ކ. މާލެ
|
29 ޖޫން 2020 | ހޯމަ 18:53
ސޯސަލް ހައުސިންގެ 7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް: ފްލެޓްތަކުގެ ސައިޒު ނުވަތަ ކޮޓަރިތަކުގެ ޖާގަ ކުޑަވެފައި އަގު ބޮޑު
ސޯސަލް ހައުސިންގެ 7000 ފްލެޓްގެ "ހިޔާ" މަޝްރޫއުގެ ޓަވަރުތަކެއް: ފްލެޓްތަކުގެ ސައިޒު ނުވަތަ ކޮޓަރިތަކުގެ ޖާގަ ކުޑަވެފައި އަގު ބޮޑު
ރާއްޖެއެމްވީ
ހިޔާ ފްލެޓް
އިންތިހާބުން ނާކާމިޔާބުވީމަ ދިނީ ދެން އައި ސަރުކާރަށް ލަނޑެއް!
މިނިސްޓަރ އަސްލަމް ވެސް ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުން އެވިދާޅުވާ އަގަށް ފްލެޓް ނުދެވޭނެ ކަމަށް
އެއީ އިންތިހާބު ނިމުމުން، ދެން އަންނަ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރެއްވި ކަމެއްކަމަށް އަސްލަމް ތުހުމަތު ކުރެއްވި
ފްލެޓްތައް ހަވާލުކުރާނީ އެގްރީމެންޓްގައި ހިމެނޭ ކަންކަން ނިންމުމަށްފަހު، ޓައިލްސް ޖެހުމާއި ކޮޓަރި ދޮރެއް، ފަންކާއެއް ލައިޓެއް ނުހުންނާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީ 16 ޓަވަރާއި އެ ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ވާހަކައަކީ މިހާރު މާގަދައަށް ދެކެވެމުންދާ ވާހަކައެކެވެ. އެހެންވާނެތާއެވެ. ރާއްޖޭގެ ރައްޔިތުން، ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދާއިމީ ބޯހިޔާވަހިކަމެއް ނެތި، ދިރިއުޅޭތާ އުމުރުން މިވީހާ ދުވަހެއް ވީއެވެ. މަންމަ މާމައަށް, ބައްޕަ ކާފައަށް، ބަދަލުވެ، ކާފަ ދަރިންގެ ދަރިން މީހުންނާ އިނދެ ދަރިން ހޯދައިފިއެވެ.

މަޝްހޫރު 7000 ފްލެޓްގެ ވާހަކަ ނުދައްކަންވީ ސަބަބެއް އެެހެންވީމާ ނެތެއްނޫންތޯއެވެ؟ ސޯޝަލް ހައުސިންއޭ ކިޔާފަ، ތަނެއް ދައްކައިފިއްޔާ އެތަނަކަށް ނުދާންވީ ސަބަބެއް ވެސް ނެތެއް ނޫންތޯއެވެ؟ އިތުރު އެހެން ގޮތެއް މިނިކަމެތި ދިވެހި ރައްޔިތުންނަށް ހަމަ ނެތުމުން ވާނީ ވެސް އެހެންތާއެވެ.

އެކަމަކު ދައުލަތުން ކުރާ ކޮންމެ ޚަރަދެއް، ނަގާ ކޮންމެ ލޯނެއް ނަގަނީ ރައްޔިތުން "މޯގޭޖް" ކޮށްގެންނެވެ. އެ ނަގާ ލޯނުތަކުގެ ދަރަނި ދެއްކުމުގެ ޒިންމާ މި ބުނާ ކާފަ ދަރިންގެ ދަރިންނާ ހަމައަށް ވާރުތަވެގެން އާދެއެވެ. މިކަމުގައި އިހުތިޔާރެއް ނޯވެއެވެ.

