Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށި ފިކުރު

ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް އަނެއްކާ ވެސް ފަށައިފި

23 ޖޫން 2020 | އަންގާރަ 08:12

މަޑުއްވަރީ ހަރުކަށި ފިކުރު ފަތުރަމުންދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 23 ޖޫން 2020 | އަންގާރަ 08:12
ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަމުންދާ ގެ

ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަމުންދާ ގެ

ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް އަނެއްކާވެސް ރ. މަޑުއްވަރީގެ ގެތައް ބަލާ ފާސްކުރަން ފުލުހުން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި މަޑުއްވަރީގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ކުރިންވެސް ހަރުކަށި ފިކުރު ފަތުރަމުން ދާކަމުގެ ތުހުމަތުގައި ބަލާ ފާސްކުރި އެރަށު "އައިޝާ" ނަމަކަށް ކިޔާ ގެޔެކެވެ. މިއީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސައިން ސިޔާދުގެ ގެ ކަމަށް މައުލޫމާތު ލިބެއެވެ. ސިޔާދަކީ ހަރުކަށި ފިކުރާ ދެކޮޅަށް، ރ. މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ހައްޔަރުކުރި 3 ފިރިހެނުން ތެރެއިން އެކަކެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުގައި 20ށް ވުރެ ގިނަ ފުލުހުން ރައޮޓް ގިއަރގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި އެންމެ ގެއެއް ބަލައި ފާސްކުރި ކަމުގައި ވީނަމަވެސް އިތުރު ގެތައް ބަލާ ފާސްކުރާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ދިރިއުޅެމުން ދިޔަ ބީރައްޓެހި ބަޔަކު ވަނީ އަނބުރާ ރ. އުނގޫފާރަށް ގޮސްފައެވެ. އަދި ފުލުހުން ވަނީ އެ މީހުން ދަތުރު ކުރި ލޯންޗު ވެސް ހިފަހައްޓާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމަށާއި އަދި ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ހަރަކާތެއް ރ. އަތޮޅުގައި ފުލުހުން ކުރިއަށް އެބަދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން އެ ގެ ބަލާ ފާސްކުރުމަށް ގޮސްފައިވަނީ ކޯޓު އަމުރެއް ހިފައިގެންނެވެ. އަދި މިހާތަނަށް އެ ގޭގެ ތެރެއަށް ވަދެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކުން މަޙްރޫމުކޮށް އެ ފަރާތްތަކަށް ނާޖާއިޒު ފައިދާނަގައި، އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢާއި ވަކިކޮށް ވެކްސިން ނުދީ، ތަޢުލީމު ޙާޞިލުކުރުމުން މަހްރޫމުކޮށް އަންހެނުންނާއި ކުޑަކުދިންގެ ފުރާނާ އަށް ނުރައްކާތެރި ޙާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން، މީގެ ކުރިންވެސް މަޑުއްވަރީގައި ވަނީ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

ފުލުހުން އެއިރު ބުނީ، މަޑުއްވަރީގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާޢަތްތަކަށް ތާޢީދުކޮށް އެކަން ދިފާޢުކޮށް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް