Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދޫކޮށް ނުލެވޭނެ މުހިއްމު ހަތަރު ކަމެއް

ދޫކޮށްލައިގެން ފަރުޖައްސައި ނުލެވޭނެ މުހިއްމު ހަތަރު ކަމެއް

ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުން

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 08:22
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

ކަމަކީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ ވަކި ފަރާތެއްގެ އަޅުންނެވެ. އަމިއްލަ އެއްވެސް އާރެއް ބާރެއް ނެތެވެ. މިހާރު މުޅި ދުނިޔެއާ ކުރިމަތިލައިގެން އުޅޭ ކޮވިޑް-19 އަކީ އޭގެ ކުޑަކުޑަ ހެއްކެކެވެ. އެފަރާތުން އަޅުގަނޑުމެން އުފެއްދެވުމަށްފަހު ބަލަހައްޓަވައި ގެންގުޅުއްވައި ދިމާވާހައި ކަމެއްގައި އެހީތެރިވެ މަގުފަހި ކޮށްދެއްވައި ހައްދަވައެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ މިންވަރަށް ވުރެން ބޮޑަށް އެފަރާތުން އެޅުގަނޑުމެންނަށް ލޯބި ދެއްވައެވެ. އަޅާލައްވައެވެ. ކިތަންމެ އުރެދުނަސް އަޅާލައްވަނީއެވެ. އާދެ، އެއީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާވަންތަ އެއްކައުވަންތަ މާތް ﷲ އެވެ.

ވުމާއެކު އަޅުގަނޑުމެން އަބަދުމެ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަންޖެހެއެވެ. ދެއްވަމުންދާ ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހެއެވެ. ތިމާމެންގެ މުހުތާދު ފުރިހަމަ ކުރުމަށްޓަކައި ދުޢާ ދަންނަވަންޖެހެއެވެ. ތިމާމެންނަށް ދުނިޔެމަތިން ދިމާވެދާނެ ގެއްލުމަކުން ސަލާމަތަށް އެދި އިސްތިޣުފާރު ކުރަންޖެހެއެވެ. އޭރުން ދެދުނިޔެ ބާއްޖަވެރި ވާނެއެވެ. އަންނަނިވި ހަތަރުކަމަކީ މިބުނެވުނު ހުރިހާ ކަމެއްގެ ހައްލެވެ. އެހެންކަމުން މިހަތަރު ކަންތަކުގެ މަތީ ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މާތް ﷲ އަޅުގަނޑަށާއި ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!

ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުމެވެ. އެއިލާހު ހަނދުމަ ކުޅައުމެވެ. އެއިލާހަށް ޙަމްދު ކުޅައުމެވެ. ހަމައެހެންމެ ކީރިތި ރަސޫލާއަށް ޞާލަވާތް ކިޔެވުމަކީވެސް ޛިކުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. [فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ] މާނައީ: ތިޔަބައިމީހުން ކިޔަމަންތެރިކަމާއެކު ތިމަން އިލާހު ހަނދުމަކޮށް އުޅޭށެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދެއްވުމާއި ރަޙްމަތުގެ ނަޒަރުން ބައްލަވައި ވޮޑިގަތުމުގައި އަދި ދަންނާށެވެ! ހިލާ ތިމަން އިލާހުގެ ނިޢުމަތްތަކަށް ނާޝުކުރީވެ ނުގަންނާށެވެ. (ބަޤަރާ: 152)

ޝުކުރު ކުރުމަކީ ހެވެއް ނުވަތަ ނިޢުމަތެއް ނުވަތަ ތިމާ އުފާވެރިވާ ކޮންމެ ކަމެއް މެދުވެރިވާ ހިނދު އެންމެ ފުރަތަމަ އަވަހަށް ﷲ އަށް ޝުކުރު ދެއްނެވުމަށެވެ. އެއިލާހަށް ޙަމްދު ކުރުމެވެ. އެއަށް އެކަމެއް މެދުވެރިވުމުގައި ސަަބަބަކަށްވީ ފަރާތަށް ވެސް ޝުކުރުވެރިވުމެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. [لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ] މާނައީ: ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ. (އިބްރާހީމް:07)

ތިމާގެ ދުލުން ޝުކުރުވެރިވުމުގެ ނަތީޖާއަކަށް އަންނާނީ އޭގައި ޢަމަލީ ސިފަ ޖެއްސުމެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރި ވުމާއެކު ނަހީތަކާ ދުރުހެލިވާނެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. [وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ ] މާނައީ: އޭ މީސްތަކުންނޭވެ! ތިމަން އިލާހަށް އަޅުވެތިވެ ތިބެ ޝުކުރުވެރިކަމާއި ކިޔަމަންތެރިކަމާއެކު ދުޢާ ދަންނަވާށެވެ! ތިމަން އިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވައި ވޮޑިގަންނަވަމެވެ. އަދި ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގަތުމާއެކު ތިޔަބައިމީހުންގެ ފާފަފު ފުއްސަވައި ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. ދެންނެވުމާއި މުރާދުތައް ފުއްދަވައި ދެއްވާހުށީމެވެ. (އަންފާލު: 33)

އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. ތައުބާވުމެވެ. އެންމެ ކުޑަމިނުން [أَسْتَغْفِرُ اللَّهَ] މިފަދައިން ކިއުމެވެ. ނުވަތަ [أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ] މިފަދައިން ކިއުމެވެ. ކޮންމެ ދުވަހަކު ދެއިރު ކޮންމެ އިރަކު 100 ފަހަރު އިސްތިޣްފާރު ކޮށްލުމަކީ ވަރަށް މާތް ކަމެކެވެ. އެއީ ކީރިތި ރަސޫލާގެ ސުއްނަތެއް މެއެވެ. އިސްތިޣްފާރު ކުރުންމަތީ ދެމިހުންނަ މީހަކަށް ކޯފާއެއް ޢަޛާބެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. [وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ] މާނައީ: މުސްލިމުން ﷲގެ ޙަޟުރަތުގައި އިސްތިޣްފާރުކޮށް އުޅޭހައި ހިނދަކު މާތް ﷲގެ ޙަޟުރަތުން އެބައިމީހުންގެ މައްޗަށް ޢަޛާބެއް ނާންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)

ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)

26 އެޕްރީލު 2021
ޤައުމުގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މުހިއްމުކަން

ޤައުމުގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މުހިއްމުކަން

21 ޖޫން 2018
ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

14 ޖޫން 2018
ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

14 ޖޫން 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު