Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތުގެ ބިލު

"ފުލުހުން ހިންގާ ވިޔަފާރިތަކުގެ އެއްވެސް އޮޑިޓް ރިޕޯޓެއް ހުށައަޅާފައެއް ނުވޭ"

24 ޖޫން 2020 | ބުދަ 07:52

ކުންފުނިތަކުގެ އޮޑިޓް ރިޕޯޓެއް މިނިސްޓަރަށް ލިބިފައިވޭތޯ މެމްބަރު ޔައުޤޫބު ސުވާލު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2020 | ބުދަ 07:52
ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ- މިނިސްޓަރ ވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން އެކަންކަމަށް ޙައްލެއް ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައި

ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ- މިނިސްޓަރ ވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން އެކަންކަމަށް ޙައްލެއް ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައި

ފުލުހުންގެ މުއައްސަސާގެ ދަށުން ހިންގާ އެއްވެސް ވިޔަފާރިއަކާ ގުޅޭ އޮޑިޓް ރިޕޯޓެއް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ، ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ފުލުހުންގެ އިދާރާގެ ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުން އެކި ވިޔަފާރި ކުންފުނިތައް ހިންގާއިރު، އެފަދައިން ހިންގާ ކުންފުނިތަކުގެ ތަފްސީލު ހޯއްދެވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓެއް މިނިސްޓަރަށް ލިބިފައިވޭތޯ މެމްބަރު ޔައުޤޫބު ސުވާލު ކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެކަމާ ގުޅޭ އެކި ޝަކުވާތައް މިނިސްޓަރަށް ވެސް ހުށައެޅޭ ކަމަށާއި، އެކަންކަމަށް ޙައްލު ލިބިގެންދާނީ މިހާރު ހުށައެޅިފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފުލުހުން ހިންގަމުން އަންނަ އެއްވެސް ވިޔަފާރިއެއްގެ އޮޑިޓް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ބައިވެރިވުން ހިމެނޭ ގޮތަށް އިންތިޒާމު ކުރާ ވިޔަފާރިތައް ހިންގުމާއި އެކަމުގެ ފަންޑުތައް ބެލެހެއްޓެމުންދާ ގޮތެއް މާބޮޑަށް ސާފު ވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން މަޖިލިސް މެމްބަރުން އަބަދުވެސް ފާހަގަ ކުރައްވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް އޮޑިޓް ރިޕޯޓުތައް ހުށައަޅަން ޖެހޭއިރު، ކޮމިޓީންވެސް ފުލުހުންގެ އެފަދަ އޮޑިޓް ރިޕޯޓެއް ފެންނަން ނެތް ކަމަށެވެ. އެއާއެކު މިހާރު އެކަންކަން ހިނގަމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ސުވާލު އުފެދޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެނެވޭ އިސްލާޙުތަކާއެކު އެކަން ކަމަށް ޖަވާބު ދެވިގެންދާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، އެ ބިލުގެ ބޭނުމަކީ ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި، ޤާނޫނު އާސާސީ ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމާއެކު ޤާނޫނުގެ ޙުކޫމާތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު)ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރަފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުޞޫލުތަކާއި، ފުލުހުން ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުން ކަމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވެއެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް