Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ މަޝްރޫއު

ބޯހިޔާވަހިކަމަށް އެޅި ފްލެޓުން ހިޔާކޮށްލެވޭނީ ހަމައެކަނި "ބޯ"!

އެގްރީމެންޓުގައި ފްލެޓަށް ވަންނަ ދޮރު ފިޔަވައި، ދެ ކޮޓަރި ދޮރާއި ދެ ފާހާނާގެ ދޮރު ހިމަނާފައެއް ނެތް، އެކަންކުރަން ޖެހޭނީ ފްލެޓް ލިބޭ މީހާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 16:43
7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް: ފްލެޓްތަކުގެ ސައިޒު ނުވަތަ ކޮޓަރިތަކުގެ ޖާގަ ކުޑަކަމުން، ބައެއް މީހުން އެއީ \"ކޮތަރު ކޮށްޓެކޭ\" ވެސް ކިޔާ--

7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް: ފްލެޓްތަކުގެ ސައިޒު ނުވަތަ ކޮޓަރިތަކުގެ ޖާގަ ކުޑަކަމުން، ބައެއް މީހުން އެއީ \"ކޮތަރު ކޮށްޓެކޭ\" ވެސް ކިޔާ--

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 25 ބުރީގެ ޓަވަރުތަކެއް އަޅައި، ދިވެހި ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެއްޓެވިއެވެ.

އެގޮތުން، "ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. އެއީ 7000 ފްލެޓަށް 62،000 ޑޮލަރުގެ ރޭޓުންނެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017ގައެވެ. އެގްރީމެންޓްގައިވާ ގޮތުން، 730 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމަންޖެހެ އެވެ. އެއީ ދެ އަހަރުގެ މުއްދަތެކެވެ. އެހެންކަމުން މި ޕްރޮޖެކްޓް 19 ޑިސެމްބަރު 2019 ހުންނަން ޖެހޭނީ ނިމިފައެވެ. އެކަމަކު އަދިވެސް މި ޕްރޮޖެކްޓްގެ މަސައްކަތް މުޅިއަކުން ނުނިމެއެވެ. ނަމަވެސް މިހާރު 90 ޕަސެންޓް ނިމިފައިވާ ކަމަށް ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

ހުޅުމާލެ ހިންގާ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނާ ގޮތުން މިއަހަރުގެ ތެރޭގައި އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނެއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މިދިއަ މާރޗު މަހުގެ ތެރޭގައި މިފްލެޓްތަކުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކޮވިޑް-19 ރޯގާއާ ގުޅިހެން ނިންމަންހުރި ގިނަ ކަންކަން މަޑުޖެހިގެން ދިޔަކަންވެސް އެޗްޑީސީން ފާހަގަކޮށްފައި ވެއެވެ. އެޗްޑީސީން ފާހަގަކުރާ ގޮތުގައި މައިގަޑު ބޮޑު މަސައްކަތެއްގެ ގޮތުގައި މިހާރު ނިންމަން އޮތީ، އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯ މެދުވެރިކޮށް، ހޯދަންޖެހޭ ފެނާއި ކަރަންޓްގެ މަސައްކަތްތަކެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ވެރިންގެ އަޑަށް ވަރަށް ބާރުލައްވާފައި ވިދާޅުވާ، 7000 ފްލެޓްގެ ހާލަތަށް ބަލާއިރު، ފުރަތަމަ ކަމަކަށް މިޕްރޮޖެކްޓްގެ ދަށުން 25 ބުރީގެ 16 ޓަވަރެއް އެޅުމަށް ނިންމިއިރު، އެއީ ޖުމްލަ 7000 ފްލެޓް ކަމަށް ބުނެފައި ވެއެވެ. އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ހިދްމަތްތައް ދިނުމުގެ ވިސްނުން ގެންގުޅެފައެއް ނެތެވެ، ނުވަތަ އެފަދަ ހިޔާލެއްވެސް ނެތީ ކަމަށް ވެދާނެއެވެ.

ފިހާރަތަކާއި، ކުނި މެނޭޖް ކުރާނެ ގޮތަކާއި، ޓަވަރުތަކުގެ ލިފްޓްތަކުގެ މެއިންޓެނެންސް އަދި ސެކިއުރިޓީ ފަދަ ކަންކަމާއި، އިދާރީ ބައެއް ކަންކަން ހިންގަން ޓަވަރުތަކުން ޖާގަ ބޭނުންވާނެތާއެވެ. ނަމަވެސް، ކުރީ ސަރުކާރުން ނިންމާފައިވަނީ މުޅި ޓަވަރުގައި ފްލެޓް ހަދައިގެން، އަދަދު އިތުރުކުރުމުގެ ވިސްނުމެވެ. އެކަން އެއިން ކޮންމެ ޓަވަރެއްގައި ހަދާފައިވާ ޔުނިޓްތަކަށް ނުވަތަ ފްލެޓްތަކަށް ބަލާލުމުންވެސް އެނގެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ، މުޅި ޓަވަރުގައި ޔުނިޓްތައް ނުވަތަ ފްލެޓް ހަދައިގެން ރައްޔިތުންނަށް އެތަންތައް ދިނުމުގެ ބަދަލުގައި، އެތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ ހިދްމަތްތައްވެސް ލިބިދޭގޮތަށް ފްލެޓްތައް ދޫކުރުމަށެވެ. އެގޮތުން، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ 7000 ފްލެޓްގެ ބަދަލުގައި 6720 ފްލެޓް ދިނުމަށް ނިންމާފަ އެވެ. މާނައަކީ، ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ، ބޭނުންކުރާނީ، ކުރިން މިދެންނެވި، ފިހާރަތަކަށާއި ބުކްޝޮޕްތަކަށާއި ސެކިއުރިޓީއާއި ކުނި މެނޭޖް ކުރުމާއި އިމާރާތުގެ މެއިންޓެނެންސް އަދި އިދާރީ ކަންކަމުގެ އިތުރުން، ގުރްޢާން ކްލާސްތައްފަދަ ތަންތަން ހިންގުމަށެވެ.

ޓަވަރުގެ ބޭސްމަންޓް (ހަމަ ބިމުން ތިރި) ބޭނުންކުރާނީ، ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ސައިކަލްތައް ޕާކް ކުރުންފަދަ، ކަންކަމަށެވެ. ބޭސްމަންޓްގައި ކުޑަކޮށް ތިރިވެގެން ނޫންގޮތަކަށް ނުހިނގޭނެއެވެ. ހަމައިސްކޮޅަށް ދެދިވެއްޖެނަމަ މަތީ ޝީޓްގައި، ނުވަތަ ކޮންމެވެސް ހޮޅި ލައިނެއްގައި ބޯޖެހޭނެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ހިޔާ މަޝްރޫގެ ބޮޑުބައި ވަނީ ނިންމާފައެވެ. އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރުގައި މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ފިނިޝިންގގެ މަސައްކަތްތަކެވެ.

ފްލެޓްތަކުގެ ސައިޒަށް ބަލާއިރު، އެއީ އިންސާނުން ދިރިއުޅެން ހަދާފައިވާ ފްލެޓްތަކެއްކަމަށް ބުނުމަށްވުރެ، ބައެއް ދިވެހި ރައްޔިތުން އެފްލެޓްތަކަށް ނިސްބަތްކުރާ "ކޮތަރު ކޮށްޓެކޭ" ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަގީގަތުގައި ޓަވަރުގެ 24 ފްލޯގައި މީހުން ދިރިއުޅޭއިރު، ކުޑަ ޓަވަރެއްނަމަ، ކޮންމެ ފްލޯއެއްގައި 2 ކޮޓަރީގެ 16 ޔުނިޓް ނުވަތަ ފްލެޓް ހަދާފައި ވެއެވެ. ބޮޑު ޓަވަރެއް ނަމަ، ކޮންމެ ފްލޯއެއްގައި 2 ކޮޓަރީގެ 20 ޔުނިޓް ނުވަތަ ފްލެޓް ހަދާފައި ވެއެވެ. މިއިން ކޮންމެ ފްލެޓެއްގެ އެވްރެޖް ބޮޑުމިނަކީ 570 އަކަފޫޓެވެ. ހުރިހާ ފްލެޓްތަކެއް ހުރީ ވެސް ހަމަ އެއް ސައިޒެއްގައި، އެއް ޑިޒައިނަކަށެވެ. ފާހާނާއާއެކު ދެ ކޮޓަރި ހަދާފައިވާއިރު، ބަދިގެ ހަދާފައި ވަނީ ލިވިންގ ރޫމާ އެކުގައެވެ.

ކޮޓަރިތަކަށް ބަލާލާއިރު، އެފްލެޓްތަކަށް ދާ ގިނަ މީހުން، އެމީހުން މިހާރު ދިރިއުޅޭ ކޮޓަރިތަކަށްވުރެ ކުޑަވާނެ ކަމަށް ބެލެވެއެވެ. މިހެން މިބުނީ، އެކޮޓަރިއަށް ޑަބަލް އެނދެއް ވައްދައިފިނަމަ، އަލަމާރިއެއް ވެއްދިދާނެ ކަމަމާމެދު ޝައްކެވެ. އަލަމާރިއެއް ވެއްދިއްޖެނަމަ، އެކޮޓަރީގައި މީހަކު ފިޔަވަޅެއް އަޅާލާނެ ޖާގައެއް އޮންނާނެ ހެނެއް ހިޔެއް ނުވެއެވެ.

ފްލެޓާއި ކޮޓަރިތަކުގެ ވެންޓިލޭޝަން ވެސް އެހާރަނގަޅެއް ނޫނެވެ. ބޭރުމަގަށް ކުޑަދޮރު ހުޅުވެން ހުންނަ ކޮޓަރިތަކުގެ ދޮރުތައް ހުޅުވާލައިގެން އުޅެވުނަސް، ފްލޯގެ އެތެރެ (ކޮރިޑޯ) އަށް ހުޅުވޭ ގޮތަށް ހުންނަ ކޮޓަރިތަކުގެ ދޮރުތައް ހުޅުވައިގެން ތިބެވުމަކީ ކުރެވޭނެ ކަމެއްކަމަށް ނުބެލެވެއެވެ. ސަބަބަކީ ޓަވަރުގެ ކޮންމެ ފްލޯއެއްގައި މީހުން ހިނގަން އޮންނަނީ 3 ފޫޓެއްހާ ކުޑަ މަގެކެވެ. އެކުޑަދޮރު ހުންނަނީ މިބުނާ ފްލޯގައި މީހުން ހިނގަން އޮންނަ މަގަށް ވާގޮތަށެވެ.

ފާހާނާއަށްބަލާލާއިރު، އެތަންވެސް ވަރަށް ޖާގަ ކުޑައެވެ. ހަމަ ގައިމުވެސް އެއް ފަހަރާ ދެމީހަކަށް ފާހާނާއަކަށް ނުވަދެވޭނެއެވެ. ފާހާނާ ތަށި މަތީގައި އިންނައިރު، ފެންވަރާ ޝަވަރ ހުންނަނީ ބޯމަތީގައި ކަހަލަ ގޮތަކަށެވެ. ޖާގައިގެ ގޮތުން ފާހާނާ އެހާވެސް ކުޑަ އެވެ. ފާހާނާގެ ދޮރާ ދިމާލުން، މޫނު ދޮންނަ ކުޑަ ސިންކެއް ހުރެއެވެ. ފާހާނާގައި ދޮރެއް ހަރުކޮށްފައެއް ނެތެވެ.

ބަދިގޭގެ ހާލަތަށްބަލާއިރު ވެސް ތަށިމުށި ޖަހައިގެން ހަދާފައިވާ ސްޓޭންޑެއްގެ މަތީގައި ކުޑަ ސިންކެއް ހުރެއެވެ. އެ ސިންކަކީވެސް ބަތްކާ ތައްޓެއް ކިރިޔާ ލެވޭވަރުގެ ކުޑަ ސިންކެކެވެ. ބަދިގޭގައި ކަބަޑު ސެޓެއް ނުހުރެއެވެ. ބަދިގޭގައި ހުރީ ހަމައެކަނި މިބުނާ ސިންކް އެކަންޏެވެ.

އެއްޗެހި ދޮވުން، ނުވަތަ ލޯންޑަރީ ކުރުމުގެ ހާލަތު އަދި އޮތީ މާގޯސްކޮށެވެ. އެއްޗެހި ދޮންނަން ޖެހެނީ، ފްލެޓްގެ ބޭރުމަގަށް ހުންނަ، ފުޅާ މިނުގައި 2 ފޫޓްވެސް ހަމަނުވާ ބެލްކަނީގައެވެ. އެތަނުގައި މިހާރު މިބޭނުންކުރާ ޒާތުގެ ދޮންނަ މެޝިނެއް ނުބެހެއްޓޭނެއެވެ. ވަރަށް ކުޑަ ދޮންނަ މެޝިނެއް ބެހެއްޓޭނެ ކަމާމެދުވެސް ޝައްކެވެ.

ހަމަގައިމުވެސް އެ ފްލެޓްގައި ދިރިއުޅޭ މީހުންގެ އަންނައުނާއި ބެޑްޝީޓްފަދަ ތަކެތި ދޮވެވޭވަރު ދޮންނަ މެޝިނެއް އެތަނަކު ނުބެހެއްޓޭނެއެވެ. އަދި އެއްޗެހި ދޮވެފައި އެ އެއްޗެހި ހިއްކަން އަޅަން ޖެހެނީވެސް ބެލްކަނީގައެވެ. މިއީ ރީތި ފްލެޓްތަކެއް ކަމަށްބުނާ މީހުންނަށް އޮތް ރީތި މަންޒަރަކަށް ވާނެތޯއެވެ.

ދެން އޮތީ ލިފްޓެވެ. 24 ފްލޯގައި މީހުން ދިރިއުޅޭއިރު، އެއިން ކޮންމެ ފްލޯއެއްގައި 16 ނުވަތަ 20 ފްލެޓް ހުންނައިރު، އެއިން ކޮންމެ ފްލެޓެއްގައި އެވްރެޖްކޮށް 5 މީހުން ދިރިއުޅޭނަމަ، ލަފާކުރެވޭގޮތުގައި މުޅި އެޓަވަރުގައި 2000 މީހުން ދިރިއުޅޭނެއެވެ. އެ 2000 މީހުން ބޭނުންކުރަން ހުންނަނީ 3 ލިފްޓެވެ.

ލިފްޓަކުން އެންމެ ގިނަ ވެގެންވެސް އެރެނީ 14 މީހުންނަށެވެ. އެހެންކަމުން 3 ލިފްޓް 24 ފްލޯއަށް ބޭނުންކުރަންވެއްޖެނަމަ، ލިފްޓްތައް ހަލާކުވުންވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އެއިން ލިފްޓެއް މައްސަލަޖެހި، މަރާމާތު ކުރަންޖެހިއްޖެ ހާލަތެއްގައި މީހުން އަރާ ފޭބުމަށް ވަރަށް ބޮޑެތި ދަތިތަކާ އިތުރަށް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ޓަވަރުގެ ފްލޯ އޭރިއާއަށް ބަލާއިރު، ޓަވަރުގެ އެތެރޭގައި ހުސްޖާގައެއް ނުހުރެއެވެ. ފްލެޓުން ނިކުމެ މަޑުކޮށްލަން ހުރީވެސް ފްލޯގައި މީހުން ހިނގަން އޮންނަ 3 ފޫޓް ފުޅާ (ކޮރިޑޯ) ކުޑަ މަގެކެވެ. މިބުނާ ކޮރިޑޯގައި 2 ފޫޓެއްހާ އުސްމިނަށް ފާރުކޮޅެއް ރޭނުމަށްފަހު، އޭގެ މަތިން، ދަގަނޑު ފެންސެއް ހުރެއެވެ.

އެހެންކަމުން ކުޑަކުދިން ކޮރިޑޯގައި އުޅޭއިރު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ އެ ކޮރިޑޯ މިހާރު ހުރިގޮތުން، އެ ފާރުބުރި މައްޗަށް އައްރައި، ޓަވަރުގެ ތިރިއަށް ބެލުމަށް ކުޑަކުދިން ޝައުގުވެރިވެ، އެތަނަށް އަރައިގެން އުޅުމަކީ ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއެއް ހިނގުން ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓަށް ވަންނަ ދޮރު ފިޔަވާއި އިތުރު ދޮރެއް ނުހުރެއެވެ. މާނައަކީ، އެއްވެސް ކޮޓަރިއެއްގައި އަދި އެއްވެސް ފާހާނާއެއްގައި ދޮރެއް ނުހުރެއެވެ. އަދި ޓައިލްސް ޖެހުމާއި ފާރުތަކުގައި ކުލަ ލުމަކީ ވެސް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމެއް ނޫނެވެ. އޭގެ އިތުރުން، ބަދިގެ ސެޓާއި، ފަންކާ، ބޮކި އަދި ޓީވީ ކޭބަލާއި އިންޓަރނެޓް ކޭބަލް އަދި ފެން ފަދަ ކަނެކްޝަންތަކުގެ ވައިރިންގ ފަދަ ކަންކަން ކުރުމަކީ އެ ފްލެޓް ލިބޭ ފަރާތުން ކުރަންޖެހޭ ކަންކަމެވެ.

އެހެންކަމުން ފްލެޓަށް ބަދަލުވުމުގެ ކުރިން، ފްލެޓްގެ ވެރިފަރާތުން ކުރަންޖެހޭ އެތައް ކަމެއް އަދި އެތައް ޚަރަދެއް ހިނގާ ކަންކަން އެބުހުއްޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 16 ޓަވަރަށް ބޭރުން ބަލާލާއިރު ރީތި ގޮތެއް ހުރިނަމަވެސް، އެޓަވަރުގެ އެތެރެ ހަމަ ސުމެއް ކަމަށް އެތަނަށް ދިޔަ، ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. އަދި ހާއްސަކޮށް، ފްލެޓްތަކުގެ ކޮޓަރިތަކުގެ ސައިޒު ކުޑަކަމާއި، ފާހަނާއާއި ލޯންޑަރީ ބައިގެ ޖާގަ ކުޑަކަމުންނާއި އެތަނުގައި ދިރިއުޅުމެއް، އުޅެން ބޭނުންވާ މީހުންނަށް އެއްވެސް "ޕްރައިވެސީއެއް" ނެތް ތާނގައި، "ބޮޑު ބޮލު ރިހުމަކަށް" ނޫނީ ނުވާނެ ކަމަށް ފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ

ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ

14 މާރިޗު 2018
ސަރުކާރުގައި މަރުތަޅު އެޅިފައި! ނެއްޓޭނެ ގޮތެއް ނެތް!

ސަރުކާރުގައި މަރުތަޅު އެޅިފައި! ނެއްޓޭނެ ގޮތެއް ނެތް!

09 މާރިޗު 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ތާރު އެޅި މަގަށް އެއް އަހަރު، މަރާމާތު ކުރަންޖެހިފައި

ތާރު އެޅި މަގަށް އެއް އަހަރު، މަރާމާތު ކުރަންޖެހިފައި

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު