Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާގެ ބޯނަސް މައްސަލަ

ބާސާއަށް 6.7 މިލިއަން ޔޫރޯ އަނބުރާ ދައްކަން ނޭމާގެ މައްޗަށް އަމުރުކޮށްފި

ޕީއެސްޖީން ނޭމާ ގެންދިޔައީ 222 މިލިއަން ޔޫރޯ ދެއްކުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖޫން 2020 | ހުކުރު 16:42
ޕީއެސްޖީގެ ފޯވާޑް ނޭމާ: ބާސާއަށް އަނބުރާ ބަދަލުވަން އޭނާ ބޭނުންވޭ

ޕީއެސްޖީގެ ފޯވާޑް ނޭމާ: ބާސާއަށް އަނބުރާ ބަދަލުވަން އޭނާ ބޭނުންވޭ

ބޯނަހުގެ މައްސަލައިގައި 6.7 މިލިއަން ޔޫރޯ ބާސެލޯނާއަށް އަނބުރާ ދައްކަން ނޭމާގެ މައްޗަށް ބާސެލޯނާގެ ކޯޓަކުން އަމުރުކޮށްފިއެވެ.

2017 ވަނަ އަހަރު ޕީއެސްޖީން ނޭމާ ގެންދިޔައީ ބާސެލޯނާ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށް 222 މިލިއަން ޔޫރޯ ދެއްކުމަށްފަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ނޭމާގެ އެއްބަސްވުން އާކުރީ ބޯނަހުގެ ގޮތުގައި 43 މިލިއަން ޔޫރޯ ނޭމާއަށް ދޭ ގޮތަށް އެއްބަސްވުމަށްފަހުއެވެ. އެގޮތުން އޭގެ ތެރެއިން 14 މިލިއަން ޔޫރޯ މީގެ ކުރިން ނޭމާއަށް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާއިން ނޭމާ ވިއްކާލަން ބޭނުންނުވި ނަމަވެސް، ނޭމާ ޕީއެސްޖީއަށް ބަދަލުވާން ބޭނުންވުމުން، އެއްބަސްވުން އުވާލުމަށްފަހު ބާސާއިން ވަނީ ނޭމާ ވިއްކާލާފައެވެ. އެހެންކަމުން ބޯނަހުގެ ގޮތުގައި ދިން 14 މިލިއަން ޔޫރޯގެ އިތުރުން ބާސާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 8.5 މިލިއަން ޔޫރޯ އަނބުރާ ހޯދަން ބާސާއިން ވަނީ މަސައްކަތް ކޮށްފައެވެ.

ހުކުރު ދުވަހު ސްޕެއިންގެ ބާސެލޯނާގެ ކޯޓަކުން މި މައްސަލައިގައި ހުކުން އިއްވިއިރު، ބާސާއިން އަނބުރާ ހޯދަން ބޭނުންވި ފުރިހަމަ އަދަދު ދައްކަން ކޯޓުން އަމުރު ނެރެފައެއް ނުވެއެވެ. އެކަމަކު ބާސާއަށް އަނބުރާ 6.7 މިލިއަން ޔޫރޯ ދެއްކުމަށް އެ ކޯޓުން ވަނީ ނޭމާގެ މައްޗަށް އަމުރުކޮށްފައެވެ.

ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ނޭމާ އަލުން އަނބުރާ ގެނައުމަށް މިސީޒަން ފެށުމުގެ ކުރިން ބާސާއިން ވަނީ މަސައްކަތް ފަށާފައެވެ. އަދި ނޭމާ ވެސް ވަނީ އޭނާ އެނބުރި ބާސާއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޭމާ އަލުން އަނބުރާ ހޯދުމަށް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސާއިން އެ ކްލަބުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. ދާދި ފަހުން ފީފާއިން އެކުވާލި އައު ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު ނުހިމަނައި ހަދާ އެއްބަސްވުންތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާއެކު، ކުޅުންތެރިޔާ ކްލަބު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ކުރިން ބުނި ގޮތުގައި ފީފާއިން ނޭމާގެ އެއްބަސްވުމަށް ބެލުމަށް ފަހު، އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 180 މިލިއަން ޔޫރޯގައެވެ. އެހެންކަމުން ބާސާއިން ނޭމާ ހޯދަން ކުރާ ބިޑުގައި މި ސީޒަނުގައި އެ ޓީމާ ގުޅުނު ގްރީޒްމަން ހިމަނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާއަށް އަދި މިހާތަނަށް އެޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިހާތަނަށް އޭނާ ޕީއެސްޖީއަށް ކުޅެދިން 80 މެޗުގައި ވަނީ 69 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު