Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގައި ކިޔަވާ ދިނުން

އަތޮޅުތެރޭގެ ބައެއް ސްކޫލުތައް ހުޅުވައިގެން ކިޔަވާ ދެމުންދާ ވާހަކަތައް މިނިސްޓްރީން ދޮގުކޮށްފި

19 ޖޫން 2020 | ހުކުރު 06:55

ތިން ސްކޫލަކުން ކުރިންވެސް އެކުގައި މަސައްކަތްތައް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2020 | ހުކުރު 06:55
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އަތޮޅުތެރޭގެ ބައެއް ސްކޫލުތައް ހުޅުވައިގެން ކިޔަވާ ދެމުންދާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ އައްޑޫ ހައި ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ލ. ގަން ހަމަދު ބިން ޚަލީފާ އައްސާނީ ސްކޫލު ހުޅުވައިގެން ކިޔަވާ ދެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ކުރިއަށްނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ މަބްރޫކް ވިދާޅުވީ މި ތިން ސްކޫލަކީވެސް ކުރިންވެސް އެކުގައި މަސައްކަތްތަކެއް ކުރި ސްކޫލުތަކެއް ކަމަށެވެ. އެގޮތުން ތިން ސްކޫލުން އެކުވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން މިދުވަސްވަރު އޮންލައިން ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް ނެތް ރަށްރަށުގައި، އަންނަ ޖުލައި މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ. ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާލާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތައް ހުޅުވާލައިރުވެސް އެންމެ ބޮޑަށް އިސްކަމެއްދެނީ ސްކޫލުގެ ދަރިވަރުންގެ ޞިއްޙީ ރައްކާތެރި ކަމަށެވެ. އެކަމަކު ކޮވިޑް ބަލީގެ ހާލަތުގައި ސްކޫލުތައް ހުޅުވަން ނިންމީ، އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭތީ ކަމަށާއި، ގިނަ ދުވަސްތަކަކަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުން ވަރަށް ގިނަ ކަންތައްތަކުން މަހުރޫމް ވެފައިވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލުތައް ހުޅުވާލުމުގެ ޕްލޭން ހަދާފައިވަނީ ޔުނިސެފްއާ ގުޅިގެން ކަމަށެވެ. ޕްލޭން ބެހިގެންވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އެއީ ސްކޫލުތައް ރައްކާތެރިކަމާއިއެކު ހިންގުމާއި، ކިޔަވައިދިނުމާއި އުނގެނުމާއި، މެދުނުކެނޑި ކުރިޔަށް ދިޔުމާއި، ވަލްނަރަބަލް ކުދިންނާ ހަމަޔަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ''ރެޒިލިއަންސް'' ބިލްޑް ކުރުމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ސްކޫލުތަކެއްގައި އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވަސީލަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން ސްކޫލުތައް ޑިސްއިންފެކްޓު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ސްކޫލުތަކަށް ދަރިވަރުން ވެއްދުމުގެ ކުރިން ގޭޓް ކައިރިން ހުން ހުރިތޯ ޗެކްކުރާނެއެވެ. ފިޒިކަލް ޑިސްޓެންސިންގެ އިސްކަން ދިނުމުގެ ގޮތުން ސްކޫލުތަކުގެ ކްލާސް ރޫމްތަކުގެ ސައިޒް މިހާރު ވަނީ ކުޑަކޮށްފައެވެ. އެގޮތުން 30 އާއި 32 ދަރިވަރުން ތިބޭ ކްލާސްތަކުގެ ސައިޒް މިހާރު 16ށް ވަނީ ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް