Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް

ބޮޑެތި ބާރުތަކަކާއެކު ޕޮލިސް ބޯޑެއް އުފައްދަން ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުގެ ހުށަހެޅުންތަކެއް

ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ މަރުޙަލާތަކުގައި ލަފާދޭނީ، މި ޤާނޫނުން އުފައްދާ ޕޮލިސް ބޯޑުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖޫން 2020 | ހޯމަ 16:01
ފުލުހުންގެ ތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ؛ ސަރުކާރުން ވަނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައި

ފުލުހުންގެ ތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ؛ ސަރުކާރުން ވަނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުގެ ފަރާތުން ބޮޑެތި ބާރުތަކަކާއެކު ޕޮލިސް ބޯޑެއް އުފައްދަން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ހުށަހެޅުންތައް ގެނެސްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާ ގުޅޭ ގޮތުން ލިބިފައިވާ ޚިޔާލުތަކުގެ އަލީގައި ކަމަށެވެ. އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ މަރުޙަލާތަކުގައި ލަފާދޭނީ، މި ޤާނޫނުން އުފައްދާ ޕޮލިސް ބޯޑުން ކަމަށް ކަނޑައެޅުމާއެކު، ކޮމިޝަނަރު ޢައްޔަންކުރުމުގެ އިޖުރާއަތު އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެގޮތުން ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލާނީ މިނިސްޓަރު ކަމާއި، މަޤާމު ހުސްވުމުގެ 3 މަސް ކުރިން އެ ފުރުޞަތު ހުޅުވާލަންވާނެ ކަމަށް ކަނޑައެޅުމާއި، ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަރވިއުކުރާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކުލަވާލާ ރިޕޯޓުގައި ވާ ކަންކަމަށް ރިޢާޔަތްކޮށް، ޕޮލިސް ބޯޑުން ރިޕޯޓެއް އެކުލަވާލައި މިނިސްޓަރަށް ހުށަހަޅާ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ހަމައެކަނި ކޮމިޝަންޑް އަދި ނަން-ކޮމިޝަންޑް އޮފިސަރުން ހިމެނޭ ގޮތަށް ފުލުހުންގެ ރޭންކުތައް ބަދަލުކޮށް، މި ބަދަލާއެކު ކޮންސްޓަބަލުން ހިމެނޭނީ ނަން-ކޮމިޝަންޑް އޮފިސަރުންގެ ދަރަޖައިގައި ކަމުގައި ކަނޑައެޅުމާއެކު، ކޯޕްރަލްގެ ރޭންކް އުވާލައި، ފުލުހުންގެ ރޭންކުތައް ތަރުތީބުކުރެވިގެންވާ ގޮތަށް ބަދަލުގެނައުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ފުލުހުންނަށް ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ޙަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، ޖިނާއީ ތަޙްޤީޤެއް ހިންގުމުގައި، ދިވެހިރާއްޖެއިން ބޭރުގައިވެސް ފުލުހުންނަށް ޙަރަކާތްތެރިވެވޭނެ ޙާލަތްތައް ބަޔާންކުރުމާއި، ފުލުހުންގެ ވަޒީފާއިން ވަކިވެ، ވަޒީފާއަށް ވަނުމާ ދެމެދު މީލާދީ 5 އަހަރު ފާއިތުވެފައިނުވާނަމަ، އެފަދަ ފަރާތްތަކުން ފުލުހުންގެ އަސާސީ ތަމްރީނުތައް ފުރިހަމަކުރަން ނުޖެހޭގޮތަށް، އެހެންނަމަވެސް، ޤާނޫނު ލާޒިމުކުރާ ފުލުހުންގެ ހުވާކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ފުލުހުންގެ ޚިދުމަތުން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ވަނުމަށް އެދޭ ފުލުހުންނާމެދު ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

ވާޖިބުގައި ނިޔާވާ ފުލުހުންނަށް ޢިނާޔަތުގެ ގޮތުގައި ދެވޭނީ ނިޔާވި ދުވަހު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތް އެއްކޮށްލުމުން ޖެހޭ ޖުމްލަ ފައިސާގެ ޢަދަދުގެ %140 އާ އެއްވަރުގެ ޢަދަދެއް ކަމުގައި ކަނޑައެޅުމާއެކު، ވާޖިބުގައި ނިޔާވާ ފުލުހުންގެ ޢާއިލާއަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި ނިޔާވާ ރެކްރޫޓުންނަށް ވެސް ލިބިދޭ ގޮތަށް ބަދަލުކުރުމާއި، ވާޖިބުގައި އަނިޔާވާ ފުލުހުންނަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި އަނިޔާވާ ރެކްރޫޓުންނަށްވެސް ލިބިދޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.

އަދި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހިނގަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިންކަން ކަށަވަރުކުރެވޭނެ އެކްސްޓަރނަލް ރިވިއު މެކޭނިޒަމެއް ތަޢާރުފުކުރުމުގެ ގޮތުން، ޕޮލިސް ބޯޑެއް އުފައްދައި، އެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތު ބަޔާންކޮށް، އެ ބޯޑު އެކުލެވިގެންވާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުންތަކެއްގެ މައްޗަށް ކަމުގައި ބަޔާންކުރާ މާއްދާތަކެއް ހިމެނޭ ގޮތުން އާ ބާބެއް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ފުލުހުންނަށް އެއްވެސް މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކުގައި، އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކުރުމާއި، މިނިސްޓަރަށް ވަކިވަކި ފުލުހުންނާ ސުވާލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް އިސްތިސްނާއެއް ގެނެސް، ފުލުހުންގެ ޚިދުމަތުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކާ ސުވާލުކުރުމުގެ ބާރު، މިނިސްޓަރަށް ލިބިދެވޭނެ ކަމަށް ބަޔާންކުރުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ފުލުހުންގެ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި 241 ކޮމިޓީއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް، ފުލުހުން ޒިންމާދާރުކުރުވުމަށް އަލަށް ތަޢާރުފުކުރާ ޕޮލިސް ބޯޑުގެ މެންޑޭޓަށް ބައެއް ކަންކަން ބަދަލުކުރުމާއެކު، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާއި ކޮމިޝަނަރާ ސުވާލުކޮށް، ކޮމިޓީން އިޞްލާޙުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ލާޒިމުކޮށް، ކޮމިޓީން ހުށަހަޅާ ގޮތަށް އިޞްލާޙުކުރެވެން ނެތް ކަންކަން، ސަބަބު ބަޔާންކޮށް އެންގުމަށް ކަނޑައަޅައި، ކަމާބެހޭ ބާބު އިޞްލާޙުކުރުމަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.

ފަހު ކަމަކަށް ފުލުހުންނަށް ތައުދީބީ ފިޔަވަޅު އެޅުމަށް އެކުލަވާ ޑިސިޕްލިނަރީ ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއެކު، ޑިސިޕްލިނަރީ ކުށްތަކާއި، އެފަދަ ކުށާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ، ޑިސިޕްލިނަރީ މައްސަލަތައް ބެލުމާގުޅޭ އިޖުރާއަތު މިހާރު ޢަމަލުކުރަމުން އަންނަ ކަމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ވީވަރަކުން އެއްގޮތްކޮށް ތަފްޞީލުކުރުމަށްޓަކައި ކަމާބެހޭ ބާބު އިޞްލާޙުކުރުމަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު