Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މަލާގާ އަތުން ބަލިވެ ބާސާ އަށް ފުރުސަތު ގެއްލިއްޖެ

ބާސާ އޮތީ 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 08:27
ބާސާ އަދި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އަދި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި މަލާގާ އެފްސީ އަތުން ބަލިވެ ބާސެލޯނާއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ ބަލިވީ މަލާގާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

މަލާގާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ބާސާ އިންނެވެ. އެގޮތުން މަލާގާގެ ހާފަށް ބާރުބޮޑުކޮށް ބާސާ އިން ވަނީ އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ބާސާގެ ލުއިސް ސުއަރޭޒް އަށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. މަލާގާ އިން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައި ސާންޑްރޯ ރަމިރޭޒް ކަސްޓިލޯ އެވެ. ސާންޑްރޯ އަކީ ބާސާ އަށް ކުރިން ކުޅުނު ކުޅުންތެރިޔެކެވެ.

މި ލަނޑާއެކު ބާސާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓޭކްތައް އިތުރުކުރި އެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރުމަށް އެޓީމަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާސާގެ މައްޗަށް މަލާގާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅށް ކުޅެފައިވަނީ ބާސާ އެވެ. އެހެންނަމަވެސް މަލާގާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ބާސާ އަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ބާސާގެ ނޭމާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެޓީމުގެ އެޓޭކަށް އުނިކަމެއް ވަނީ އައިސްފައެވެ. އޭގެ ފައިދާ ނަގާ މަލާގާ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ.

އެގޮތުން ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކައުންޓާ އެޓޭކުގައި ބާސާ ކޮޅަށް މަލާގާ އިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ރޮޑްރިގޭޒް މެންޑޭޒް އެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 31 މެޗުން ލިބުނު 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބާސާ މޮޅުވި ނަމަ ލަނޑުގެ ތަފާތުން އެޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭނެއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ 72 ޕޮއިންޓް ހަމަކޮށްގެން ރެއާލް މެޑްރިޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު