Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން

ޖަމާޢަތުގައި ނަމާދުކުރެވޭނެ ވަކި ތާރީޚެއް އަދި ނޭނގޭ: އިސްލާމިކް މިނިސްޓަރު

22 ޖޫން 2020 | ހޯމަ 10:04

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމަށް ނިންމާނީ ހާލަތަށް ރިޢާޔަތްކުރުމަށް ފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖޫން 2020 | ހޯމަ 10:04
ވިޔަފާރިވެރިންގެ މިސްކިތް: މި މަހުގެ 14 ވަނަ ދުވަހު ވަނީ ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ވަނީ ހުޅުވާލާފައި

ވިޔަފާރިވެރިންގެ މިސްކިތް: މި މަހުގެ 14 ވަނަ ދުވަހު ވަނީ ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ވަނީ ހުޅުވާލާފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާއިރު، އަލުން ޖަމާޢަތުގައި ނަމާދުކުރެވޭނެ ވަކި ތާރީޚެއް އަދި ދަންނަވަން ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރެވޭނީ ކޮންދުވަހަކުންތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރެވޭނީ ކިހާތާކުތޯ ބެލުމުގެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމަށް ނިންމާނީ ހާލަތަށް ރިޢާޔަތްކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ނަމާދުކުރުން މުޅިން ބަންދުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން މި މަހުގެ 14 ވަނަ ދުވަހު ވަނީ ޖަމާޢަތުގައި ނަމާދު ކުރުން މަނާކޮށް، ވަކިވަކިން ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލާފައެވެ.

އެ ހުއްދަ ދެމުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީން ސަމާލުކަން ދިނުމަށް އަންގާފައިވާ ކަންކަމަށް ސަމާލުކަން ދިނުމާއެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރުން އެންމެ ރަނގަޅު ކަމުގައެވެ. އަދި މިގޮތަށް މިސްކިތްތައް ހުޅުވާލިކަމުގައި ވީނަމަވެސް، އިމާމާ މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރާ ގޮތަށް ހަމަޖެހިފައިނުވާތީ، އިމާމުން ބަންގީގެ ފަހުގައި "ޞައްލޫ ފީ ބުޔޫތިކުމް" މިފަދައިން 2 ފަހަރު ގޮވުމަށް ވަނީ އަންގާފައެވެ.

އަދި ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގައި މަރުޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހާލަތަށް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ކަނޑައަޅައިފި ހާލަތެއްގައި ޖަމާޢަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް