Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑު އާލަމީވަބާގެ ނުރައްކާތެރިކަން

ދެވަނަ ރާޅެއް އައުމާއި ދެވަނަ ޕީކަކަށް ދިއުމުގައި ތަފާތުތަކެއް ހުރޭ: ޑަބްލިއުއެޗްއޯ

20 ޖޫން 2020 | ހޮނިހިރު 06:22

ދެވަނަ ރާޅެއްގައި ކޭސްތައް މަދުވެގެން ގޮސް ބައެއް ހާލަތުގައި ކޭސްތައް ނުފެންނަ ފަހަރުވެސް އަންނާނެ: ޑރ، ރަޔަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2020 | ހޮނިހިރު 06:22
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް (ކ) އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކް ރަޔަން (ވ)

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް (ކ) އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކް ރަޔަން (ވ)

ކޮވިޑް-19 އާއި ގުޅިގެން ބައެއް ގައުމުތަކަށް ދެވަނަ ރާޅެއް އައިސް ބައެއް ގައުމުތަކުގައި ދެވަނަ ޕީކެއް ފެންނަން ފަށާފައިވަ ދަނޑިވަޅެއްގައި، އެއީ ތަފާތު ދެ ކަންތައް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކް ރަޔަން ވިދާޅުވީ މި ދެކަމަށް ވަކި މާނައެއް ނެތް ކަމަށާއި، ނަމަވެސް ދެ ކަމުގައިވެސް ތަފާތުތަކެއް އެބަހުރި ކަމަށެވެ.

Advertisement - worldAdvertisement

ޑރ. ރަޔަން ވިދާޅުވި ދެވަނަ ރާޅެއްގައި ފެންނަ ކޭސްތައް މައްޗަށް ދިއުމަށްފަހު ވަރަށް ދަށަށް ދާނެ ކަމަށެވެ. އެގޮތުން ކޭސްތައް މަދުވެގެން ގޮސް ބައެއް ހާލަތުގައި ކޭސްތައް ނުފެންނަ ފަހަރުވެސް އަންނާނެ ކަމަށާއި، އަދި އެއާއި ވިދިގެން ބަލި ފެތުރުން ކުއްލި ގޮތަކަށް އިތުރުވެގެންދާނެ ކަމަށެވެ.

ނަމަވެސް ދެވަނަ ޕީކުގެ ކޮންސެޕްޓް ތަފާތު ކަމަށާއި، އެކަން ގިނަ ގައުމުތަކުން މިހާރު ކުރިމަތިލަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ރާޅުގެ ޕީކުން އަރައިގަނެވުނު ނަމަވެސް ބަލި ހުރި މިންވަރު ދަށް ނުވުމާއި، އެއްވަރެއްގައި ހިފަހެއްޓިފައި ހުރުމަށްފަހު ބަލި ފެތުރުން ދަށް ނުކުރެވޭ ކަމަށެވެ. އަދި ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ޕީކާއި ކުރިމަތިލާން ޖެހޭ ކަމަށް ޑރ. ރަޔަން ވިދާޅުވިއެވެ. ދެވަނަ ޕީކްގައި ކޮމިއުނިޓީ ޓްރާންސްމިޝަން ބޮޑުވެގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ރަޔަން ވިދާޅުވީ ފުރަތަމަ ރާޅުގެ ތެރޭގައި ދެވަނަ ޕީކެއްވެސް އައިސްދާނެ ކަމަށެވެ. އަދި ދެވަނަ ޕީކް ކަޑައްތުކުރަމުންދާ އިރު ދެވަނަ ރާޅު އައުންވެސް އެކަށީގެންވާ ކަމަށެވެ.

ދެވަނަ ޕީކެއް އައުން އެކަށީގެންވަނީ ބައްޔާ ދެކޮޅަށް އަޅާފައި ފިޔަވަޅުތަކާއި، އެއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ކޮންޓްރޯލް ކުރެވޭ މިންވަރުގެ މައްޗަށް ކަމަށްވެސް ޑރ. ރަޔަން ވިދާޅުވިއެވެ. އަދި ދެވަނަ ޕީކެއް އައުމުގެ މާނައަކީ ބަލި ފެތުރެމުންދަނީ އޭގެ މައްޗަށް ފުރިހަމައަށް ކޮންޓްރޯލް ނުކުރެވިވުމުން ކަމަށް ވެސް ޑރ. ރަޔަން ވިދާޅުވިއެވެ.

ޓެސްޓް ކުރުމާއި ގުޅޭ ގޮތުން ޑރ. ރަޔަން ވިދާޅުވީ ގައުމުތަކުން އެކަށީގެންވާ ރަނގަޅު މިނެއްގައި ޓެސްޓް ކުރަން ފެށުމުން ކޭސްތައް ފެންނަވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއީ ދެވަނަ ރާޅުކަމެއް ނުވަތަ ދެވަނަ ޕީކް ކަމެއް ދެނެގަންނާނީ ބައެއް ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

އެގޮތުން ފަރުވާދެމުންދާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އެ ދަނޑިވަޅުގައި ބެލުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ ޓެސްޓްކުރުން އިތުރުވުމުގެ ސަބަބުންވާ ކަމެއް ނޫން ކަމަށް ވެސް ޑރ. ރަޔަން ވިދާޅުވިއެވެ.

މިކަންތައްތަކާއި އެއްވަރަށް ޓްރާންސްމިޝަން ދަށްވި ނަމަވެސް ކްލަސްޓާސް ތަކަށް ބެލުން މުހިންމު ކަމަށް ޑރ. ރަޔަން ވިދާޅުވިއެވެ. އަދި ބަލީގެ އެންމެ ދަށް ހިސާބަށް ދާ ހިސާބުން ކްލަސްޓާއެއް ފެނިއްޖެ ނަމަ، އެކަން ބަލަން ޖެހޭނެ ކަމަށާއި، އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ދެވަނަ ޕީކަކުން ސަލާމަތްވެ ކޮމިއުނިޓީ ޓްރާންސްމިޝަން އިން ރައްކާތެރިވުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް ޑރ. ރަޔަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

21 މެއި 2018

ވެނެޒުއޭލާގެ އިންތިޚާބު: ރައީސް ނިކޯލާޒް މަދޫރޯ ދެވަނަ ދައުރަކަށް

21 މެއި 2018
ވެނެޒުއޭލާގެ އިންތިޚާބު: ރައީސް ނިކޯލާޒް މަދޫރޯ ދެވަނަ ދައުރަކަށް
26 އެޕްރީލު 2018

ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމުން ދެވަނަ ސައިޓަށް ވަދެއްޖެ

26 އެޕްރީލު 2018
ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމުން ދެވަނަ ސައިޓަށް ވަދެއްޖެ
27 ޖެނުއަރީ 2018

ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ

27 ޖެނުއަރީ 2018
ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ
28 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

28 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ
26 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި

26 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި
19 ޑިސެމްބަރު 2017

ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ

19 ޑިސެމްބަރު 2017
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ
18 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް