Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލަ

ސަފާރީގައި ރޭޕްކުރުމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

28 ޖޫން 2020 | އާދީއްތަ 17:26

ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައެއް ނުވޭ: އިދިކޮޅު

އަލީ ސަމާޚް
އަލީ ސަމާޚް | 28 ޖޫން 2020 | އާދީއްތަ 17:26
ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުއްޓާ ބިދޭސީ އަންހެނަކަށް، ގަދަ ކަމުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާއްމު ކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އެ މައްސަލައާއި ގުޅިގެން އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވުމާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ އިތުރުން އެ އަންހެން މީހާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމުގައި ވެސް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައި ނުވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެ މީހާއަށް ބޭނުންވާ އެހީތެރިކަން އަންނަ ކަމުގެ ޔަގީންކަން ފޯރުކޮށްދީފައެވެ.

އިދިކޮޅުން ބުނީ، ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހޭ ކަމަށާއި، އަދި އެ ފަރާތްތަކުގެ މައްސަލައިގެ ޝަރީއަތް ހިންގަމުން ދާ ދުވަސްވަރުވެސް މުޖުތަމައުއަށް ދޫވެފައި ތިބުމަކީ މުޖުތަމައުގެ ތެރޭގައި ހާއްސަކޮށް އެމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަ ތަހުގީގު ކުރެވި މައްސަލަ ކުރިއަށް ދާ މުއްދަތުގައި އެފަރާތްތައް މުޖުތަމައުގެ ތެރެއަށް ދޫނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ޕީޕީއެމް/ޕީއެންސީ އިން ވަނީ ގޮވާލާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ރޭޕްކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް ގިނަވަނީ އެފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަރުވާކުޑަކޮށް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރާތީ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

އަންހެން މީހާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމާއި ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް، ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެ މައްސަލައިގައި ގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އެކަމާއި ގުޅުވައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް ނުފޫޒެއްނެތި އެ މައްސަލަ ބަލަމުންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ފުލުހުން ބުނީ، އެ އަންމީހާއަށް ބޭނުންވާ އެހީތެރިކަން ފުލުހުންގެ އިދާރާއިން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަންނަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ނިންމާފައެވެ. އަދި މެމްބަރު އުޝާމް ވަނީ މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް