Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓްގެ ހަރަކާތްތައް ފެށުން

އެންމެ އިސްކަމެއް ދޭނީ ޒުވާން ކުޅުންތެރިންގެ މުބާރާތް ފެށުމަށް: އަފޫ

ޓޯނަމެންޓް ކޮމިޓީ އާއެކު މަޝްވަރާކޮށް، ފޭސް 1، ފޭސް 2 އަދި ފޭސް 3 ށްވެސް ކްރިކެޓް ބޯޑު އޮތީ ތައްޔާރަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 27 ޖޫން 2020 | ހޮނިހިރު 11:32
ކްރިކެޓް މުބާރާތެއްގައި ކުޅުންތެރިން ވާދަކުރަނީ: ހުއްދަ ލިބުމާއެކު މުބާރާތްތައް ފަށާނެ ކަމަށް ކްރިކެޓް ބޯޑުން ބުނޭ

ކްރިކެޓް މުބާރާތެއްގައި ކުޅުންތެރިން ވާދަކުރަނީ: ހުއްދަ ލިބުމާއެކު މުބާރާތްތައް ފަށާނެ ކަމަށް ކްރިކެޓް ބޯޑުން ބުނޭ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހުއްޓާލާފައިވާ ކުޅިވަރުގެ ހަރަކާތްތައް ފެށުމަށް ހުއްދަ ދިންހާ އަވަހަކަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ޒުވާން ކުޅުންތެރިންގެ މުބާރާތް ކަމަށްވާ 19 އަހަރުން ދަށުގެ މުބާރާތް ފެށުމަށް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) ވިދާޅުވެއްޖެއެވެ.

އަފޫ ވިދާޅުވީ ކްރިކެޓްގެ ގިނަ މުބާރާތްތަކެއް ބޭއްވުމަށް މިއަހަރު ވެސް ކަލަންޑަރުގައި ކަނޑައެޅި ކަމަށެވެ. އަދި މުބާރާތްތަކުގެ އިތުރުން މީހުން ބިނާ ކުރުމަށް ވެސް ގިނަ ޕްރޮގްރާމުތަކެއް މި އަހަރު ރޭވިފައިވީ ނަމަވެސް، މި ހުރިހާ ކަމަކަށް ދަތިތަކެއް މިއަހަރު ކުރިމަތި ވެގެންދާނެ ކަމަށެވެ.

މިހާރު ޓޯނަމެންޓް ކޮމިޓީ އާއެކު މަޝްވަރާކޮށް، ފޭސް 1، ފޭސް 2 އަދި ފޭސް 3 ށްވެސް ކްރިކެޓް ބޯޑު އޮތީ ތައްޔާރަށް ކަމަށާއި، އަންނަ މަހުގެ ތެރޭގައި މުބާރާތް ބޭއްވުމަށް ހުއްދަ ދީފިނަމަ، މުބާރާތް ބޭއްވުމަށް ތައްޔާރު ކަމަށް އަފޫ ވިދާޅުވިއެވެ.

އެންމެ އިސްކަމެއް ޒުވާން ކުޅުންތެރިންގެ މުބާރާތަށް ދެނީ އެ މުބާރާތަކީ އޭސީސީގެ ޑިވަލޮޕްމަންޓް މުބާރާތަކަށް ވާތީ އާއެކު، އެ މުބާރާތުގެ ސަބަބުން ރާއްޖެއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެތީ ކަމަށް އަފޫ ވިދާޅުވިއެވެ.

19 އަހަރުން ދަށުގެ މުބާރާތަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ކްރައިޓީރިއާއަށް ފައްތައިގެން ކުރިޔަށްގެންދަން ޖެހޭ މުބާރާތަކަށް ވުމުން އެ މުބާރާތަކީ ކޮންމެ އަހަރަކު ވެސް ބާއްވަން ޖެހޭ މުބާރާތެކެވެ. އެކަމަކު މި އަހަރު މުބާރާތް ނުބޭއްވުން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެއްވެސް ގައުމެއްގެ ސްކޯއަށް ބަދަލު ނުގެނައުމަށް އައިސީސީން ނިންމާފައިވާ ކަމަށާއި، އެކަމަކު މުބާރާތް ބޭއްވުމަކީ ލިބިގެންދާނެ ޕްލަސް ޕޮއިންޓެއް ކަމަށް އަފޫ ވިދާޅުވިއެވެ.

މިހާރު ހާލަތު އޮތްގޮތުން މުބާރާތް ބޭއްވުމަށް ލިބޭ ދުވަސްތައް މަދުވާނެތީ މިހާރު ހުރި މުބާރާތައް ކުޅޭނީ 50 އޯވަރު ނޫނީ 20 އޯވަރަށްތޯ ވަރަށް އަވަހަށް ނިންމާނެ ކަމަށް އަފޫ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފައިވާއިރު، މި ޖޫން މަހު ވަނީ ގައުމީ ޓީމުތަކަށް ފަރިތަކުންތައް ކުރިޔަށް ގެންދިޔުމަށް ފުރުސަތުދީފައެވެ. މުބާރާތައް ކުރިއަށްދާނެ އެސްއޯޕީއެއް މިހާރު އެކުލަވާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ކުރިޔަށްގެންދާނެ އުސޫލުތައް އާންމު ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު