Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10 މިލިއަނަށް

28 ޖޫން 2020 | އާދީއްތަ 02:21

ލެޓިން އެމެރިކާ އާއި ނޯތް އެމެރިކާ އަދި ޔޫރަޕުން މިހާރު ފެނިފައިވާ ކޭސްތަކުގެ 25 އިންސައްތަ ހިއްސާކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖޫން 2020 | އާދީއްތަ 02:21
ޕާކިސްތާންގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ

ޕާކިސްތާންގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10 މިލިއަނަށް އަރައިފި އެވެ.

ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ބައި މިލިއަނަށް އަރާ ފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ އަހަރެއްގެ މައްޗަށް އިންފްލެޔަންޒާ ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދުގެ ދެ ގުނަ ކަމަށެވެ. ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފަށާފައިމިވަނީ ގިނަ ގައުމުތަކަކުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ފަށާފައިވާއިރު އެވެ.

ވައިރަސް އަށް ވެކްސިނެއް ހޯދުމަށް އަދިވެސް އަހަރެއްވަރު ނަގާނެކަމަށް ބެލެވޭއިރު ބައެއް ގައުމުތަކުން މިހާރުވެސް އަންނަނީ ދެވަނަ ވޭވެއް ތަޖުރިބާ ކުރަމުންނެވެ. އެއާއެކު ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް އަލުން ރުޖޫޢަ ކުރަމުންދާއިރު ކަމާބެހޭ މާހިރުން ބުނާގޮތުގައި 2021 ވަނަ އަހަރުވެސް ގިނަ ގައުމުތަކުން އުޅެމުންދާނީ އެފަދަ ގޮތަކަށެވެ.

މިވަގުތު ދުނިޔޭގެ ހާލަތަށް ބަލާއިރު ލެޓިން އެމެރިކާ އާއި ނޯތް އެމެރިކާ އަދި ޔޫރަޕުން މިހާރު ފެނިފައިވާ ކޭސްތަކުގެ 25 އިންސައްތަ ހިއްސާކުރެ އެވެ. އޭޝިޔާ އާއި މެދުއިރުމަތިން ހިއްސާކުރަނީ 11 އިންސައްތަ އެވެ. އަދި 9 އިންސައްތަ އެއީ އެހެން ހިސާބުތަކެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވުހާން އިން ފުރަތަމަ ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ޑަބްލިޔުއެޗްއޯއަށް ރިޕޯޓްކުރިފަހުން ވައިރަސް ވަނީ ހަލުވިކަމާއެކު ޔޫރަޕްގައި ފެތުރިފަ އެވެ. އޭގެފަހުން އެމެރިކާ އަދި އޭގެފަހުން ރަޝިޔާގައި އަންނަނީ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންނެވެ.

މިހާރު ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުން އަންނަނީ އިންޑިޔާ އަދި ބްރެޒިލް ގައެވެ. އެ ދެ ގައުމުން ދުވާލެއްގެ މައްޗަށް 10،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން އަންނަނީ ރިޕޯޓް ކުރަމުންނެވެ. ފާއިތުވި ހަފްތާގައި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ކޭސް ތަކަކީ އިންޑިޔާ އަދި ބްރެޒިލް އިން ފެނިފައިވާ ކޭސްތަކެވެ.

ޖޫން މަހުގެ 19 ވަނަ ދުވަހު ބްރެޒިލް އިން ވަނީ ރިކޯޑް އަދަދަކަށް އަލަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައެވެ. އެއީ އެދުވަހު އެކަނި 54،700 މީހުންނެވެ. ބައެއް މާހިރުން ބުނާގޮތުގައި ލެޓިން އެމެރިކާގައި މަރުވާ މީހުންގެ އަދަދު އޮކްޓޯބަރ މަސް އަންނަންވާއިރަށް 380،000 ށްވުރެ މަތިވާނެ ކަމަށެވެ. މިހާރު އެސަރަހައްދުން މަރުވި މީހުންގެ އަދަދު ވަނީ ލައްކައަކަށްވުރެ މައްޗަށް އަރާފައެވެ.

ފާއިތުވި ހަފްތާގައި ވައިރަސް ޖެހޭ ރޭޓް 1-2 ޕަސަންޓް އާއި ދެމެދު އެވެ. މަރޗް މަހު ވައިރަސް ޖެހޭ ރޭޓް އުޅުނީ 10 އިންސައްތައި ގައެވެ.

ޗައިނާ، ނިއުޒިލެންޑް އަދި އޮސްޓްރޭލިއާ އިން ފާއިތުވި މަހު ވަނީ ދެ ވަނަ ވޭވެއް ފެނިފަ އެވެ. ބެއިޖިންގ ގައި އައު ކޭސްތައް ފެންނަން ފެށުމާއެކު ބެއިޖިންގ ގައި ދިރިއުޅޭ އެންމެން ކޮވިޑް-19 އަށް އަންނަނީ ޓެސްޓް ކުރަމުންނެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2.5 މިލިއަނަށް އަރާފައެވެ. އެހެންނަމަވެސް މެއި މަހު އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ ދަށްކުރެވިފައެވެ. ނަމަވެސް ހަލުވިމިނުގައި ކުރިން ވައިރަސް ފެތުރެމުން ގޮސްފައިނުވާ ބައެއް ސަރަހައްދުތަކުގައި މިހާރު އަންނަނީ ވައިރަސް ފެތުރެމުންނެވެ.

ބައެއް ގައުމުތަކުގައި ޓެސްޓް ކުރެވޭ ނިސްބަތް ދަށްވުމާއެކު ކޭސްތައް ފެންނަ މިންވަރު ފެންނަނީ މަދުންނެވެ. ފެންނަ ކޭސްތަކުގެ ދެ ބައި ކުޅަ އެއް ބައި މީހުން އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މިވަގުތުވެސް ރަނގަޅުވެފައިވާ މީހުންގެ އަދަދު 5 މިލިއަނަށް އަރައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް