Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދެ އަންހެނަކަށް ބީބާ އަބުރުގެ ދައުވާކުރުން

ބީބާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރި ދެ އަންހެނުންނަށް އަބުރުގެ ދައުވާކޮށްފި

އެ ތުހުމަތުތަކަށް ބީބާ ވަނީ އިންކާރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2020 | ހޮނިހިރު 13:19
ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ: ދެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބީބާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައި

ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ: ދެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބީބާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައި

ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރި ދެ އަންހެނުންގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު ހިނގި ހާދިސާއެއް ކަމަށް ބުނެ، ދެ އަންހެނުން ވަނީ ބީބާ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، ޓްވިޓާގައި ޚަބަރު ފަތުރާފައެވެ. އެކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމައި ބީބާ ވަނީ 20 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ހޯދުމަށް އެދި މައްސަލަ ހުށަހަޅާފައެވެ. އަދި އެ ތުހުމަތުތަކަށް ބީބާ ވަނީ އިންކާރު ކޮށްފައެވެ.

2014 ވަނަ އަހަރު ހިނގި ކަމަށް ބުނާ މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ޑެނިއަލް ނަމަކަށް ކިޔާ އަންހެނަކު ބުނީ، އެކަން ހިނގީ އެމެރިކާގެ ޓެކްސަސްގައި ކަމަށެވެ. އެގޮތުން އޭނާ ހޮޓަލަކަށް ގެންދިއުމަށްފަހު، ޖިންސީ ފުރައްސާރަ ކުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ފަހުން ޑެނިއަލް ވަނީ އޭނާގެ ޓްވީޓުތައް ޑިލިޓް ކޮށްލާފައެވެ. އެހެން ނަމަވެސް ޓްވީޓުތަކުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވަމުންދެއެވެ. އަދި ބީބާއާ ދެކޮޅަށް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދެއެވެ.

މި ހާދިސާ ހިނގީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ނުވަވަނަ ދުވަހު ކަމަށް ޑެނިއަލް ބުނެފައިވީ ނަމަވެސް، އެ ދުވަހު ބީބާ އުޅުނީ އޭނާގެ އޭރުގެ ލޯބިވެރިޔާ ސެލީނާ ގޯމޭޒްއާއެކު ކަމުގެ ހެކި އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި މި މައްސަލައިގައި އަބުރުގެ ދައުވާ ކުރުމަށް އޭނާ ނިންމީ އެހިސާބުންނެވެ.

އޭގެ އިތުރުން ކާޑީ ނަމަކަށް ކިޔާ އަންހެނަކުވެސް ވަނީ 2015 ވަނަ އަހަރު އިންގްލެންޑުގެ ލަންޑަންގެ ހޮޓަލެއްގެ ތެރޭގައި ބީބާ އޭނާއާ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކޮށްފައެވެ. ނަމަވެސް މިއީ ޕަބްލިސިޓީ (އާންމުންގެ ސަމާލުކަން) ހޯދުމަށް ކުރާ ކަމެއް ކަމަށް ބީބާ މައްސަލަ ހުށަހަޅަމުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އޯގަސްޓު 2017

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި

19 އޯގަސްޓު 2017
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި
19 އޯގަސްޓު 2017

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ
31 ޖުލައި 2017

މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި

31 ޖުލައި 2017
މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި
04 ޖުލައި 2017

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!
04 މެއި 2017

ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ

04 މެއި 2017
ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު