރާތެއްގެ އިންސާނީ ކަރަމާތަށް އުނިކަން އަންނާނެ ފަދަ ދަރަޖައަކަށް، އޭނާއާ މެދު ހިންގި އަމަލު ތަފްސީލުކޮށް ރިޕޯޓު ނުކުރުމަށް މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އިލްތިމާސް ކޮށްފިއެވެ.

ހުޅުމާލޭ ބޭރުގައި އަޅާފައިވާ ސަފާރީއެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވެ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އެކި އޮންލައިން ނޫސްތަކުގައި ޝާއިއު ކުރަމުން އަންނަ ލިޔުންތަކާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް ބުނެ އެމްއެމްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ އެފަދަ ކޭސްތައް ރިޕޯޓު ކުރުމުގައި ސަމާލުވުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ޖިންސީ އަނިޔާގެ ހުރިހާ ބާވަތެއްގެ މައްސަލަތަކަކީ ވަރަށް ބޮޑަށް މުޖުތަމައުއާ ގުޅިފައިވާ މައްސަލަތަކަކަށް ވެފައި، އެފަދަ މައްސަލައެއްގެ މަޢުލޫމާތު މީޑިއާއަކުން ރިޕޯޓް ކުރާއިރު އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ޔަގީންކުރުމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ، ސާބިތު ނުހިފޭ މައުލޫމާތު ޝާއިއު ނުކުރުމަށާއި ޖިންސީ ޝިކާރައަކަށްވެފައިވާ ފަރާތްތައް ނޫނީ ފަރާތެއްގެ އިންސާނީ ކަރަމާތަށް އުނިކަން އަންނާނެ ފަދަ ދަރަޖައަކަށް، އޭނާއާ މެދު ހިންގި އަމަލު ތަފްސީލުކޮށް ރިޕޯޓު ކުރުމުން ދުރުހެލިވުމަށް ވަނީ ބުނެފައެވެ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކުށްވެރިވެ، ފަޟީހަތްވެ އޭނާގެ ހާލަތު ގޯސްވެދާނެ ފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު އާންމު ނުކުރުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްސީން އިތުރަށް ބުނީ، މީޑިއާތަކުގެ އަޚުލާގީ މިންގަނޑާ ޚިލާފަށް މަޢުލޫމާތު އާންމު ކުރާ ނޫސްތަކާއި މަޖައްލާތަކުގެ މައްސަލަތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް