Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހާލުގައި ޖެހުނު ފަރާތްތަކަށް މިނިސްޓްރީން އެހީވުން

ޕާރުސަލް ފޯރުކޮށްދިނުމަކީ މިނިސްޓްރީން ކުރި ވަރަށް ރަނގަޅު މަސައްކަތެއް: ޖެންޑަރ މިނިސްޓަރ

ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 250 އާއި 300 އާއި ދެމެދުގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 ޖޫން 2020 | އަންގާރަ 16:44
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަދި ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަދި ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު

ކޮވިޑާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ޕާރުސަލް ފޯރުކޮށްދިނުމަކީ ޖެންޑަރ މިނިސްޓްރީން ކުރި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރ މިހެން ވިދާޅުވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ކޮމެޓީގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމުގައި ޖެންޑަރ މިނިސްޓްރީން ފަސްޖެހިވަޑައިގެން ކަމަށެވެ. އަދި މިކަންކަމަށް ވުރެ ބޮޑަށް މިނިސްޓްރީން އިސްކަން ދިނީ ޕާރުސަލް ބެހުމާއި ރަށްރަށަށް މީހުން ފޮނުވުމާއި އެ ބާވަތުގެ ކަންކަމަށް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ ކޮވިޑާއި ގުޅިގެން ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރެޑް ކްރެސެންޓުގެ ބޮޑު ޓީމަކުން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ސައިކޯ ސޯޝަލް ސަޕޯޓު ދެނީ މިނިސްޓްރީން ބަލަމުންދާ މައްސަލަތަކާއި ގުޅުން ހުރި އާއިލާތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދިންނަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ދަނޑިވަޅުގައިވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ. އަދި ލޮކްޑައުން ކުރެވުމާއި ގުޅިގެން މިނިސްޓްރީގައި ރެޕިޑް ރެސްޕޮންސް ޓީމެއް އެކުލަވާލެވި އެ ޓީމުން ދިޔައީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަން ވެސް ފާހަގަކުރެއްވިއެވެ.

ޕާރުސަލް ބެހުމާއި ގުޅިގެން މެމްބަރު ދެއްކެވި ވާހަކައަށް ރައްދު ދެއްވާ މިނިސްޓަރ ވިދާޅުވީ އެއީ މިނިސްޓްރީން ކުރި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ބެލީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރެވޭތޯ ކަމަށެވެ. އެހެންނަމަވެސް، ގާނޫނީ ގޮތުން އެންސްޕާއަށް އެ މަސައްކަތް ކުރެވެން ނެތުމުން ފަންޑް ރެއިޒް ކޮށްގެން އެ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް މިނިސްޓްރީން އިން ފެށީ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ކޮށްފައިވާނީ އުސޫލާއި އެއްގޮތަށް ކަމަށެވެ.

މިނިސްޓްރީން މި ދަނޑިވަޅުގައި ފޯރުކޮށްދީފައިވާ އެހީގެ ތަފާސްހިސާބުތައްވެސް މިނިސްޓަރ ވަނީ ކޮމެޓީއާއި ހިއްސާ ކުރައްވާފައެވެ.

މިނިސްޓްރީން ބުނީ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 250 އާއި 300 އާއި ދެމެދުގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭ ކަމަށެވެ. އަދި އެކަމަކަށް މިހާތަނަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު