Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމިޓީއަށް

ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 09:24
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނާއި އެކަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނާ މައްސަލައިގެ ރިޕޯޓް އޮތްތަނަކުން ހޯދާފައި ރައްޔިތުންގެ މަޖިލީހާ ހަވާލުކުރުމަށް ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ދިރާސާކޮށް، ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މި މައްސަލަ ފޮނުވާފައިވަނީ 67 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިމައްސަލާގައި ބުނެފައިވަނީ، "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް" އިން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން ބައްލަވައިގަނެ، ފޮރުވާފައިވާތީ، އަދުގެ ސަރުކާރުން އެ ރިޕޯޓް އޮތްތަނަކުން ހޯދަވައި، ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް އެދި ހުށަހަޅާ ކަމަށެވެ.

މި މައްސަލާގައި އިތުރަށް ބުނެފައިވަނީ، އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓް މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997ގައި ސިންގަޕޯރގައި ރަޖިސްޓަރީކުރި "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް"އިން ރާއްޖޭން ބޭރުގެ ހިންގި ތެލުގެ ވަގު ވިޔަފާރިއާއި މަނީ ލޯންޑަރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް 8 ޖުލައި 2010ގައި ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ހަވާލުކޮށްގެން ރިޕޯޓެއް ތައްޔާރުކޮށް، ބައިނަލްއަގްވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، 7 ފެބްރުއަރީ 2012ގައި އެއިރުއޮތް ސަރުކާރު ބަދަލުކޮށްގެން ރައީސް ކަމަށް ވަހީދު ވަޑައިގެން އެމަސައްކަތް ވަގުތުން ހުއްޓުވާލެއްވި ކަމަށެވެ. އަދި އެމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން ރިޕޯޓް ތައްޔާރުކުރި އެކައުންޓިންގ ކުންފުންޏަށް، ދިވެހި ދައުލަތުގެ ނަމުގައި، ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއްކޮށްގެން އެ ރިޕޯޓް ބައްލަވައިގެން، ފޮރުވާފައިވާތީ، އެ ރިޕޯޓް އޮތްތަނަކުން ހޯދަވައި، ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލައެއް ކަމަށްވެސް، މިމައްސަލަ ހުށަހެޅި ލިޔުމުގައި ބުނެފައި ވެއެވެ.

މި މައްސަލާގައި ބުނެފައިވާ ގޮތުގައި، އެރިޕޯޓަކީ ދިވެހި ދައުލަތުން ޚަރަދުކޮށް، ތައްޔާރުކުރި ރިޕޯޓެއް ކަމާއި އަދި އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އަންގައި، ދައުލަތުން އެތައް މިލިއަން ޑޮލަރެއް ޙަރަދުކޮށްގެން އެރިޕޯޓް ބައްލަވައިގަތުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މުއާމަލާތްތަކެއް ހިނގާފައިވާނެ ކަމަށެވެ. އެގޮތުން، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ އިތުރުން، އޭރު ބަންޑަރަ ނައިބަކަށް ހުންނެވި އާއިޝަތު އާޒިމާ ޝަކޫރު އާއި އޭރު ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އާއި މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ ނަން ފާހަގަކޮށް، އެ މުއައްސަސާތަކުގައި މިކަމާގުޅޭ ލިޔެކިޔުންތައް ހުންނަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ތެލުގެ ވަގު ވިޔަފާރީގެ އެ ރިޕޯޓަކީ ދައުލަތުން ޙަރަދުކޮށްފައިވާ ރިޕޯޓެއް ކަމަށާއި، އަދި އެމައްސަލަ ބެލުން ހުއްޓުވުމަށްވެސް ޚަރަދުކޮށްފައިވަނީ ދައުލަތުގެ ފައިސާއިން ކަމަށްވާތީ، އެ ރިޕޯޓަކީ އަމިއްލަ މީހެއްގެ އަތުގައި އޮންނަންޖެހޭ ރިޕޯޓެއް ނޫން ކަމަށާއި، އެރިޕޯޓް އޮންނަންޖެހޭނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވެެއެވެ. އަދި މިކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މުއާމަލާތްތައް ދައުލަތުގެ އެ މުއައްސަސާތަކުގެ ހުންނަންޖެހޭނެ ކަމަށްވެސް ފަލާހު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިވަޑައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައިވާކަމަށް ތުހްމަތުކުރެވޭ މައްސަލައިގެ ތަހްގީގުކުރުން ހުއްޓުވަން ބޭރުގެ ކުންފުންޏެއް ކަމަށްވާ، ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށްވެއެވެ.

އެ މައްސަލަ ބެލުން ހުއްޓުވަން ދައުލަތުން ޚަރަދުކުރި 10 މިލިއަން ޑޮލަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އޭރު ބަލާފައިވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭސީސީން ވަނީ މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އެމައްސަލަ ފައިލް ކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސައުތު ކޮރެއާއަށް ތެލުގެ ވަގު ވިޔަފާރި ކުރިކަމުގެ ތުހުމަތުތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާއިރު، މަނީ ލޯންޑަރިންގ މައްސަލަތަކެއްވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައި ވެއެވެ. ރައީސް ޔާމީން މިވަގުތު ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު