Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލުން ޕްރިމިއާ ލީގު ކާމިޔާބުކުރުން

ލިވަޕޫލްގެ 30 އަހަރުގެ އިންތިޒާރު އުފަލުން ރޮވިފައި ހުރި ކްލޮޕް ހައްގުކުރީ ޑަލްގްލިޝް އާއި ޖެރާޑަށް

މިއީ 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ލިވަޕޫލުން ހޯދި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ޖޫން 2020 | ހުކުރު 11:31
ލިވަޕޫލްގެ ކޯޗު ޔާގެން ކްލަޮޕް: އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން

ލިވަޕޫލްގެ ކޯޗު ޔާގެން ކްލަޮޕް: އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން

ލިވަޕޫލުން 30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، މި ކާމިޔާބީ ހައްގުވަނީ ލިވަޕޫލްގެ ދެ ލެޖެންޑުން ކަމަށްވާ ކެނީ ޑަލްގްލިޝް އާއި ސްޓީވަން ޖެރާޑަށް ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލަޮޕް ބުނެފިއެވެ.

ބާކީ ހަތް މެޗު އޮއްވައި ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިއީ އެޓީމުން 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ޖުމްލަ 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރިއިރު، އެޓީމު އެއްވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލިވަޕޫލަށް 31 މެޗުން 86 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

ލިވަޕޫލަށް ޗެމްޕިއަންކަން ކަށަވަރުވުމުން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ކްލޮޕް ހުރީ އުފަލުން ރޮވިފައެވެ. ލިވަޕޫލުގެ ޒަމާންވީ އުންމީދު ހާސިލްކޮށްދިން ޖަރުމަންގެ ކޯޗު ކްލޮޕް ބުނީ މި ކާމިޔާބީ ހައްގުވަނީ އެ ޓީމުގެ ދެ ލެޖެންޑުން ކަމަށްވާ ޑަލްގްލިޝް އާއި ޖެރާޑަށް ކަމަށެވެ. އެ ދެ ލެޖެންޑުންނަކީ މިހާރުގެ ކުޅުންތެރިން އަދިވެސް ނަމޫނާއަކަށް ބަލަމުން އަންނަ ދެ ލެޖެންޑުން ކަމަށާއި، ލީގު ކާމިޔާބުކުރަން އެ ދެ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވި ކްލޮޕް ބުނީ މި ޓީމުގައި އޭނާ ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، އެކަމަކު ދިގު އިންތިޒާރަކަށްފަހު ޕްރިމިއާ ލީގު ލިބުމަކީ ލިވަޕޫލަށްވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ލިވަޕޫލުން ބާކީ ހަތް މެޗު އޮއްވާ ލީގު ކަށަވަރުކުރުމާއެކު ރެކޯޑެއް ވަނީ ގާއިމްކޮށްފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ފަސް މެޗު އޮއްވާ 2000-2001 ގައި ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑާއި 2017-2018 ގައި ކާމިޔާބުކުރި ސިޓީ އަތުގައެވެ.

ކްލޮޕުގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، މިހާރު ލިވަޕޫލުން ވަނީ ކްލޮޕުގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

05 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު