Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޔުވެންޓަސްއަށް އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް

ލެއްޗޭ އަތުން ޔުވެންޓަސް މޮޅުވީ 4-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ޖޫން 2020 | ހޮނިހިރު 07:11
ޔުވެންޓަސް އާއި ލެއްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 4-0 ން

ޔުވެންޓަސް އާއި ލެއްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 4-0 ން

ލެއްޗޭ ފަސޭހަކަމާއެކު ބަލިކޮށް ޔުވެންޓަސްއިން އިޓާލިއަން ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔުވެންޓަސްއިން ލެއްޗޭގެ ހާފަށް ބާރު ބޮޑުކުރިއިރު، އެޓީމުން ވަނީ ފުލުފުލުގައި ލެއްޗޭގެ ގޯލާ އަމާޒުކޮށް ހަމަލާތައް ފޮނުވައިލާފައެވެ. އެގޮތުން ޔުވެންޓަސްގެ އެންމެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޕައުލޯ ޑިބާލާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަމަލާތައް ހިމެނެވެ. މި ހަމަލާތައް ލެއްޗޭގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މެޗުގެ 53 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯގެ އެހީތެރިކަމާއެކު ޑިބާލާ އެވެ.

މި ލަނޑަށް ފަހުވެސް ޔުވެންޓަސްއިން ވަނީ ފުލުފުލުގައި ލެއްޗޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އާއި މަތިއަސް ޑި ލީޓެވެ.

މިނަތީޖާ އާއެކު ޔުވެންޓަސްއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 27 މެޗުން 62 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އިންޓަ މިލާން އޮތީ ކުޅުނު 27 މެޗުން ލިބުނު 58 ޕޮއިންޓާ އެކުގައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
26 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

26 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު