Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެހީ

މިހާތަނަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ 180 ދަރިވަރަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި

ފައިސާ ދެނީ ކޮންމެ ދެ ހަފްތާއަށް ވާވަރަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 26 ޖޫން 2020 | ހުކުރު 06:57
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ

ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލު ކުރާ ދަރިވަރުންގެ ތެރެއިން ފައިސާގެ އެހީތެރިކަމަށް އެދިފައިވާ 180 ދަރިވަރަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން ރާއްޖެއިން ބޭރުގައި ދަތި ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަކި ހާއްސަ އުސޫލެއް އެކުލަވާފައިވާކަމަށެވެ. އެގޮތުން، އަމިއްލަ ޚަރަދުގައި ތަޢުލީމު ޙާޞިލު ކުރުމަށް ގޮސް ތިބި ދަރިވަރުންން ހިމެނޭ ގޮތަށް ޖުމްލަ 180 ދަރިވަރަކަށް 1،088،000 (އެއް މިލިއަން އަށްޑިހަ އައްހާސް)ށް ވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ފައިސާ ދެނީ ކޮންމެ ދެ ހަފްތާއަށް ވާވަރަށް އެއްފަހަރާ ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ސަރުކާރުން އިންތިޒާމް ކުރި ފްލައިޓްތަކުގައި އެނބުރި ރާއްޖެ އައިސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ހަމައެކަނި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ވަގުތު އެކަނި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ސްކީމް ބައްޓަން ކޮށްފައިވަނީ ސަރުކާރުގައި މާގިނަ ފައިސާ ހުރެގެން ނޫންކަމަށާއި ބޭނުންވީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފައިސާ ދިނުމުގައި މިންގަނޑަކަށް ބަލާފައިވަނީ، އެ ގައުމުގައި ތިބޭ ދަރިވަރުންނަށް މިނިސްޓްރީން ދޭ ފިކްސްޑް އަދަދު ކަމަށާއި، 2 ހަފްތާއަށް ފައިސާ ދިނުމަށް ފަހު ދަރިވަރުގެ ހާލަތު ބަދަލުނުވާ ނަމަ އަނެއްކާވެސް 2 ހަފްތާއެއްގެ އެހީ ދެމުންދާކަމަށެވެ. އަދި ސްކީމް ހަމަޖެހިފައިވަނީ ދެ މަސް ދުވަހަށް ފައިސާ ދޭގޮތަށް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހީއަށް އެދި ހުށަހަޅާއިރު އެދަރިވަރަކީ ކޮވިޑް-19ގެ ސަބަބުން ކިޔެވުމަށް ސްޕޮންސަރ ކުރާ ފަރާތުން ފައިސާ ދިނުމަށް ދަތިވެފައިވާ ފަރާތެއްކަން ނުވަތަ އެހީ ލިބުން ދަތިވެފައިވާކަން ސާބިތުކޮށްދޭން ޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު