ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 00:27
ސައުދީގެ ވެރިރަށް ރިޔާދުގެ މިސްކިތެއްގައި ހުކުރު ނަމާދުގައި ބަޔަކު ބައިވެރިވަނީ
ސައުދީގެ ވެރިރަށް ރިޔާދުގެ މިސްކިތެއްގައި ހުކުރު ނަމާދުގައި ބަޔަކު ބައިވެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ސައުދީގެ ހާލަތު
މައްކާގެ މިސްކިތްތައް ޖޫން 21 ގައި ހުޅުވަނީ
 
ސައުދީގައި މިހާތަނަށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ރޯގާ ޖެހިފައިވޭ
 
ބަލިމަޑުކަމުގެ ސަބަބުން މައްކާގެ 1500 މިސްކިތް ބަނދުކޮށްފައި ހުންނަތާ 3 މަހަށް ވުރެ ގިނަ ދުަވަސް

ކޮވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ސައުދީ އަރަބިއްޔާގެ މައްކާގެ މިސްކިތްތައް ޖޫން 21 ގައި ހުޅުވުމަށް ތައްޔާރު ވަމުން ދާކަމަށް އެގައުމުގެ ދައުލަތުގެ ޓީވީ ޗެނެލް އަލް އަޚްބާރިއްޔާ ޓީވީން ހުކުރު ދުވަހު ބުނެފިއެވެ.

ބަލިމަޑުކަމުގެ ސަބަބުން މައްކާގެ 1500 (އެއް ހާސް ފަސްސަތޭކަ) މިސްކިތް ބަނދުކޮށްފައި ހުންނަތާ މިހާރު 3 މަސް ދުވަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަލަށް މިސްކިތްތައް ހުޅުވޭ އިރު އަމަލުކުރަންޖެހޭ ގައިޑްލައިން ސައުދީ ސަރުކާރުން ވަނީ ތައްޔާރު ކޮށްފައެވެ.

އައު ގައިޑްލައިންގައިވާ ގޮތުން މިސްކިތައް އަންނަ އިރު އަމިއްލަ މުސޮއްލަ ގެންނަން ޖެހެއެވެ. އަދި ނަމާދުގައި ތިބޭއިރު ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ގެންދަނީ މިސްކިތްތައް ޑިސްއިންފެކްޓް ކުރަމުންނެވެ.

މައްކާގެ މިސްކިތްތައް ހުޅުވުމަށް ތައްޔާރު ވަމުންދާއިރު، މެއި މަސް ނިމުނު ހިސާބުން ފެށިގެން އެހެން ސިޓީތަކުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ވަނީ ދީފައެވެ.

އެހެން ނަމަވެސް އަނެއްކާވެސް ބަލި ފެތުރުން މައްޗަށް ދާން ފެށުމާއެކު ޖިއްދާގެ މިސްކިތްތައް ޖޫން 6ން ޖޫން 20ށް ބަންދު ކުރުމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނިންމިއެވެ.

ސައުދީ އަރަބިއްޔާގައި މިހާތަނަށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ރޯގާ ވަނީ ޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް
20 ޖޫން 2020 | ހޮނިހިރު 01:25
ޢަމީން
ޥެރީ ގުޑް.