ކިތަންމެ ގިނަ ފައިސާއެއް ހަރަދު ކޮށްގެން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއް ވިޔަސް، ރައްޔިތުންނަށް ވާ ފައިދާއެއް ނެތެވެ. ބޮޑުތި މަޝްރޫއުތަކުން ބޮޑުން ޖީބުތައް ފުރި ބަންޑުވަމުން ދާއިރު، ނިކަމެތިން ވަނީ އިތުރަށް ނިކަމެއްޗެވެ. ކިތަންމެ ބައިވެރެއް ބޮޑުން ތިބެގެން ޖީބަށް އެޅިޔަސް، ފައިސާ ދައްކަން ޖެހެނީ އެންމެނެވެ. އިންސާފުވެރިއެއް ނޫންތޯއެވެ؟

"ކަޓު" ނެގި މީހާ ލަގްޒަރީ އެޕާޓްމަންޓްތަކުގައި އުޅޭއިރު، ނިކަމެތި ރައްޔިތު މީހާއަށް ޖެހެނީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމްވެ، ބޮޑު އަގުތަކުގައި ބޯހިޔާވަހިކަން ހޯދާށެވެ. ނޫނީ ބޯހިޔާވަހިކަން ހޯދަން ވެރިންގެ ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރާށެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. މިއީ އެ ހައުސިންގ ލޯނުގެ ސީދާ އަދަދުން 7000 ފްލެޓަށް ބަހާލާނަމަ، ފްލެޓަކަށް 62،000 ޑޮލަރު ނުވަތަ 956،040 ރުފިޔާގެ ރޭޓެކެވެ.

މި ލޯނުގެ އިންޓަރެސްޓާއި، ލޯނު އަނބުރާ ދެއްކުމުގައި ދިގުމުއްދަތަކަށް ބަހާލާނަމަ ފްލެޓަކަށް ޖެހޭ ފައިސާގެ އަދަދު މިސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ފްލެޓް ދެވޭނެ އެންމެ ދަށް އަގުކަމަށް ހައުސިންގ ޑޮވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިވަގުތު ބުނަމުންދަނީ 11،000ރ. އެވެ.

މިއީ ސޯޝަލް ހައުންސިންގ ފްލެޓަކަށް ބޮޑު އަގެކެވެ. އަދި އަމުދުން މި ފްލެޓްތަކުގެ ކޮންސެޕްޓް ޑިޒައިނިންގނަށް ބަލާއިރު ވެސް ބޮޑެވެ. ހާއްސަކޮށް، ނިކަމެތި ރައްޔިތުންނަށް 20 އަހަރު ވަންދެން ކޮންމެ މަހަކު 11،000ރ. ދައްކަން ޖެހުމަކީ ދަތިކަމަކަށްވާނެއެވެ. ތަނުގެ ފެންވަރަށް ބަލާއިރު، އަތުން ކުރަންޖެހޭ އިތުރު ހަރަދުތައް ގިނައެވެ. މުށި ޖެހިޔަސް، ތަރުފާލު އެޅިޔަސް، ނުވަތަ ލަކުޑި ފްލޯރިންގ ހަރުކުރިޔަސް، އަތުން ހަރަދުތަކެއް ދާނެކަން ކަށަވަރެވެ.

ފްލެޓަށް ކަނޑައެޅި އަގުތަކާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ!

މިހާރު ދައްކާ އަނެއްވާހަކައަކީ، ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވަނީ އެފްލެޓްތައް މަހު ކުލީގެ ގޮތުގައި 5،600ރ. ދެއްކުމަށް ކަމަށް ބުނާ ވާހަކައެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ވާހަކައެއް ނުދައްކައެވެ. އަދި އެގޮތަށް ނިންމީ ސަބަބާ ދޭތެރޭ ވެސް ވިސްނާހެނެއް ހިޔެއް ނުވެއެވެ.

ރައީސް ޔާމީން އެގޮތަށް ނިންމެވިކަމަށް ބުނާ ސިޓީއަށް ބަލާލާނަމެވެ. އެ ސިޓީއަކީ 17 އޮކްޓޯބަރު 2018 ގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީއެކެވެ. ސިޓީގެ ތާރީހަށް ބަލާލާއިރު، އެއީ 2018 ވަނަ އަހަރު ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު، ރައީސް ޔާމީންއަށް ނާކާމިޔާބުވެ، 24 ދުވަސްފަހުން ފޮނުވި ސިޓީއެކެވެ.

އެ ސިޓީގައިވާ ގޮތުން ޑައުން ޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހެއެވެ. ދެން 20 އަހަރަށް ބަހާލައިގެން 5،600ރ. ކޮންމެ މަހަކު ދެއްކުމަށް ބުނެފައި ވެއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ ރުފިޔާ ނެގުމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ފްލެޓްގެ އަގު އަދާކޮށް ނިމޭއިރު، ކޮންމެ ފްލެޓަކުން 1،609،000ރ. ދައްކަން ޖެހެއެވެ. މިއީ ޑޮލަރުން ބަލާނަމަ، 104،345 ޑޮލަރެވެ. އެހެންވީމާ، 434 މިލިއަން ޑޮލަރު ނެގި ލޯނު އަނބުރާ ދާއްކާއިރު، 730 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ނިކަމެތި ރައްޔިތުންގެ އަތުން އެބަ ޚަރަދު ވެއެވެ.

ދެން އޮތީ މިސަރުކާރުން ބުނާ އަދަދެވެ. އެޗްޑީސީން ބުނަނީ ރައީސް ޔާމީން ފްލެޓް ދޭން ނިންމަވާފައިވާ އަގަކީ، އެއީ ހިސާބު ޖައްސަވައިގެން ހައްދަވާފައިވާ އަދަދެއް ނޫންކަމަށެވެ. އެ އަގަށް ފްލެޓް ނުދެވޭނެ ކަމަށެވެ. އެޗްޑީސީން ބުނާ، 11،000ރ. ކޮންމެ މަހަކު ފްލެޓަށް ދައްކަން ޖެހޭނަމަ، 6720 ފްލެޓަށް ބެލިކަމަށްވިޔަސް އެއީ، ފްލެޓަކަށް 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެޕާޓްމަންޓުތަކުގެ ސައިޒާ ކޮލިޓީއާ މެދު ކަންބޮޑުވުން އެބަހުރި. ކޮންމެ އެޕާޓްމަންޓެއް އެއީ 540 އަކަ ފޫޓު

ސިޓީގައި ކޮންމެ އަގެއް ވެސް ޖެހިދާނެ: އަސްލަމް

ފްލެޓްގެ އަގާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން އާންމުކުރި ސިޓީއާ ގުޅިގެން، މި ސަރުކާރުގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، އެސީޓީގައި ކޮންމެ އަގެއް ވެސް ޖެއްސިވިދާނެ ކަމަށެވެ.

ބައެއް ބޭފުޅުން ބައެއް ސިޓީ އެބަ ހާމަކުރައްވާ ސޯސަލް މީޑިއާގައި. އިންތިހާބުގެ ފަހުން ފޮނުވާފައިވާ ސިޓީތައް އެއީ، މިވެނި އަގެއްގައޭ މިތަންދޭނީ، އެސިޓީގައި ޖެއްސެވިދާނެ ކޮންމެފަދަ އަގެއްވެސް. އެނގިއްޖެތާ ތިމަންނާމެން ސަރުކާރުގައި ނުތިބޭނެކަން. އެހެންވީމާ ކޮންމެ އެއްޗެކޭ ޖަހާފަ ވެސް ދެވިދާނެތާ އެސިޓީ. ދެންއަންނަ ބަޔަކަށް އާނދޮގޭ ލަނޑެއް ދޭނަމޭ، ނިކަންވާ ރަނގަޅޭ ކިޔާފަ އެކަންކުރެވިދާނެތާ،
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވެފައިވަނީ، މި ސަރުކާރުން ނިންމާފައިވަނީ، ވީހާވެސް އަވަހަކަށް އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ދިނުމަށެވެ. އެގޮތުން މިހާރު ނުނިމިހުރި މަސައްކަތް ނިންމުމަށްޓައި، މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެޗްޑީސީން ވެސް ބުނެފައިވަނީ މިއަހަރުގެ ތެރޭގައި ފްލެޓްތައް ހަވާލު ކުރެވޭނެކަމުގެ އުއްމީ ބޮޑު ކަމަށެވެ.

އެޗްޑީސީން ބުނީ، ފްލެޓްތަކަށް ބޭނުވާ ފެނާއި ކަރަންޓް، ފްލެޓްތަކާ ހަމައަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީއާއި ސްޓެލްކޯއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

ފްލެޓްތަކާ ހަމައަށް ފެނާއި ކަރަންޓް ފޯރުކޮށް ދިނުމުން، އަދި ކޭބަލް ޓީވީއާއި އިންޓަރނެޓް ކޭބަލް، ނުވަތަ ކަނެކްޝަންތަކުގެ ވައިރިންގ ފަދަ، ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ކުރަންޖެހޭނީ ފްލެޓް ލިބޭ ފަރާތުން ކަމަށެވެ.

ފްލެޓް ހަވާލު ކުރާ ދުވަހު އެތަނުގައި އަދި އުޅެވޭ ގޮތަކަށް ނޫން ހުންނާނީ. ފްލެޓް ހަވާލު ކުރީމާ އެމީހާ ޖެހޭނެ ތަޅުމުގައި ޓައިލްސް ޖަހަން ނުވަތަ ތަރުފާލު ނަމަވެސް އެބޭފުޅަކު ބޭނުންވާ އެއްޗެއް އަޅަން. އެމީހާ ޖެހޭނެ ކޮޓަރިތަކުގެ (ދެ ކޮޓަރި) ދޮރު ހަރުކުރަން، އެމީހާ ޖެހޭނެ އެތަނުގެ ބަދިގޭގެ ކަބަޑުފަދަ ތަކެތި ހަރުކުރަން. ފަންކާއާއި ލައިޓް ހަރުކުރަން ޖެހެނޭ. މިދެންނެވި އެއްޗެއްސަކީ އެގްރީމެންޓްގައި ހިމެނިފައިނެތް ކަންކަން،
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ސޯސަލް ހައުންސިންގ ދަށުން ފްލެޓް އަޅައި ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ދައުލަތުން ފޯރުކޮށްދޭނަމަ، އެކަން ކުރަން ޖެހޭނީ އެ ރައްޔިތު މީހާއަށް ދާއިމީ ކޮށް ދިރިއުޅެވޭނެ ގޮތަަކަށެވެ. އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ފްލެޓްތައް ނުހުރެދާނެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބެން ޖެހެއެވެ.

ބަޔަކު ކިތަންމެ ދިފާއު ކުރިޔަސް މިއީ ނިކަމެތިންނަށް ހައްގު މިންވަރެއް ނޫނެވެ. އެއީ ލަގްޒަރީ އެޕާޓްމަންޓަށް ބަދަލުވާން ކުރާ ދަތުރުގެ، ފުރަތަމަ މަންޒިލޭ ބުނާ ވާހަކަތަކަކީ ހަގީގަތާ ދުރު ވާހަކަތަކެކެވެ. ރާއްޖޭގެ އެވަރެޖް އާއިލާއަކަށް ބެލިޔަސް، މިއީ ދިރިއުޅެން ދަތިވާނެ ތަނެއްކަން އެވެރިންނަށް ވެސް އިނގޭނެއެވެ.

- ކޮމެންޓް
4 ޖުލައި 2020 | ހޮނިހިރު 00:43
ވަހީދު
ބަޔަކު ދައްކާހާ ވާހަކައެއް ރައްޔިތުން މިހާރު ޤަބޫލެއް ނުކުރާނެ. ތިއިން ފްލެޓެއް އަޅަން ޚަރަދުވީ 62،000 ޑޮލަރު. 20 އަހަރުގައި އޮންނަ 240 މަހަށް ބަހާލީމަ މަހަކަށް ޖެހެނީ 258 ޑޮލަރު އެއީ 3875 ރުފިޔާ. އެހެންވީމަ 5600 ރުފިޔާއަށް ނުދެވެންވީ ސަބަބެއް ނެތް.
2 ޖުލައި 2020 | ބުރާސްފަތި 00:12
ޗީޗީ މުޑުދާރުން
އާނއެކޭ. 3 ކޮޓރި 3 ދާޛާބާއާއެކު ގަދާ މެއިންޓެބަންސް ފޒިއާއެކު 7000 އަށް ދީފަ އެހެރީވެސް ގަންޖާ ސަރުކާރަށް ޖެއްސުމަށް. ލާހިކެއް ނޫން ކަލޭމެނަށް އެވަރު ކަމެއް ކުރާކަށް. ފޯނުބިލު ވަގުކަލޭގެ މެނަށް ނޭނގޭނެ ކަމެއް ކުރާކަށް. އަސަރު ކޮށްކޮށް ތިބެން ޖެހޭނީ. އަދި އިތުރު 5 އަހަރުވިޔަސް ކުރެވޭނެ ހަމަ އެއް ކަމެއްވެސް ނެތް އެމްޑީއެން އާއި އުތެމަ ކަހަލަ ދެވައްތަރު ކުޅި ކުޅޭ ފާސިގުންގެ ކަންތައް ކުރެވޭނީ.
2 ޖުލައި 2020 | ބުރާސްފަތި 00:02
ކިނބޫ
ދިން ލަނޑު މަށަށް ދެރައީ. ވަގުން ލަގޮނޑިއަށް ކެތް ނުކުރެވިގެން ތެޅުބަސް ތަން ތަޅާކަށްވެސް ނުކެރޭނެ ހަމަޖެހޭނީ ދޭން. ހަޔާތުގަވެސް މިވަރު ޕްރޮޖެކްޓެއް ހިންގޭހާ ތެތްކަމެއްވެސް ބޮލަކު ނެތީމާ ދެން އާދެވޭނީ ރުޅި. ކުޑަމޯޑީވެސް ހިޔާ ފްލެޓޭ މީހަކު ބުނާއިރަށް މޫނު ތަޣައްޔަރުވެ ހަތަރެސްދައި ބުޅިވެ އަނގައިން ފޮނުއަރާ އެހެރަ ވާގޮތެއް ފެނުނީމަ ސަހަނރޯވެރިވޭ. އަޅޭ ޭ ޭ ދެރަވޭ!
30 ޖޫން 2020 | އަންގާރަ 21:43
އިސްމާއިލް ވަހީދު.
އަޅުގަޑު ގަބޫލް ކުރާ ގޮތުގާ މީ ޔާމީން ސަރުކާރުން އަސްލުގަ ސީދާ ޔާމީން ، ދިވެހިރައްޔަތުންގެ ދަރަޖަ ވަޒަން ކުރައްވާ ގޮތް.
30 ޖޫން 2020 | އަންގާރަ 13:35
ސަރުކާރު ފެ އިލްވާތީތަ ޑިފެންސަ އް ތި ކުޅެނީ؟ ޢެމްޑީޕީގެ އަނގަ ސަ އްލެގެ މީޑިޔާ ޓީމަކީ
30 ޖޫން 2020 | އަންގާރަ 03:35
÷ފުލެޓް ދޮންބެ
މިވެރިން ބުނޫ އެއީ އިންސީން ކޮއްފޭ ހުރި ކަމެއް ނޫނޭ. އެވެރިން ކިހިނެއްހޭ 3 އަހަރު ތެރޭ 25 ބުރީގެ 16 ޓަވަރު އެޅޫ؟ މަމެން ބުރިން ހަންދުއްވޭލޭގެން 2 އަހަރު ވިއިރުވެސް ވީކަމެއް ހަރާމޭ. ފެނާ ކަރަންޓާ ގުޅޭން ވެސް ނޭންގިފޭ މިތިބޫ. މަމެން ހަމަ ކޮސްވެފޭ މިތިބީ.
30 ޖޫން 2020 | އަންގާރަ 00:18
ޢަހަންމާ
ކިހާދެރަ ކަމެ އްތަ މީ. 5600 ނުން ގޮތަކަށް ދީ ފިޔާ ވާގޮތް ބަލަން ތިބޭ
30 ޖޫން 2020 | އަންގާރަ 00:09
ޙެޔޮއެދޭ ދަރިއެައް
ޢަންނަ ކޮންމެ ރައީސަކަށް ދުރުރާސްތާ ޕްލޭން އަދި އެޕާޓްމަންޓް ކުޑަ ބޮޑު މިން ބަދަލުކޮށް ހުރި ހާ ކަމެއްވެސް ވޯޓް ހޯދަން ކުރަންޏާ 500 އަހ ހަރުވިޔަސް އަހޙަރެމެންގެ ޤައުމު ނުވާނެ ތަރައްޤީއެއް އަދި މި ބޯ ހިޔާވަ ހިކަމުން ވެސް އަރައެއް ނުގަނެވޭނެ. މަޖިލީހގެ ނާޤާބިލުކަން. ސިޔާސީ ފަރާތްތަކަށް ޤައހުމުގެ ދުރުރާސްތާ ޕްލޭން ބަދަލު ކުރެވޭގޮތަށް އޮތުން. ރަޔިތުންނަށް ދޭ ފްލެޓްތަކުގެ މިންގަޑެއް ކަނޑައެޅިފައި ނެތުން. ރިއަލް އެސްޓޭޓް ޤާނޫނެއް ނެތުން. ޓެކްސް އަދި ހުންނަން ޖެ ހޭ ކްއަލިޓީ އަދި އަގެއް ކަނޑައެޅިފައި ނެތުން.
29 ޖޫން 2020 | ހޯމަ 23:41
ނާޤާބިލް
މި ހާރު ރައްޔިތުން ތިތަންތަން ބޭނުން ކުރާނެ ޔާމީނު ސަރުކާރުން އެޅި ކޮތަރު ކޮށިތައް މި ސަރުކާރުން ތަޅާ ބޮޑުކޮށްފަ އެ ހެރީ ދެ ކޮޓަރި ތަންތަން ތިން ކޮޓަރިއަށް ހަދާފަ އެތަނުގަ ޖުމްލަ 750 އަކަފޫޓު ހުންނާނެ...އެއްކޮޓަރި ތަންތަން ދެކޮޓަރިއަށް ހަދާފަ ހުންނާނީ...މީ ރައްޔިތުންގެ އި ހުސާސުތައް ދަންނަ ސަރުކާރެއް....ޔާމިނު ހިތުން މިސަރުކާރަށް ލަނޑެއް ދޭނަމޭ ހިތާ ކޮށްފަ ހުރިކަމަކަށް ވިޔަސް މިސަރުކާރަކަށް ލަނޑެއް ނުދެވޭނެ....އެޔަށްވުރެ މާ ކޮލިޓީ ސަރުކާރެއް މީ....ފަސް އަ ހަރުގެ ދައުރު ނިމޭ އިރު ރައްޔިތުން ތިބޭނީ ހިނިތުން ވެލާ ހާ ވަރުވެސް ނެތިފަ ކޮށް ދިންކަންތައްތައް ގިނަކަމުން...އެކަމު މިފެންވަަރަށް މިތަންތަން ބަދަލުކޮށްފަ ދެވޭނީ...އަ ހަރުމެންގެ ޕާޓީގެ ކުދިންނަށް ދީފަ ބާކީ ހުރިއްޔާ...މީވަރަށް ސާފު ކަމެއް
29 ޖޫން 2020 | ހޯމަ 22:00
އަމަން
ދެން ތިތަނުން ފްލެޓެއް ލިބިއްޖެއްޔާ އެލިބޭ މީހަކު އެތަނާ ޙަވާލުނުވެ އެތަން ދޫކޮށްލަންވީތޯ؟ ދެން އޭރުން ތިޔަ ޢިމާރާތް ތަކަށް ކިހިނެތްތޯ ހަދަން ސަރުކާރުން ގަސްދުކުރައްވަނީ؟ފްލެޓު ލިބުނަސް ފްލެޓަށް ނުދާށޭތޯ ތިޔަ ވިދާޅުވަނީ؟ރައްޔިތުން ދެން ކީއްތޯ ތިޔަކަމުގަ ކުރަންވީ؟އިރުއިރުކޮޅާ އެތަނުގެ ކަމުނުދާ ވާހަކަ ލިޔުމުގެ ބަދަލުގައި ނޫސްވެރިން މި ސުވާލުގެ ޖަވާބު ލިޔެދިނިއްޔާ ވަރަށް ރަނގަޅު.
29 ޖޫން 2020 | ހޯމަ 19:54
ޕަޕެޓް ޕްރެޒިޑެންޓް
ކި ހާ ލާރި އެއް ލިބުނު ތި އާޓިކަލް ލިޔެލަން. ޙަދާ ނިންމާފަ ހުރި ތަނެއް ބަޔަކާ ހަވާލު ނުކުރެވިގެން މރ.ޕަޕެޓް ޕްރެޒިޑެންޓް އެ އުޅުއްވަނީ.. މައުލޫ އޮޅުވާ ލައްވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ނުވާނެ ތިކަމެއް. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި
29 ޖޫން 2020 | ހޯމަ 19:40
ޙަޖަމް
މިސަރުކާރުގެނާގާބިލްކަން
29 ޖޫން 2020 | ހޯމަ 19:21
ކޮންޓޭ
ދެން ތިބޭފުޅުން ތިވިދާޅުވާ ބޯހިޔާވަހިކަންވެސް ވިހާސް ފުލެޓްވެސް އަޅާދައްކަބަލަ ތިންކޮޓަރީގެ އެޕާޓްމެންޓެއް 6000ރުފިޔާއައް ރިޔާސީ ކެންޕޭނުގަބުނި މިތިބީބަލަން