Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެލްޓައާ އެއްވަރުވެ ބާސާއަށް ފުރުސަތު ހަނިވެއްޖެ

ސެލްޓަ އާއި ބާސާ އެއްވަރުވީ 2-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ޖޫން 2020 | ހޮނިހިރު 19:10
ސެލްޓަ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 2-2 ން ދެޓީމު އެއްވަރުވެގެން

ސެލްޓަ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 2-2 ން ދެޓީމު އެއްވަރުވެގެން

ސެލްޓަ ވީގޯއާ އެއްވަރުވެ، ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއަށް ހަނިވެއްޖެއެވެ.

ސެލްޓަގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ 2-2 ންނެވެ.

މި ނަތީޖާއާއެކު ބާސާ އެއްވަނައިގައި އޮތީ 32 މެޗުން 69 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 31 މެޗުން 68 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ހެޑް ޓު ހެޑް އުސޫލުން ރެއާލަށް ފައިދާވާން އޮތުމާއެކު، ބާސާއަށް މިހާރު ވަނީ ލީގު ތަށި ދިފާއުކުރުމުގެ ފުރުސަތު ހަނިވެފައެވެ.

ސެލްޓަގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ހުރަސް ކޮސްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ. އެކަމަކު ދެވަނަ ހާފުގައި ސެލްޓައިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓްގައި ފެޑޯ ސްމޮލޯވް ވަނީ ސެލްޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ސެލްޓައިން ނަތީޖާ އެއްވަރުކުރި ނަމަވެސް، މެސީގެ އެހީއާއެކު ސުއަރޭޒް ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ބާސާއަށް އަލުން ލީޑު ނަގައިދީފައެވެ. މި މެޗުން ސެލްޓައަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ސެލްޓައަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިއާގޯ އަސްޕާސްއެވެ.

ސެލްޓައާ އެއްވަރުވެ ބާސާއަށް ފުރުސަތު ހަނިވިއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ އެސްޕަންޔޯލް ބަލިކޮށް ރެއާލަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އާދީއްތަ ދުވަހުގެރޭ ދަންވަރު 1:00 ގައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު