Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަރުތަކުގެ މައްސަލަ

ބޮޑު ތިން މަރުގައި ޝާމިލްވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ނުގެނެވެންވީ ސަބަބެއް ނެތް، ކަންބޮޑުވުންތައް 241 ކޮމިޓީއަށް!

ކުށްކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބު ސާފެއް ނުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 06:12
މަޖިލީޙުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

މަޖިލީޙުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުންދާ ރިޔާސީ ކޮމިޝަނުން، ރާއްޖޭގެ މިހާތަނަށް ހިނގައި ގޮސްފައިވާ ބޮޑު ތިން މަރާއި ގުޅިގެން އެކަމުގައި ޝާމިލްވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ނުގެނެވޭނެ ސަބަބެއް ނެތް ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތައް 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަށް އެޑްރެސް ކުރައްވައި ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީގައި ގަބޫލުކުރަން ދަތި ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޑރ. އަފްރާޝީމް ޢަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި، އަޙްމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޢަމަލީ ގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައިވަނީ މާލޭގައި ޙަރަކާތްތެރިވާ ކުށް ކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށް ކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް އެނގިފައިވާއިރު އެފަރާތްތަކުން ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވަނީ އެބޭފުޅާ ޝިރުކު ކުރިކަމުގެ ތުހުމަތުގައި ކަމަށާއި، އަދި އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލައި ޔާމީން ރަޝީދު މަރާލާފައިވަނީ އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައިކަން ބަޔާންކޮށްފައިވާއިރު އެކަންކަން ކޮމިޝަނުގެ ތަޙްޤީޤުން ފާހަގަވާނަމަ، ފާހަގަވަނީ ކޮމިޝަނަށް އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ ޢަމަލެއް ހިންގާފައިވާކަން ނުވަތަ ޖިނާއީ ކުށެއްކޮށްފައިވާކަން ކަމަށެވެ.

އެގޮތުން، އެ ޙަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ ޢަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށްކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބު ސާފުނުވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޔާމީން ރަޝީދުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަތްކާއި ހެކިބަސް ދޭން ތިބި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރި ކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީޢަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސް ދިނުމަށް އިންކާރު ކުރާ ކަމަށް ބަޔާންކޮށް މިކަން ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިވަޑައިގެންފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓު ޢާންމުވުމާ ގުޅިގެން ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސްދިނުމަށް އިންކާރު ކޮށްފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަށް ލިބިފައިވާ ޤާނޫނީ ބާރަކީ ހަމަ އެކަނި ކޮމިޝަނުން ތަޙްޤީޤު ކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރުކަމާއި، އެހެންކަމުން އެ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ކަމަކާ ގުޅިގެން އެމީހުން ހައްޔަރު ކުރެވޭފަދަ ހެއްކާއި ޤަރީނާ ލިބިގެން މެނުވީ ކޮމިޝަނުން އެމީހުން ހައްޔަރު ކުރުމުގެ ފިޔަވަޅު އެޅުމަކަށް ޤާނޫނު ތަންނުދޭ ކަމަށް މަރު ކޮމިޝަނުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ޙިއްޞާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ދެން އިތުރު އިޢްތިރާފް ހެކިބަހެއް ބޭނުންވާނެ ކަމަކަށް ނުފެންނަކަމުން، އެ ފަރާތްތަކުގެ ހެކިބަހާ ނުލައި ދައުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ އެ ރިޕޯޓުގައި ހިމެނޭކަން ރައީސް ނަޝިދު ވަނީ ފާހަގަކުރައްވާފައެވެ

އަދި އެހެން މީހަކާ ދެކޮޅަށް ހިންގޭ ކުށެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުން ބިނާވެފައިވާނީ ބަޔަކު ދޭ ހެކިބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތިކަމަށާއި، އަދި ހެކިބަސްދޭން ތިބި ފަރާތްތަކުގެ ތެރެއިން ވަކިބަޔަކު ހެކިބަސްދޭން އިންކާރު ކުރުމުން އެ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ދެކެން ދަތިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި، ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޚުލާޞާ ރިޕޯޓަށް ރިޢާޔަތް ކުރާއިރު ،ކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ދަޢުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވިނަމަވެސް، އެ ކުށް ކުރަން އެ ފަރާތް އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަން ޤަބޫލުކުރަން ދަތިކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތްގުޅުމެއް އޮތްކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓްތަކުން ފެންނާތީ، އެކަމުގެ ސަބަބުން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާމެދު ޢާންމުން ދެކޭގޮތް ބަދަލުވެގެންދާކަން ފަހާގަކުރެވޭ ކަމަށާއި، އެއީވެސް ކޮމިޝަނުގެ ތަޙްޤީޤު ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ހުރަހެއް ކަމަށް ބަޔާންކޮށްފައިވާއިރު، އެ ފަރާތްތަކަކީ ކޮބައިކަން ކޮމިޝަނުން ޢާންމުކޮށްފައިނުވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެއީ ކޮން ބައެއްކަން ސާފުވަނިކޮށް ސިޔާސީ އެކިއެކި ފަރާތްތަކާއެކު ސިޔާސީ އިވެންޓްތަކުން އެމީހުން ނުފެނި، އެމީހުން ޙަޤީޤަތުގައި ފެންނަންޖެހޭ ތަންތަނުން އެމީހުން ފެންނާނެ ކަމަށްވެސް ސިޓީގައި ވަނީ ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ގައި ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ޚުލާޞާ ރިޕޯޓު ކޮމިޓީއަށް ލިބުމުން، އެ މައްސަލައިގެ ފުލް ރިޕޯޓު ހޯދުމަށް 9 ސެޕްޓެމްބަރު 2019 ގައި އެދިވަޑައިގެންފައިވާ ކަމަށް ސިޓީގައިވެއެވެ. އަދި ތަފްސީލީ ރިޕޯޓު ހިއްސާ ކުރުމާއި ގުޅޭ ގޮތުން ރައީސްގެ ލަފާފުޅު ލިބުމުން މަޖިލީހުގެ އިދާރާ އާއި ހިއްސާ ކުރައްވާނެ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ފަހުން އަހަރަކާއި ގާތްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން، ރިލްވާން ގެއްލުވާލި މައްސަލައިގައި ވެސް ގޮތެއް މުހިންމުކަމުގައި ވަނީ ވިދާޅުވެފައެވެ.

ގޮތް ނޭނގޭ ގޮތްގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މަރު ކޮމިޝަން އުފެއްދިއިރު އެކޮމިޝަނަށް ވަނީ ޤާނޫނީ ގޮތުން ބާރުތަކެއް ވެސް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު