Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖައުފަރުގެ ނަފްސާނީ ހާލަތު

ބައްޕަގެ ބަލި ހާލާތުގެ ނާޖާއިޒު ފައިދާ ސިޔާސީ ފަރާތްތަކުން ދަނީ ނަގަމުން: ޝުނާނާ

17 ޖޫން 2020 | ބުދަ 17:43

އެކި ފަރާތްތަކުން ފުރައްސާރަކުރަމުންދާ ކަމަށް ޝުނާނާ ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ޖޫން 2020 | ބުދަ 17:43
އިބްރާޙިމް ޖައުފަރު (ޖޯރޭ)، ރައީސް ޑރ. ވަހީދު ވަނީ މައްސަލަ އަނބުރާ ނަންގަވާފައި

އިބްރާޙިމް ޖައުފަރު (ޖޯރޭ)، ރައީސް ޑރ. ވަހީދު ވަނީ މައްސަލަ އަނބުރާ ނަންގަވާފައި

އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އިބްރާހިމް ޖައުފަރު (ޖޯރޭ) ގެ ނަފްސާނީ ހާލާތުގެ ނާޖާއިޒު ފައިދާ ސިޔާސީ ފަރާތްތަކުން ނަގަމުންދާ ކަމަށް ވިދާޅުވެ، އޭނާގެ ދަރިފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުސްފަސްގަނޑު ސަރަހައްދުގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުޅުއްވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޖައުފަރު ދިމާކުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ޖައުފަރުއާ ގުޅުވައިގެން އެކި ކަހަލަ ވާހަކަ ދައްކަމުންނެވެ.

Advertisement - newsAdvertisement

އެކަންތައްތަކާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޝުނާނާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގޯސްގޮތަކަށް ކަންތައް ކޮށްފައިނުވާނެ ކަމަށާއި، މިހާތަނަށް މަސައްކަތް ކޮށްފައިވާނީ ވަކި ސިޔާސީ ކުލައަކަށް ބެލުމެއްނެތި މީހުންނަށް އެހީފޯރުކޮށް ދިނުމަށް ކަމަށެވެ.

ނަމަވެސް ފާއިތުވި ތިން ދުވަސް ތެރޭގައި، ފުރައްސާރަކޮށް، އަނިޔާކުރުމަށް ހިތްވަރުދީ އަދި ބައެއް ފަރާތްތަކުން އޭނާ ރޭޕްކޮށްލަންވެސް ގޮވާލާފައިވާ ކަމަށެވެ. ޝުނާނާ ވިދާޅުވީ، މީގެ ކުރިން އެމްޑީޕީން ކުރި މުޒާހަރާތަކުގައި ބައްޕައަށް ލިބުނު އަނިޔާތަކުގެ ސަބަބުން ބައްޕަގެ ނަފްސާނީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. ލިބުނު އަނިޔާތަކަށް އިންސާފު ނުލިބި އޭނާގެ އާއިލާއިން އެކަން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައްޕަގެ ހާލަތުގެ ނާޖައިޒު އެނގިތިބެ ބައެއް މީހުން އެކަމުގެ ނާޒާއިޒު ފައިދާ ނަގާ، ގަސްތުގައި ރުޅިއަރުވައި ފުރައްސާރަ ކުރަމުންދާ މިންވަރު އިތުުރުވެފައިވާ ކަމަށެވެ. އަދި ރުޅިއަރުވާލުމަށްފަހު، ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ދައުރުކުރުވަނީ، ސިޔާސީ ސަބަބުތަކަށްޓަކައި ބައްޕާގެ ހާލާތާމެދު އެއްވެސް އިންސާނިއްޔަތު ކަމެއް ނެތުމުން ކަމަށް ޝުނާނާ ސިފަކުރެއްވިއެވެ.

އެ ވީޑިއޯތަކުގައި، އެ މީހުން މަލާމާތްކޮށް ހޭ އަޑު ވެސް އިވެއެވެ. ޖައުފަރުގެ ނުކުޅެދުންތެރިކަމަށް މަލާމާތްކޮށް ގަނާކުރަމުންދާ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އެއީ އާއްމުކޮށް ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެ، މިއީ ކަންތައްތައްކުރަންވީ ގޮތްތޯ އޭނާ ސުވާލުއުފެއްދެވިއެވެ.

ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލަތަކެއް ދިމާވެފައިވާކަން އެނގިވަޑައިގަތުމުން، ޖައުފަރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ޑރ. ވަހީދު ވަނީ ކަމާއި ބެހޭ އިދާރާތަކުގައި އެދިިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް